Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ސިޔާސީ މަޝްރަހު

ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތްނުކުރެވޭ ބޭފުޅަކަށް ދެން ވެރިކަން ކުރަން ފަސޭހައެއް ނުވާނެ: އިމްރާން

އެންމެ ރަނގަޅު ވެރިކަމެއްކުރެވެނީ އެންމެ މޮޅަށް މީހުން މީހުން މެނޭޖުކުރެވޭ މީހަކަށްކަމީ ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތެއްކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖެނުއަރީ 2023 | ހޮނިހިރު 16:42
ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތްނުކުރެވޭ ބޭފުޅަކަށް ދެން ރާއްޖޭގައި ވެރިކަން ކުރަން ފަސޭހައެއް ނުވާނެކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހިނގަމުންމިދާ 24 ގަޑިއިރު ތެރޭގައި އިމްރާން ވަނީ ހިނގަމުންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނާ ގުޅޭގޮތުން ތިން ޓްވީޓެއްކުރައްވާފައެވެ. އެންމެ ފަހުން ކުރެއްވި ޓްވީޓުގައި ގިނަ ސިޔާސީ ޕާޓީތައް ގޮވައިގެން މަސައްކަތްނުކުރެވޭ ބޭފުޅަކަށް ވެރިކަންކުރަން ފަސޭހަނުވާނެކަމަށް ވިދާޅުވެފައިވާއިރު އެންމެ ފުރަތަމަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެންމެ ރަނގަޅު ވެރިކަމެއްކުރެވެނީ އެންމެ މޮޅަށް މީހުން މެނޭޖުކުރެވޭ މީހަކަށްކަމީ ޒަމާނުއްސުރެ އިންސާނުން ގަބޫލުކުރަމުން އަންނަ ހަގީގަތެއްކަމަށެވެ.

Advertisement - newsAdvertisement

އޭގެފަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ހުރިހާ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް، ގިނަ ދިވެހިންގެ ވިސްނުމާއި އެއްގޮތަށް ރާއްޖޭގެ ވެރިކަންކުރާނެ ގޮތެއް ހޯދައިދިނުމީ ސިޔާސީ ލީޑަރުން ހޯދައިދޭންޖެހޭ އަގެއްކަމަށެވެ.

މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި އެޕާޓީގެ އިސް ލީޑަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. ރައީސް ޞާލިހު އާއި ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފައްޓަވާފައިވާއިރު ދެ ބޭފުޅުން ވެރިކަން ހިންގުމުގައި ގެންގުޅުއްވާ ވިސްނުން ތަފާތެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ ކޯލިޝަނަކާއި ނުލާ ވެރިކަން ކުރެއްވުމެވެ. ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެށުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ ކޯލިޝަނަކީ މިފަހަރު އޮތް ޗޮއިސްއެއް ނޫންކަމަށެވެ. 2018 ވަނަ އަހަރުގެ ވިސްނުމަކަށްވީ ކޮންމެ ގޮތަކަށް ހަދައިގެން ވެސް އޭރު އޮތް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުންކަމަށާއި އިއްތިހާދެއް ހެދީ އެސަބަބަށްޓަކައި ކަމަށެވެ.

ނަމަވެސް މިއަދު ޖުމްހޫރީ ޕާޓީ ވެސް، އެމްއާރުއެމް ވެސް އަދާލަތު ޕާޓީ ވެސް އެމްއެންޕީގެ ލީޑަރުންނަށް ވެސް އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށާއި ރައީސް ޞާލިހު އެ ވިދާޅުވާ ކޯލިޝަންގެ ޗޮއިސްއެއް މިފަހަރު ނެތްކަމަށެވެ. އެއިން ކޮންމެ ޕާޓީއަކުން ވެސް ކެންޑިޑޭޓުން ނުކުންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޞާލިހު ވިދާޅުވަމުން ގެންދަވަނީ ވެރިކަމަށް އާދެވޭނީ ކޯލިޝަނަކުންކަމަށެވެ. ރައީސް ޞާލިހު މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހޮނިހިރު ދުވަހު ނ މަނަދޫގައި ވާހަކަދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން އެންމެ ޕާޓީއަކަށް ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރައްޔިތުން ވެސް ބޭނުންވަނީ ގިނަ ފިކުރުތައް އެކުލެވޭ އަދި ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއް އެކުލަވާލަން ކަމަށެވެ. ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ ރައްޔިތުންގެ ވިސްނުމާއި އެކީގައި ރިޔާސީ އިންތީޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގައި މިވަގުތު ހުރި މީހަކީ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު