Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑރ ޝައިނީ

ޕީޕީއެމް އާއި އެމްޑީއޭގެ ފުރިހަމަ ތާއިދު ޑރ. ޝައިނީ އަށް އެބައޮތް: ޑރ ހަލީލް

މެނިފެސްޓޯގައި މަސްވެރިންނަށް ކަނޑައަޅާފައިވާ ކަންކަން ތަންފީޒް ކުރުމަށް ދަނީ މަސައްކަތް ކުރަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 28 ޖޫން 2017 | ބުދަ 07:44
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ

ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ މަޖިލިސް މެމްބަރުންގެ ފުރިހަމަ ތާއިދު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަށް އެބައޮތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީގެ ގުރޫޕްގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޑރ. ޝައިނީ އިސްތިއުފާ ދެއްވުމަށް ޕީޕީއެމް އަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގޮވާލައްވާފައި ވަނިކޮށް ޑރ. ހަލީލް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ފިޝަރީޒް މިނިސްޓަރު ޝައިނީއަށް ޕީޕީއެމް ކޯލިޝަން މެންބަރުންގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ހަލީލު ވިދާޅުވީ މަސްވެރިންގެ ކުރިއެރުމަށް ޑރ.ޝައިނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމް ޕީޖީ ގުރޫޕާއި އެމްޑީއޭގެ ޕީޖީ ގުރޫޕް މެންބަރުންގެ ފުރިހަމަ ތާއިދު ޑރ ޝައިނީ އަށް އެބަ އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ ހަލީލް ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގައި މަސްވެރިންނާ ގުޅުންހުރި ކަންކަން ތަންފީޒް ކުރުމަށާއި ކުރަން ޖެހޭ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން ގައުމަށް ގެންނަވާ ހެޔޮބަދަލުތަކާއެކު މަސްވެރިންނަށް ވެސް އޭގެ ފައިދާ ލިބެމުންދާ ކަމަށް ޑރ. ހަލީލް ވިދާޅުވިއެވެ.

ޑރ ހަލީލް މިހެން ވިދާޅުވި ނަމަވެސް މަހިބަދޫ ދާއުރާގެ މެމްބަރު ތޯރިގް އޭނާގެ ފޭސްބުކްގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ދަތިތައް ހައްލު ނުވެގެން ދިއުމުގެ ޒިންމާ ޑރ. ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ.

ތޯރިގް ވިދާޅުވީ ޑރ. ޝައިނީ އިތުރަށް ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ބެޔަސް ނުބެޔަސް" ސިޔާސަތު ތިން އަހަރު ވީއިރު ވެސް ކާމިޔާބު ވެފެއިނުވާއިރު މަސްވެރިން ބާނާ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާ ބެހޭ ރެގިޔުލޭޓަރީ ބޮޑީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުން އެދުނު އެދުން ކުރިއަށް ނުގެންދާ ކަމަށް ތޯރިގް ވިދާޅުވެފައި ވެއެވެ.

ތޯރިގް ވިދާޅުވީ މާލޭގެ ފަޅުން މަސްވެރިންނަށް ދިމާވާދަތިތަކަށް ހައްލުކޮށް މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މިނިސްޓަރު ޝައިނީ މަސައްކަތް ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން މާލީއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވާ ފިޝަރޯޒް މިނިސްޓްރީގެ ފާއިތުވެދިޔަ އަހަރުގެތަކުގެ އޮޑިޓްރީޕޯޓްތަކުގައި މާލީއްޔަތު ގަވާއިދާއި އަދި ބެސްޓްޕްރެކްޓިސްއާ ހިލާފަށް ހުރި ކަންކަން ރަނގަޅުކުރުމުންދާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ނުފެންނަ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

މީގެއިތުރުން ތޯރިގް ވިދާޅުވީ، ބޮޑު ކަންނެލި އެކްސްޕޯޓު ކުރާ ފަރާތްތަކާ މިނިސްޓަރާ މެދެދު ޖާއިޒް ނޫން ގުޅުންތަކެއް އޮންނަ ކަމަށް ގިނަ ފަރާތްތަކުން ބުނަމުން ދާ ކަމަށެވެ.

އެހެން ކަމުން ދިވެހިރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިނިސްޓަރު ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ތޯރިގް ވިދާޅުވެފައި ވެއެވެ.

މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ތޯރިގް ވަނީ ޝައިނީ އަށް ކުރައްވާފައެވެ. މި ކަމާ ބެހޭ ގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ޝައިނީ ޖަވާބު ދެއްވީ ހިނިފުޅުވަޑުވާލެއްވުމަކުންނެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު