Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަތިއު ލަހޯޒް

ސީޒަން ނިމުމުން ލަހޯޒް ރެފްރީކަމުން ރިޓަޔާ ވަނީ

ސްޕެއިންގެ ފުޓުބޯޅަ އިދާރާ އިން ނިންމާފައިވަނީ ކުރިއަށް އޮތް ހަފްތާގެ މެޗުތަކުގައި ލަހޯޒް ބޭނުން ނުކުރަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖެނުއަރީ 2023 | ހޮނިހިރު 00:59
ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި ނެދަލެންޑްސް ކުޅުނު މެޗުގައި ލަހޯޒް

ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި ނެދަލެންޑްސް ކުޅުނު މެޗުގައި ލަހޯޒް

މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަން ނިމުމާއެކު ރެފްރީކަމުން ސްޕެއިންގެ އެންޓޯނިއޯ މަތިއޯ ލަހޯޒް ރިޓަޔާވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރެފްރީކަމުން ރިޓަޔާވުމަށް ލަހޯޒް ނިންމާފައިވާއިރު، އޭނާ އަކީ ގިނަ ކޯޗުންނާއި ކުޅުންތެރިންގެ ޝަކުވާތައް ބޮޑު ރެފްރީއެކެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތާއި، ސްޕެނިޝް ލީގުގެ މެޗަކާއި، ކޮޕަ ޑެލް ރޭ މެޗުގައި ލަހޯޒްގެ ނިންމުންތައް އައިސްފައިވާ ގޮތާމެދު ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ. އެހެންކަމުން ސްޕެއިންގެ ފުޓުބޯޅަ އިދާރާ އިން ނިންމާފައިވަނީ ކުރިއަށް އޮތް ހަފްތާގެ މެޗުތަކުގައި ލަހޯޒް ބޭނުން ނުކުރަން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލެންޑްސް ބައްދަލު ކުރި މެޗުގައި ލަހޯޒް ވަނީ ގިނަ ކާޑުތަކެއް ދައްކައިފަ އެވެ. އެއީ އެއް މެޗެއްގައި އެންމެ ގިނަ ކާޑު ދެއްކި ވެސް މެޗެވެ.

އުމުރުން 45 ލަހޯޒް އަކީ ކުލަބު ލެވެލްގެ އިތުރުން ބައިނަލްއަޤުވާމީ ލެވެލްގައި ވެސް ރެފްރީކަން ކުރަމުން އަންނަ ރެފްރީއެކެވެ. އޭނާ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ސްޕެނިޝް ލީގުގައި ރެފްރީކަން ކުރަމުންނެވެ. މީގެ އިތުރުން 2021 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ވާދަކުރި މެޗުގެ ރެފްރީއަކީ ވެސް އޭނާއެވެ. ލަހޯޒް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ވެސް ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގެ އިތުރުން ރަޝިޔާއި އޮތް މުބާރާތުގައި ވެސް އޭނާ ރެފްރީކަން ކުރިއެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު