Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ

ޔޫރަޕާއި ބްރެޒިލް، އޮސްޓްރޭލިޔާ، އެމެރިކާ އަދި ޕޯޗުގަލް ކުލަބުތަކުގެ ހުށަހެޅުން ލިބުނު: ރޮނާލްޑޯ

ރޮނާލްޑޯ ބުނީ އޭނާ ބޭނުންވަނީ މޮޅު ކުޅުމެއް ދައްކައި ރެކޯޑުތަކެއް ހެދުމުގެ އިތުރުން، ސައޫދީގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖެނުއަރީ 2023 | އަންގާރަ 17:11
ރޮނާލްޑޯ ސައޫދީގައި

ރޮނާލްޑޯ ސައޫދީގައި

ޔޫރަޕުގެ ކުލަބުތަކާއި، އޮސްޓްރޭލިޔާ، ބްރެޒިލް އަދި އަމިއްލަ ގައުމުކަމަށްވާ ޕޯޗުގަލްގެ ކުލަބުތަކުގެ ހުށަހެޅުން ލިބުނުކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނީ ސައޫދީ އަރަބިއްޔާގެ އައްނަސްރުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް އޭނާ ދައްކާލުމުގެ ކުރިން ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. ރޮނާލްޑޯއާއެކު އެ ޕްރެސްގައި އައްނަސްރުގެ ރައީސްގެ އިތުރުން ކޯޗުވެސް ވަނީ ބައިވެރިވެފައެވެ. އެ ޕްރެސްގައި ރޮނާލްޑޯ ބުނީ، އޭނާއަށް ގިނަ ހުށަހެޅުންތަކެއް ލިބުނުކަމަށެވެ. އެގޮތުން ޔޫރަޕުގެ ކުލަބުތަކުގެ ހުށަހެޅުން ލިބުނުކަމަށްވެސް ބުންޏެވެ. ނަމަވެސް އޭނާ ހަމައެކަނި އަންނަން ބޭނުންވީ އައްނަސްރަށް ކަމަށާއި، އެ ކުލަބާ ގުޅުނީ އެހެންވެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ އޭނާ ސައޫދީގެ ކުލަބަކާ ގުޅުނީ އެކި ގޮތްގޮތުން ވިސްނާފައި ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާ ބޭނުންވަނީ މޮޅު ކުޅުމެއް ދައްކައި، ރެކޯޑުތަކެއް ހެދުމުގެ އިތުރުން ސައޫދީގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް ކަމަށެވެ. ރޮނާލްޑޯ ބުނީ ސައޫދީގައި ފުޓުބޯޅަ ކުރިއަރާފައިވާ ކަަމަށާއި، ދާދި ފަހުން ނިމުނު ވޯލްޑް ކަޕްގައިވެސް ސައޫދީން މޮޅު ކުޅުމެއް ދެެއްކިކަމަށެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ބަލިކުރެވުނު ހަމައެކަނި ޓީމަކީ ސައޫދީކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ އައްނަސްރަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. އޭނާގެ އެއްބަސްވުމުގެ އަގު 213 މިލިއަން ޑޮރަލަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ. 37 އަހަރުގައި ރޮނާލްޑޯ ސައުދީގެ ކްލަބް އައްނަސްރަށް ބަދަލުވީ މިސީޒަންގެ ނިޔަލަށް މެންޗެސްޓަރ ޔުނައިޓެޑާއެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ. ދެފަރާތުން ވާހަކަދައްކައި އެއްބަސްވުން ނިމުމަކަށް ގެނައީ ޓީވީ ޝޯވއެއްގައި ޔުނައިޓެޑާ އަދި އެކްލަބްގެ ކޯޗާމެދު ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ރޮނާލްޑޯ އެވާހަކަތައް ދެއްކީ ކްލަބް ބަދަލުކުރަން ބޭނުންވެ ހުރެއެވެ.

ރޮނާލްޑޯއަކީ ސައޫދީ ލީގުގައި ކުޅޭނެ އެންމެ ޓޮޕް އެތުލީޓެވެ. އައްނަސްރުން ދެކެނީ ރޮނާލްޑޯ އެކްލަބަށް ސޮއިކުރުމަކީ ފުޓްބޯޅަ ތާރީޚު ބަދަލުކޮށްލުން ކަމަށެވެ. އަދި އެއީ އެކުލަބާއި, އެގައުމާއި, އެގައުމުގެ އަންނަން އޮތް ޖީލުތަކަށްވެސް ނަމޫނާއެއްކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް

29 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް
25 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި

25 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި
22 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި

22 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް މޮޅުވިއިރު، މެކްސިކޯ އިން ނިއުޒިލޭންޑް ބަލިކޮށްފި
19 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ޗިލީ މޮޅުވިއިރު، މެކްސިކޯ އިން ޕޯޗުގަލް ހިފަހައްޓައިފި

19 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ޗިލީ މޮޅުވިއިރު، މެކްސިކޯ އިން ޕޯޗުގަލް ހިފަހައްޓައިފި
08 މެއި 2017

ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި

08 މެއި 2017
ފީފާ ބީޗް ސޮކާ 2017: ޓަހިޓީ ބަލިކޮށް ބްރެޒިލް ފަސް ވަނަ ތަށި އުފުލާލައިފި
09 އެޕްރީލު 2017

ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް

09 އެޕްރީލު 2017
ޑޭވިސްކަޕް: އެމެރިކާ ބަލިކޮށް އޮސްޓްރެލިއާ ސެމީއަށް
29 މާރިޗު 2017

ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް

29 މާރިޗު 2017
ވޯލްކަޕަށް ކޮލިފައިވި ފުރަތަމަ ޤައުމަކީ ބްރެޒިލް
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު