Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޚިދުމަތްތަ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ މުހިންމުކަމަކީ ދިރިއުޅޭ ވެށިން ޚިދުމަތްލިބުން: ރައީސް ޞާލިހު

6 ޖެނުއަރީ 2023 | ހުކުރު 13:03

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހޯދައިދިނުމަކީ ހަމައެކަނި އިޖުތިމާއީ އަދާލަތާއި ގުޅިފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖެނުއަރީ 2023 | ހުކުރު 13:03
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އިފްތިތާހުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު އިފްތިތާހުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ މުހިންމުކަމަކީ އެ މީހުންގެ ހާލަތަށް ރިއާޔަތްކޮށްދޭން ޖެހޭ ޚިދުމަތްތައް އެ މީހަކު ދިރިއުޅޭ ވެށިން ލިބުން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކާ ސަރުކާރުން ހަތަރު އަތޮޅެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ޚިދުމަތް ދެވޭނެ މީހުން ތަމްރީންކޮށްފައިވާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕިއުޓިކް ފަރުވާ އަށް ދިއުމުގެ ފުރުސަތު މެދު ނުކެނޑި ފޯރުކޮށްދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ އެ ފަރާތްތަކަށް ބޭނުންވާ މާލީ އެހީ ވެސް ފޯރުކޮށްދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހޯދައިދިނުމަކީ ހަމައެކަނި އިޖުތިމާއީ އަދާލަތާއި ގުޅިފައިވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަކީ މުޅި މުޖުތަމައުއަށްޓަކާ ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ސަބަބަކީ ދައުލަތުގެ ފަރާތުން ހަމަޖައްސާ އެފަދަ އިންތިޒާމްތަކާއި އެފަދަ ފަރާތްތަކަށް ފުރިހަމަކޮށްދޭ ކަންކަމަކީ މުޅި މުޖުތަމައުއަށްޓަކާ ކޮށްދޭ ކަމަކަށް ވުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މީހެއްގެ ގައިގައި ނުކުޅެދުންތެރިކަން ހުރުމަކީ އޭނާ އަކީ ނުކުޅެދޭ މީހެއްގެ ގޮތުގައި ދެކެން ޖެހޭ ސަބަބެއް ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބގައިގައި ވެސް މުޅި މުޖުތަމައު އަށް ބޭނުން ހިފޭނެ ފަދަ ހުނަރުތައް ހުރެދާނެ ކަމަށަވެ. އަދި ބައެއް ކަންކަމުގައި އެފަދަ މީހުންނަކީ އެހެން މީހުންނަށް ވުރެ ހުނަރުވެރި ބަޔަކަށް ވެދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ރިވެލި މައުރުޒް ފަދަ މައުރުޒްތަކުން އެފަދަ ފަރާތްތަކުގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން މަސައްކަތްކުރަމުން ދަނީ އެފަރާތްތަކަށް އެ ހުނަރުގެ ފުރިހަމަ ބޭނުން ހިފޭނެ މަގެއް ހޯދާދިނުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މުޖުތަމައު އިން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލައިގަނެ ފުރުސަތު ހޯދައިދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް