Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ މަގުމައްޗަށް ކުނިއެޅުން

މާލޭގައި އާންމުކޮށް ކުނި އަޅާ ތަންތަނުގެ ލިސްޓެއް މާލެސިޓީ ކައުންސިލުން އާންމުކޮށްފި

1 ޖެނުއަރީ 2023 | އާދީއްތަ 13:30

މާލޭގެ ސަރަހައްދުތައް ފާހަގަކޮށް އާއްމުކުރި ލިސްޓުގައި ހިމެނޭ 18 ސަރަހައްދުގެ ތެރޭގައި ބައެއް ގެތަކާއި، ގޯޅިތަކާއި ކަންމަތިތައް ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ޖެނުއަރީ 2023 | އާދީއްތަ 13:30
މާލޭ މަގުމައްޗަށް ކުނިއެޅުން

މާލޭ މަގުމައްޗަށް ކުނިއެޅުން

މާލޭގައި އާންމުކޮށް ކުނި އަޅާ ތަންތަނުގެ ލިސްޓެއް މާލެސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.

ގޭބިސީތަކުގެ ކުނި އެއް ކުރާ މާލޭގެ ސަރަހައްދުތައް ފާހަގަކޮށް އާއްމުކުރި ލިސްޓުގައި ހިމެނޭ 18 ސަރަހައްދުގެ ތެރޭގައި ބައެއް ގެތަކާއި، ގޯޅިތަކާއި ކަންމަތިތައް ހިމެނެއެވެ. އެ ލިސްޓު އާންމުކޮށް ކުރި ޓްވީޓުގައި ސިޓީ ކައުންސިލުން ބުނީ، ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކޮށް އެއިން އެއްވެސް ތަނެއްގައި ކުނި ނުބަހައްޓަން އެދޭ ކަމަށެވެ.

އަދި މީގެން އެއްވެސް ތަނެއްގައި ކުނި ބަހައްޓާ ފަރާތެއް ފެނިއްޖެނަމަ ނަސޭހަތްތެރިވެ އެކަން ހުއްޓުވަން ވެސް އެދުނެވެ. އަދި އެކަން ނުހުއްޓުވިއްޖެ ނަމަ ކައުންސިލުގެ ކޯލް ސެންޓަރުގެ ނަމްބަރު 1622 އަށް ގުޅައިގެން ރިޕޯޓު ކުރުމަށް ވެސް އެދުނެވެ.

މާލެތެރެ ހަޑިވުމުގެ މައްސަލަ ބޮޑަށް ފެންމަތިވެފައި ވަނީ މާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކުތައް އަދި މައިޒާންތައް ކުނިކަހައި ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމި ހިސާބުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ ޑިސެމްބަރު މަހުގެ 25 އަށެވެ. އެއާއި އެކު ވެމްކޯއިން ވަނީ އެކުންފުނީގައި ރަޖިސްޓްރީ ނުކުރާ ގޭބީސީތަކުން ކުނި ނެގުން ހުއްޓާލާފައެވެ. އެ ހިސާބުން މާލޭގެ މަގުތީގައި ކުނި ގިނަވެ މަގުމަތި ގޮނޑުވާން މެދުވެރިވިއެވެ.

ވެމްކޯ އާއި އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް މާލޭގެ އާންމު ތަންތަން ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މަގުތައް މައްޗަށް ކުނި ގިނަވެ ގިނަވެ ބަޔަކު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއި އެކު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާގެ އިރުޝާދާއި އެކު މާލެ ތެރެ ސާފުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ވެމްކޯ އިން ވަނީ ހުކުރު ދުވަހު ހިންގާފައެވެ.

ސިޓީ ކައުންސިލުން މިގޮތަށް އެދިފައިވާއިރު ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް ޚިދުމަތް ހޯދަމުންދާ ފަރާތްތަކުން، މާލޭގެ މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އާންމު ރައްޔިތުންނާއި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މީގެ އިތުރުން ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ވެމްކޯ އިން އިތުރަށް ބުނީ މިހާރު ޚިދުމަަތް ހޯދުމަށް ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ވެސް ރަޖިސްޓްރީވުން އެދޭ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް