Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނާއި ނަޝީދު

ރައީސް ނަޝީދަށްޓަކައި ރައީސް ޔާމީން ބަދަލު ހިއްޕަވަނީ!

ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އަޑު އުފުލި ގިނަ ފަރާތްތަކަށް ވަނީ ހިތްދަތި ގޮތްތަކެއް ކުރިމަތިވެފައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 28 ޖޫން 2017 | ބުދަ 10:37
ނައީސް ނަޝީދާއި ރައީސް ޔާމީން އަދި މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް

ނައީސް ނަޝީދާއި ރައީސް ޔާމީން އަދި މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް

ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުގެ ތެރޭގައި އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެތައް ފަހަރެއްގެ މަތިން ހައްޔަރުކުރެވި ހުރަގޭގައި ބަންދުކުރެވި އެތައް އަނިޔާތަކެއް ދީފައި ވެއެވެ. ދިގު 30 އަހަރުގެ ވެރިކަމުގައި ނުހައްގުން ލިބުނު އަނިޔާތަކަށްޓަކައި އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ދުވަހަކު މައާފްނުކުރައްވާނެ ކަމަށް ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުން އަދި ވެސް ބުނެއެވެ. އަދި އެމަނިކުފާނުގެ ކިބައިން ބަދަލު ހިއްޕެވުމަށް ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ގެންދެވީ ހިތްވަރު ދެއްވަވަމުންނެވެ. އެގޮތުން 2008 ގައި ވެރިކަމަށް ވަޑައިގެންނެވުމާ އެކު އަރިސް ބައެއް ބޭފުޅުން ވަނީ ރައީސް މައުމޫނު ހައްޔަރުކޮށް ޝަރީއަތް ހިންގުމަށް ހިއްވަރު ދެއްވާފައެވެ. ހަމައެހެންމެ އެމްޑީޕީގެ ބައެއް ހާޑްކޯ އެކްޓިވިސްޓުންނާއި އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކު އެކަމަށް އުންމީދުކުރިއެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.

ތިރީސް އަހަރުގެ ވެރިކަމުގައި ސިއްކަޖެއްސެވުމަށް ފަހު ރައީސް ކަމަށް ނަޝީދު ވަޑައިގެން ފުރަތަމަ ވެސް ވިދާޅުވީ ކާމިޔާބީގައި ހިތްތިކުރުމަށެވެ. އަދި ނާކާމިޔާބީގައި ހިތްވަރު ކުރުމަށް ގޮވާލެއްވީ އެކަންޏެއް ނޫނެވެ. އަމަލީ ގޮތުން އެކަން ދެއްކެވިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގަ އާއި އޭގެ ފަހުން ވެސް ފެނިގެންދިޔައީ ދިގު މުއްދަތެއް ވަންދެން ގައުމަށް ޚިދުމަތްކޮށްދެއްވި ރައީސް މައުމޫނަށް ދޭންޖެހޭ ޝަރަފާއި އިއްޒަތް ދެއްވި ތަނެވެ. އެމަނިކުފާނުގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ތަހްގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް ހެއްދެވި ނަމަވެސް ޝަރީއަތެއް ހިންގަވާފައެއް ނުވެއެވެ.

ބަދަލު ހިއްޕަވަން ބޭނުންފުޅު ނަމަ ރައީސް ނަޝީދަށް ވެސް ފުރުސަތުތަކެއް ލިބިވަޑައިގެންނެވި އެވެ. ނަމަވެސް އޭގެ ބަދަލުގައި އެމަނިކުފާނުގެ ކިބައިން ފެނުނީ ހިތްތިރިކަމާއި މައާފްކުރުމުގެ ރިވެތި ސިފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ވެސް ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެއީ ބަޣާވާތެއް ނޫން ކަމަށް ދުނިޔެ ކުރިމަތީގައި ސިއްކަ ޖެހިއެއް ކަމަކު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ހިންގި ބަޣާވާތެކެވެ. އޭގެ ފަހުން ވެސް ފުލުފުލުގައި އެމަނިކިފާނަށް ބޮޑެތި އަނިޔާތަކެއް ސަރުކާރުން ދިޔައީ ދެމުންނެވެ. އެންމެ ފަހުން ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ހުކުމްކޮށް ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދު ވެސް ކުރިއެވެ. އަދި ފަހުން މަޖުބޫރީ ހާލަތުގައި ގައުމު ދޫކުރައްވައި ވަޑައިގެންނެވުމަކީ ވެސް މި ސަރުކާރުން ދިން އަނިޔާއެކެވެ.

މިފަދަ އެތައް އަނިޔާތަކެއް ލިބިވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދުގެ ފަރާތުން ފެންނަނީ ހިތްތިރިކަމެވެ. ފެންނަނީ އެމަނިކުފާނާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރެއްވި ބޭފުޅެއް ނަމަވެސް ހަމަޔާއި އިންސާފަށް މަސައްކަތްކުރައްވާ ނަމަ އެ ބޭފުޅަކާ ކޮނޑާކޮނޑު ޖައްސަވައި އެކުގައި ވަޑައިގަންނަވާ މަންޒަރެވެ.

ބަދަލުހިއްޕަވަން ބޭނުންފުޅު ނަމަ ލިސްޓް ވަރަށް ދިގެވެ. ރައީސް މައުމޫނާއި ސަރުކަރުގެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި ވެރިކަން ވައްޓާލުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ވެސް މިއަދު ފެންނަނީ އެމަނިކުފާނުގެ ވިސްނުމަށް ތަބާވެ ތިބި މަންޒަރެވެ. އޭގެ ބަދަލުގައި އެ ބޭފުޅުންނަށް ހިތާމަވެރި ގޮތެއް ދިމާވެއްޖެ ނަމަ އެކަމާވެސް އެންމެ ފުރަތަމަ އަޑުއުފުއްލަވާ ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނެއެވެ.

ނަމަވެސް ބައެއް މީހުން ގަބޫލުކުރާ ގަބޫލުކުރުމެއް އެބަ އޮތެވެ. އަދި ބައެއް މީހުން ޖެއްސުމަށް ނަމަވެސް ބުނެ އުޅޭ ވާހަކައެއް އެބަ އޮތެވެ. އެގޮތުން ރައީސް ނަޝީދަށް އިހާނެތިކޮށް ކަންތައްކުރެއްވި ބޭފުޅުންގެ ކިބައިން މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ބަދަލުހިއްޕަވާ ވާހަކައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް އަޑު އުފުއްލެވި ބޭފުޅުންނަށް މިއަދު ވަނީ އެކަމުގެ ހިތި ރަހަ ފެނިފައެވެ. އެގޮތުން މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމަކީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނުގައި އެމަނިކުފާނަށް ފަހުގެ އިންޒާރު ދެއްވި އެއް ބޭފުޅާއެވެ. މިއަދު އޮތީ ދޮގު ތުހުމަތުތަކެއްގެ ސަބަބުން ދިގު ޖަލު ހުކުމެއްގައެވެ. ނާޒިމާއެކު އެ ދުވަހު ހުންނެވި އަދި ފަހުން ޕޮލިސް ކޮމިޝަނަރަކަށްވި އަދި މިހާރު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ވެސް ދައުވާތައް އުފުލި ޝަރީއަތްތައް ކުރިއަށްދާ އިރު އިރުއިރުކޮޅާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާންޖެހެއެވެ. އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރެއްވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވެސް އެތައް ފިއްތުންތަކެއް ވަނީ ކުރިމަތިކުރުވާފައެވެ.

ކުރީގެ ރައީސް މައުމޫނަށް ވެސް އޮތީ މި ދަތުރެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ތަހްގީގު ހިންގައި އޭސީސީން މިހާރު އެ ވަނީ ބަޔާން ނަގަން ނިންމައި ސިޓީ ފޮނުވާފައެވެ. ގާނޫނުގައި ވެސް ބުނާ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުން އެ މައްސަލަ ފެންމަތިކުރުމުގެ މައިގަނޑު ބޭނުމަކީ ރައީސް މައުމޫނު ނިކަމެތިކޮށްލުމެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނަށް ވެސް ހަމަ އެހާލު ވަނީ ޖައްސާފައެވެ.

މިހެން ގޮސް މި ލިސްޓް ވަރަށް ދިގެވެ. އިދިކޮޅު ފަރާތްތަކުން އޭރު ބުނަމުން ދިޔަ ބަޣާވާތުގައި ބައިވެރިވި ގިނަ ބޮޑުންނަށް މިއަދު ވަނީ ވަރަށް ދަތި ހާލު ޖައްސާފައެވެ. އެ ހުރިހާ ކަމެއް ވެގެން މިދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެހެންކަމުން ދުރުގައި ކުޅިބަލަން ތިބޭ ބައެއް މީހުން ދެކޭ ގޮތުގައި ރައީސް ނަޝީދަށްޓަކައި އެ ފަރާތްތަކުގެ ކިބައިން ބަދަލު ހިއްޕަވާ ބޭފުޅަކީ ރައީސް ޔާމީނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު