Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނީލަން ފިހާރަ- އަލިފާނުގެ ޙާދިސާ

ނީލަން ފިހާރަ ސަރަޙައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

އަލިފާން ހިފާ ޒާތުގެ އެތައް ބާވާތެއްގެ ސާމާނު ހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2023 | ހޯމަ 03:04
ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާ

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގާފައިވާއިރު، މިހާރު އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.

އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުއެވެ.

Advertisement - newsAdvertisement

މި ޙާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، އަލިފާންގަނޑު ފެތުރުނީ ނީލަން ފިހާރައިގެ އުތުރުފަޅިން (ޢިމާދުއްދީން ސްކޫލްއާއި ދިމާއިން) ކަމަށެވެ.

އެ ދިމާލުން ފެތުރެމުންދިޔަ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ޙާދިސާއާ ގުޅޭގޮތުން ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ކެމިކަލް ގުދަނުގެ އަލިފާނުގެ ޙާދިސާއާ ގުޅިގެން ޤަވާއިދު އެކުލަވާލައި، ގުދަންތައް އާންމުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތަށް، ނީލަން ފިހާރަ ސަރަޙައްދުގެ ކަންކަންވެސް ރެގިއުލޭޓު ކުރެވެން ޖެހޭކަމަށެވެ.

އަދި ދުރު ރާސްތާ ޕްލޭނެއްގެ ދަށުން މިކަމަށް ޙައްލު ގެނެވެން ޖެހޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާއިރު، މި ޙާދިސާއާ ގުޅޭ ކޯލް ސިފައިންނަށް ލިބިފައިވަނީ 5:43 ގައެވެ. ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ، އެ ސަރަޙައްދުން ރޯވެ އަނދައިގެން ދިޔަ އެކޮމޮޑޭޝަން ބްލޮކްގައި 3 ޔުނިޓެއް ހުންނަ ކަމަށާއި، އެ ޔުނިޓުތަކުގައި އުޅެމުން ދިޔައީ ބިދޭސީން ކަމަށެވެ.

މިހާތަނަށް އެއްވެސް ބިދޭސީއަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، އެއްވެސް މީހަކު ގެއްލިގެން އުޅޭތޯ އިތުރަށް ކަށަވަރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނީލަން ފިހާރަ ސަރަޙައްދުގައި ލަކުޑިއާއި، ދަގަނޑާއި، އަލިފާން ހިފާ ޒާތުގެ އެތައް ބާވާތެއްގެ ސާމާނު ހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އަދިވެސް އަލިފާން ހިފުމުގެ ފުރުސަތު އޮތުމާއެކު، ސިފައިން ގެންދަނީ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ބޭނުންކޮށްގެން އެ ސަރަޙައްދު އިތުރަށް ކޮންޓްރޯލް ކުރަމުންނެވެ.

ސިފައިން މައުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުގައި ވެހިކަލްތައް ޕާކުކޮށްފައި ހުރި ގޮތުގެ ސަބަބުން އަލިފާން ނިއްވުމުގައި ދަތިތައް ކުރިމަތިވިއެވެ.

އޭގެ އިތުރުން، އެ ސައިޓު އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ޙަވާލުކުރާނީ އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް ނިމުމުންކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ތަހުގީގު ކުރަން ބޭރުން ޓީމު ނުގެންނަނީސް ތަން ސާފުކޮށް ދޮވެލައިފި! މިއީ ހެކި ނައްތާލުން ނޫން ދެން ކޮންކަމެއް؟

ތަހުގީގު ކުރަން ބޭރުން ޓީމު ނުގެންނަނީސް ތަން ސާފުކޮށް ދޮވެލައިފި! މިއީ ހެކި ނައްތާލުން ނޫން ދެން ކޮންކަމެއް؟

16 ޑިސެމްބަރު 2024
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު