Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަންތާޖު ޤުރުއާން މުބާރާތް

"ރަންތާޖު" ޤުރުއާން މުބާރާތުގެ ޤަވާއިދު އާންމުކޮށްފި

މުބާރާތް ހުޅުވާލާފައިވަނީ 16 އަހަރާއި (23 މާރޗް 2023ށް 16 އަހަރު ފުރިފައިވުން) 45 އަހަރާ (23 މާރޗް 2023ށް 46 އަހަރު ފުރިފައިނުވުން) ދެމެދުގެ އުމުރުފުރާގެ މީހުންނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 14:00
"ރަންތާޖު" ޤުރުއާން މުބާރާތް

"ރަންތާޖު" ޤުރުއާން މުބާރާތް

ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް "ރަންތާޖު" ގެ ޤަވާއިދު އާންމުކޮށްފިއެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން މުބާރަތް ލޯންޗު ކޮށްފައިވަނީ ހޯމަ ދުވަހު ރާއްޖެޓީވީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފައެވެ. އެގޮތުން ރާއްޖޭގެ 10 ސަރަޙައްދެއްގައި އޮޑިޝަންތައް ކުރިއަށްގެންގޮސް 20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެއެވެ.

މި ޤަވާއިދުގައި ބުނެފައިވަނީ މުބާރާތުގެ އެންމެހާ ކަންތައްތައް ރަވާ އިންތިޒާމު ކުރާނީ އެކަމަށްޓަކައި އެކުލަވާލޭ ޚާއްސަ ކޮމެޓީއަކުން ކަމަށެވެ. ކޮމެޓީގައި ޓެކްނިކަލް ބޭފުޅުންނާއި ފަންނީ ބޭފުޅުންނާއި ސިޔާސީ ގޮތުން ގޮތް ނިންމޭ ފެންވަރުގެ ބޭފުޅުން ހިމެނޭހެން ޖުމްލަ 8 މެމްބަރުން ހިމެނޭނެ ކަމަށް ވެސް ވެއެވެ.

މުބާރާތް ހުޅުވާލާފައިވަނީ 16 އަހަރާއި (23 މާރޗް 2023ށް 16 އަހަރު ފުރިފައިވުން) 45 އަހަރާ (23 މާރޗް 2023ށް 46 އަހަރު ފުރިފައިނުވުން) ދެމެދުގެ އުމުރުފުރާގެ، މުބާރާތުގެ ބައިވެރިވުމުގެ ޝަރަތު ފުރިހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރި ވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަމުގައިވުމާއި މީގެކުރިން ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއްގައި ބައިވެރިވެ ވަނަ އެއް ލިބިފައިވާ ފަރާތެއް ކަމުގައިނުވުން ހިމެނެއެވެ. މީގެ ކުރިން ރާއްޖޭގައި ބޭއްވުނު (އެންމެ އަލިގަދަ ތަރި) ފަދަ ޤުރުއާން މުބާރާތަކުން އެއްވަނަ ހޯދާފައިވާ ފަރާތެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި އިންސާފު ކުރެވޭ ބައިތަކަކީ ބަލައިގެން ކިޔެވުން، ނުބަލައި ކިޔެވުން، ސޫރަތުއް ޟުޙާއިން ތިރީގެ ސޫރަތްތަކުގެ މާނަ، ޢުލޫމުލް ޤުރުއާނާއި އަސްބާބުއް ނުޒޫލުގެ ބައިތަކުގެ އިތުރުން ތަޖުވީދުގެ ބައިތަކެވެ.

މުބާރާތުގެ މުޤައްރިރުގައި ބަލައިގެން ކިޔެވުމުގައި މުޅި ޤުރުއާން އެއްކޮށް ހިމެނޭއިރު ނުބަލައި ކިޔެމުގައި 29 ވަނަ ފޮތާއި 30 ވަނަ ފޮތް ހިމެނެއެވެ. އަދި ތަރުޖަމާގައި ސޫރަތުއް ޟުޙާއިން ސޫރަތުއް ނާސްގެ ނިޔަލަށް ދިވެހި ތަރުޖަމާ ހިމެނެއެވެ.

މި މުބާރާތުގައި ޖުމްލަ 6 ޝޯއެއް ހިމެނޭ ކަމަށާއި ކޮންމެ ޝޯއެއް ނިމުމުން ދެން އަންނަ ޝޯ ކުރިއަށްދާނެ ގޮތުގެ ހުލާސާއެއް އެކުލެވި، އެކަން މުބާރާތުގެ ބައިވެރިންނަށް އެންގޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މުބާރާތުގައި ވަކިވެގެންދާ ބައިވެރިން ކަނޑައެޅުމުގައި އެއްވަނަ ޝޯގައި ކިޔަވާ 20 ބައިވެރިންގެ ތެރެއިން 5 ބައިވެރިން މުބާރާތުން ވަކިވެގެންދާނެއެވެ. އަދި ދެވަނަ ޝޯގައި ކިޔަވާ 15 ބައިވެރިންގެ ތެރެއިން 4 ބައިވެރިން މުބާރާތުން ވަކިވެގެންދާއިރު ތިންވަނަ ޝޯގައި ކިޔަވާ 11 ބައިވެރިންގެ ތެރެއިން ދެ ބައިވެރިން މުބާރާތުން ވަކިވެގެންދާނެއެވެ. އަދި ހަތަރު ވަނަ ޝޯގައި ކިޔަވާ ބައިވެރިންގެ ތެރެއިން ދެ ބައިވެރިން، ފަސް ވަނަ ޝޯގައި ކިޔަވާ 7 ބައިވެރިންގެ ތެރެއިން ދެ ބައިވެރިން، ހަވަނަ ޝޯގައި ކިޔަވާނީ މުބާރާތުގެ އެންމެ މޮޅު 5 ބައިވެރިންނެވެ. މި ބައިވެރިންގެ ތެރެއިން 1 ވަނަ ބައިވެރިޔަކު ހޮވިގެންދާނެއެވެ.

މުބާރާތުގައި އިންސާފު ކުރައްވާނީ 3 ފަނޑިޔާރުންގެ ޕެނަކުންނެވެ. ކޮންމެ ޝޯ އެއްގައި ވެސް މެހެމާނަކު ބައިވެރި ކުރެވިދާނެ ކަމަށާއި އެކަން ކަނޑައަޅާނީ އިންތިޒާމު ކޮމެޓީން ކަމަށް ޤަވާއިދުގައިވެއެވެ.

މުބާރާތުގައި ވާދަކުރެވޭނީ އޮޑިޝަންތަކުން ހޮވޭ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ 20 ބައިވެރިންނަށެވެ. އެ ބައިވެރިން ވާން ޖެހޭނީ ކީރިތި ޤުރުއާނުގެ 29 ވަނަ ފޮތާއި 30 ވަނަ ފޮތް ހިތުދަސް ބައިވެރިންނަށެވެ. ނަމަވެސް އޮޑިޝަންގައި ބާލާނީ ކިޔެވުމަށް އެކަނި ކަމަށްވާއިރު ހިތުދަސް ކުރުމުގެ ބަޔަކަށް ނުބަލާނެއެވެ. އެކަމަކު އެ ބައިވެރިޔަކު ހިތުދަސްތޯ ނުވަތަ ދަސް ކުރެވިދާނެތޯ އަހާ، އެކަމުގައި ޔަޤީންކަން ހޯދަންވާނެ ކަމަށް ޤަވާއިދުގައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރުމަށް ވަނީ ހުޅުވާލާފައެވެ.

އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި އަދި މާލެ ސިޓީއެވެ. އޮޑިޝަންތައް ކުރިއަށް ގެންދާނީ 15 ޖެނުއަރީއާއި 16 ފެބްރުއަރީއާ ދޭތެރޭގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި

ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި

21 އޯގަސްޓު 2017
ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!

ހަތް ވަނަ އިސްލާހާއި އެކު ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަނެއްކާ ވެސް އާންމުކޮށްފި!

14 އޯގަސްޓު 2017
އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި

ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި

18 ޖޫން 2017
ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް

ނައިވާދޫ ޤުރުއާން މުބާރާތުން 1 ވަނަ ހޯދައިގެން އުމުރާ ދަތުރު ސްކޫލް ކެޕްޓަނަށް

06 ޖޫން 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު