Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލޭގައި ފެންހޮޅި އެޅުމާއި މަގުކޮނުމުގެ އުސޫލު އާންމުކޮށްފި

4 ޖެނުއަރީ 2023 | ބުދަ 07:32

އުސޫލުގައި ބުނެފައިވާ ގޮތުގައި މާލޭގެ ބިމުން ފެން ބޭރު ކުރުމަށް ހޮޅި އެޅޭނީ ޔުޓިލިޓީ އޮތޯރިޓީގެ ހުއްދަ ލިބިގެން ކައުންސިލަށް ހުށަހަޅައިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ޖެނުއަރީ 2023 | ބުދަ 07:32
އަމީނީ މަގު

އަމީނީ މަގު

މާލޭގެ ބިމުން ފެން ނަގައިގެން ފެން ބޭރު ކުރުމަށް މަގުތަކުގައި ހޮޅި އެޅުމާއި މަގުތައް ކޮނުމާ ބެހޭ އުސޫލުތައް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

ހޯމަ ދުވަހު އާއްމު ކުރި އެ އުސޫލުގައި ބުނެފައިވާ ގޮތުގައި މާލޭގެ ބިމުން ފެން ބޭރު ކުރުމަށް ހޮޅި އެޅޭނީ ޔުޓިލިޓީ އޮތޯރިޓީގެ ހުއްދަ ލިބިގެން ކައުންސިލަށް ހުށަހަޅައިގެންނެވެ. އަދި، މާލޭގެ މަގުތައް ކޮނުމުގެ އުސޫލުގެ ދަށުން ޖަންކްޝަންގެ މަތި ނަގައިގެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ވެސް ހުއްދަ ނަގަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މާލެ ސިޓީ ކައުންސިލުން ނެރެފައިވާ ބިމުން ފެންނަގައި ބޭރުކުރުމުގެ ގަވާއިދުގެ ދަށުން ހުއްދަ ނަގާފައިވާ ފަރާތްތަކުން, ސިޓީއާއެކު ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން، ހުއްދަ ދޭނީ ސުޕަވައިޒަރުން ހޮޅިލައިންގެ ރޫޓު ޗެކްކުރުމަށްފަހުއެވެ. އަދި، މަސައްކަތް ކުރަން ޖެހެނީ މަގު ކޮނެގެން ނަމަ، ކޮންނަން ބޭނުންވާ ސަރަހައްދުގެ ދިގުމިނާއި، ފުޅާމިން އެނގޭނެހެން ޗާޓެއް ހުށަހަޅަން ޖެހޭނެ ކަމަށާއި ޖަންކްޝަން މަތި ނަގައިގެން ކުރަންޖެހޭ މަސައްކަތެއްނަމަ ޖަންކްޝަންގެ އަދަދާއި ހުރިތަން ފާހަގަކޮށް, އެ ސަރަހައްދެއްގެ ޗާޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި އިމާރާތް ކުރުމަށްޓަކައި ގެއެއްގެ އިންފާރުން އެތެރޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކޮނެގެން ކުރަންޖެހޭ މަސައްކަތެއްގެ ސަބަބުން އެ އިމާރާތަކާ ނުވަތަ މަސައްކަތް ކުރަމުންދާ ސަރަހައްދާ އިންވެގެން އޮންނަ މަގު، ދުވާރު ނުވަތަ ކާނަކަށް ގެއްލުން ލިބިއްޖެކަން ސާބިތުވެއްޖެ ނަމަ، 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް ނުވަތަ ކައުންސިލުގެ ހުއްދައެއްނެތި އެފަދަ މަސައްކަތެއް ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މާލޭގެ ބިމުން ފެން ބޭރުކުރުމަށް ހޮޅި އެޅުމާއި މަގު ކޮނުމުގެ އުސޫލު ފާސްކުރީ ސިޓީ ކައުންސިލުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޖަލްސާގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް