Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ޓެކްސްގެ ނިޒާމް

ދެން އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ޓެކްސް ކުޑަކުރާނަން: ރައީސް ނަޝީދު

1 ޖެނުއަރީ 2023 | އާދީއްތަ 18:06

އިގްތިސާދީ ތާށިކަމެއްގެ ތެރޭގައި ގައުމު އޮއްވައި ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޖެނުއަރީ 2023 | އާދީއްތަ 18:06
ރައީސް ނަޝީދާއި ރައީސް ސާލިހު

ރައީސް ނަޝީދާއި ރައީސް ސާލިހު

ދެން އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ޓެކްސް ކުޑަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއާއި އެމްޑީޕީއާ ގުޅުންހުރި ބައެއް ކަންކަމާމެދު އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޓެކްސް ކުޑަކުރުމަށް ވިސްނެވުން ގެންގުޅުއްވާ ގޮތުގެ ތަފްސީލް ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ވިސްނަވާ ކަަމަށެވެ. އެމްޑީޕީގެ ވެރިކަމެއްގައި އަމަލުކުރައްވަން ވިސްނަވާ ގޮތް އިތުރަށް ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިމްޕޯޓް ޑިއުޓީ ނައްތާލުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނަގަންފެށީ، ވިޔަފާރިކުރުމަށްފަހު ޓެކްސް ނެގުމުގެ ގޮތުން ކަަމަށާއި، ވިޔަފާރިކުރުމުގެ ކުރިން ޓެކްސް ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ. ވިޔަފާރިން ނަގާ ޓެކްސްގެ ބޭނުމަކަށް ވާންވާނީ ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތައް އިތުރަށް ފުޅާކުރުން ކަަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކޮށް ބާއްވައިގެން ނުވާނެކަަމަށާއި، އެގޮތަށް އެކަން އެހެން ނުބޭއްވޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު ވިޔަފާރީގެ ފައިދާއިން ނަގާ ފައިދާއާއި އާމްދަނީން ނަގާ ޓެކްސް ނެގުން އެންމެ ރަނގަޅު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޓެކްސް ބޮޑުކުރުމުން، ކުރިއަށް އޮތްތަނުގައި މުދަލުގެ އަގު ވަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސަބަބަކީ ތަކެތި ރާއްޖެ ގެނައުމަށް ހޭދަވާ އަގު ބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓެކްސް ބޮޑުކުރީ އިގްތިސާދު ރަނގަޅުކުރަން ކަަމަށް ސަރުކާރުން ބުނި ނަމަވެސް، ދެ ބިލިއަން ރުފިޔާ ހޯދަން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް އިގްތިސާދީ އެހެން ބަދަލުތައް ގެނައުން މާ ރަނގަޅުވީސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިގްތިސާދީ ތާށިކަމެއްގެ ތެރޭގައި ގައުމު އޮއްވައި ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް