Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސްގެ މަރު

ކުރިން އޮތީ އަނިޔާވެރިކަމާއި ބިރުވެރިކަން، މިއަދު ހަމަޖެހުމާއި ސުލްހަމަސަލަސްކަން އެބައޮތް: ރައީސް

ރައީސް ވިދާޅުވީ، އަނަސްގެ މަރަކީ އެއާމެދު ފުންކޮށް ވިސްނަންޖެހޭ މަރެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖެނުއަރީ 2023 | ހޮނިހިރު 07:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ކުރިން އޮތީ އަނިޔާވެރިކަމާއި ބިރުވެރިކަން ކަމަށާއި، މިއަދު ހަމަޖެހުމާއި ސުލްހަމަސަލަސްކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރ މީދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ހާލަތު އޮތް ގޮތް ދިވެހިންގެ ހިތުން ފުހެވިގެން ނުދާކަމަށެވެ. އެ ދުވަސްތައް ހަނދާނުން ފޮހެގެން ނުވެސްވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ، އޭރު އޮތް އަނިޔާވެރިކަމާއި ބިރުވެރިކަމަށް އަލިއަޅުވާލައްވާފައެވެ.

Advertisement - newsAdvertisement

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، އެ މަރަކީ އެއާމެދު ފުންކޮށް ވިސްނަންޖެހޭ މަރެއް ކަމަށެވެ. ދިވެހިން އަނބުރާ އެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާން ބޭނުންނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އަނަސްގެ މަރަކީވެސް ހަނދާން ނައްތާލެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، އެފަދަ ދެވަނަ ހާދިސާއެއް އެއްވެސް ޒުވާނަކަށް ދިމާވުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫން ކަމަށެވެ.

އަނަސްގެ މަރާ ގުޅިގެން ކުރެވުނު ތަހުގީގުގެ އަލީގައި 8 މީހެއްގެ މައްޗަށް ކޯޓުގައި ޝަރީއަތް ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭރު ހިނގައިދިޔަ މަރުތައް ތަހުގީގުކުރުމަށް އެކުލަވާލި މަރުކޮމިޝަނަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ކޮމިޝަނުން މިހާރުވެސް ކެނޑިނޭޅި އެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަނަސްގެ މަރުގެ މައްސަލައަކީ ކޯޓުގައި އޮތް މައްސަލައަކަށްވާތީ ޝަރީއަތަށް ނުފޫޒު ނުފޯރުވޭ މިންވަރަށް އެކަމާގުޅޭ މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވިފަދައިން އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ކުއްޖާގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ.

ޖުވެއިނަލް ކޯޓުގައި އެ ކުއްޖާގެ މައްސަލަ ކުރިއަށް ދިޔައިރު، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން، އަނަސްއަށް ހަމަލާދިންއިރު އެ ކުއްޖާ އެތަނުގައި ހުރިކަން ޝައްކެއްނެތް މިންވަރަށް ސާބިތުކުރެވޭވަރުގެ ހެތްކެއް ދައުލަތަށް ހުށަހެޅިފައި ނުވާކަމަށް ބުނެ މައްސަލަ ސާބިތު ނުވާކަމަށް ނިންމި ނަމަވެސް، ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

އަދި 2022 އޮކްޓޯބަރު 11 ވަނަ ދުވަހު ހައިކޯޓުގައި ވަނީ ކުށް ސާބިތުވެފައެވެ. އެކުއްޖާގެ މައްޗަށް އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހައި ދުވަމުން ގޮސް ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށްވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެއެވެ. އެ ދައުވާތަގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ދެން އޮންނާނީ އެ ދައުވާތަކާގުޅޭ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު