Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އައިސްކްރީމް ފިހާރަ

ގޫޒާ ބުނަނީ އައިސްކްރީމްއަކުންވެސް ޘަޤާފަތް ދިރުވިދާނޭ

އެފްރިކާއަށް ހާއްސަ ރަހަތަކުގެ ތެރޭގައި ބަރަބޯ، މާޖެއްސި ޒުވާރި، ބަދަން، ކައްޓަލަ، ކްލޭ އަދި ހިއްކި ޒުވާރިން ތައްޔާރު ކުރާ ޗަސް ކޭމެއް ކަމަށް ވާ ސަމްޕްގެ ރަހަތައް އެކުލެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 06:26
ޓަޕީވާ ގޫޒާ, އައިސްކްރީމް ހަދާ މީހެއް

ޓަޕީވާ ގޫޒާ, އައިސްކްރީމް ހަދާ މީހެއް

ޢުމުރުން 36 އަހަރުގެ ޓަޕީވާ ގޫޒާ، އައިސްކްރީމް އުފެއްދުމުގެ މަސައްކަތް ފެށީ މީގެ 12 ވަރަކަށް އަހަރު ކުރިންނެވެ. މެލުވި ބަރަބޮލާއި ކިރު އެއްކޮށް، އެފްރިކާއަށް ހާއްސަ އައިސްކްރީމް ފްލޭވަރއެއް، ކޭޕް ޓައުންގައި ހުންނަ އޭނާގެ ކެފާއަށް ތަޢާރަފު ކޮށްފާނެއެކޭ ފަހަރެއްގައިވެސް ގޫޒާގެ ހިތަކަށް އޭރު ނާރައެވެ.

ޒިމްބާބްވޭއަށް އުފަން ގޫޒާ ބުނާ ގޮތުގައި، އޭނާގެ މަޤްޞަދަކީ ދޭސީންނާއި ބިދޭސީންންގެ އަރު ތެރޭގައިވެސް އެފްރިކާގެ ޙަޤީޤީ ރަހަލައްވާލުމެވެ. އަދި އެފްރިކާގެ އުފެއްދުންތަކަކީ ދެވަނަ ދަރަޖައިގެ ދެރަ އުފެއްދުންތަކެއް ކަމާއި، އެއީ އެއްވެސް ރަހަކުން ރަހައެއް ނުލާ އުފެއްދުންތަކެއް ކަމަށް ބުނެ ފެތުރިފައި ވާ އަޑުތަކުގައި އެއްވެސް ޙަޤީޤަތެއް ނެތްކަން ސާބިތު ކޮށްދިނުމެވެ.

ގޫޒާގެ "ޓަޕީ ޓަޕީ" ފިހާރާގައި އޭނާ ކުރަމުން ދަނީ އެ މަސައްކަތެވެ. އެފްރިކާގެ ރަހަތަކާއި ފޯކްލޯރުގެ ރަހަތަށް، ތަށިތައްޓާއި ކޯންތަކުގައި އާންމުންނާ ހިސާބަށް ގެނެސްދިނުމުގެ ބުރަ މަސައްކަތެވެ.

ގޫޒާގެ އައިސްކްރީމް ފިހާރައިން ލިބެން ހުރި، އެފްރިކާއަށް ހާއްސަ ރަހަތަކުގެ ތެރޭގައި ބަރަބޯ، މާޖެއްސި ޒުވާރި، ބަދަން، ކައްޓަލަ، ކްލޭ އަދި ހިއްކި ޒުވާރިން ތައްޔާރު ކުރާ ޗަސް ކޭމެއް ކަމަށް ވާ ސަމްޕްގެ ރަހަތައް އެކުލެވެއެވެ.

ގޫޒާ ތައްޔާރު ކުރާ ކޮންމެ ރަހައެއްގެ ފަހަތުގައި، ހާއްސަ ވާހަކައެއްވެސް އޮވެއެވެ.

އެފަދަ އެއް ރަހައަކީ ރޯއީބޮސްއާއި ކައްޓަލަ ޖޭމުގެ ރަހަ އެކުލެވޭހެން ގޫޒާ ތައްޔާރު ކުރި ފްލޭވަރއެކެވެ. ރޯއީބޯސް ނުވަތަ ޢަރަބީން ކިއާ އުޅޭ ގޮތުން ނަމަ، އަލްމަރީމިއަތުއަކީ އެފްރިކާ ސަރަޙައްދުގައި ސައި ގިރަން ބޭނުން ކުރާ ބާވަތެއްގެ ގަހެކެވެ.

ގުޒާގެ މަސައްކަތަށް، އާންމުންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެއެވެ. އެފްރިކާގެ އެކި ހިސާބުތަކުން އެކި ކަހަލަ ބާވަތްތައް ގޫޒާއަށް ގެނެސްދޭ މީހުންނަށް، ހަދިޔާއެއްގެ ގޮތުގައި ގޫޒާ ދެނީ އައިސްކްރީމް ޓައްޕެކެވެ.

ގޫޒާގެ ކަސްޓަމަރުން ބުނާ ގޮތުގައި، އޭނާގެ ފްލޭވަރތަކުން ހައިރާންކަން ގެނުވައެވެ. ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. އަދި އަމިއްލަވަންތަ ނުވަތަ ދޯޅަ ކަމުގެ އިޙްސާސެއްވެސް ގެނެސްދެއެވެ.

ގޫޒާގެ އެއް ކަސްޓަމަރަކީ ކްލައިވް ސިބަންދާއެވެ. ބޮޑުވަމުން އައި އިރު، ސިބަންދާއަށް ހީވެފައި އޮތީ އައިސްކްރީމްގެ ރަހައަކީ ވެނީލާ ކަމަށެވެ. ނަމަވެސް، އެއީ ދެކުނު އެފްރިކާ ސަރަޙައްދަށް ހާއްސަ އެއްޗެއް ނޫނެވެ.

އަމިއްލަ ވަންތަ ޘަޤާފަތަކާއި ޖާފަތެއް އޮތް ބައެއްގެ މައްޗަށް، ދުނިޔޭގެ ވަކި ބައްރަކުން ފޯރުވަމުންދާ ނުފޫޒާ ދެކޮޅަށް މަސައްކަތް ކޮށް، ދޭސީ އުފެއްދުންތެރިކަން ކުރިއެރުވުމުގައި ގޫޒާގެ "ޓަޕީ ޓަޕީ" އައިސްކްރީމް ވަރެއް ހަމަ ނެތެވެ. ޘަޤާތެއް ދިރުވާ، އަލާ ކުރެވެނީ ބޮޑު ޚަރަދުތަކެއް ކޮށްގެން ނޫންކަންވެސް، "ޓަޕީ ޓަޕީ" އައިސްކްރީމްގެ އެންމެ ސަމުސަލެއްގެ މިންވަރު ތަޖުރިބާކުރި، އެފްރިކާ ދަރިކޮޅުގެ ކޮންމެ މީހަކުވެސް އެއްބަސްވާނެކަން ޤައިމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރޫސް ވިލިސްގެ އަންހެނުން އެމާ ބުނަނީ އޭނާގެ ސިއްޙަތު ރަނގަޅު ނަމަވެސް ސިކުނޑި ދަނީ ދަށް ވަމުން ކަމަށް

ބްރޫސް ވިލިސްގެ އަންހެނުން އެމާ ބުނަނީ އޭނާގެ ސިއްޙަތު ރަނގަޅު ނަމަވެސް ސިކުނޑި ދަނީ ދަށް ވަމުން ކަމަށް

26 އޯގަސްޓު 2025
ކޮފީ ގަސް ބުނަނީ ކީކޭކަން އެނގޭތަ؟

ކޮފީ ގަސް ބުނަނީ ކީކޭކަން އެނގޭތަ؟

15 އެޕްރީލު 2024
އަތްލެވެން ނެތް ތަރިކައިގެ ލިސްޓުން ހަރީސާ: ޝަހީދާ ބުނަނީ އެއީ އޭނާގެ ހަށިގަނޑުގެ ބައެއް ކަމަށް!

އަތްލެވެން ނެތް ތަރިކައިގެ ލިސްޓުން ހަރީސާ: ޝަހީދާ ބުނަނީ އެއީ އޭނާގެ ހަށިގަނޑުގެ ބައެއް ކަމަށް!

05 އޮކްޓޯބަރު 2023
5 ދުވަހުން 4 ދުވަހަށް ރަސްމީ ޑިއުޓީ ބަދަލުކުރުމުގެ ނަތީޖާ ބުނަނީ ކީކޭ؟

5 ދުވަހުން 4 ދުވަހަށް ރަސްމީ ޑިއުޓީ ބަދަލުކުރުމުގެ ނަތީޖާ ބުނަނީ ކީކޭ؟

18 މެއި 2023
އަމިއްލަ ދިރިއުޅުން ވީޑިއޯ ގޭމަކަށް ބަދަލުކޮށްލި ޒުވާނާ ބުނަނީ ކީކޭ؟

އަމިއްލަ ދިރިއުޅުން ވީޑިއޯ ގޭމަކަށް ބަދަލުކޮށްލި ޒުވާނާ ބުނަނީ ކީކޭ؟

09 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު