Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ޕްރައިމަރީ

"އެމްޑީޕީގެ ޕްރައިމަރީއާމެދު ޝަކުވާ ހުށަހަޅަން ދިން މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް"

31 ޑިސެމްބަރު 2022 | ހޮނިހިރު 12:34

ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޑިސެމްބަރު 2022 | ހޮނިހިރު 12:34
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ ވޯޓަރސް ލިސްޓާމެދު ޝަކުވާ ހުށަހަޅަން މިހާރު ދީފައިވާ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް، ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ޚާއްސަ ކޮމިޓީގެ މެމްބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޕްރައިމަރީ ބޭއްވުމަށް ވަމުންދާ ތައްޔާރީތަކަށް ބަލާއިރު، އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ ވޯޓަރސް ލިސްޓާމެދު ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އާދީއްތަ ދުވަހާ ހަމައަށެވެ.

Advertisement - newsAdvertisement

އެ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލު ނުކުރެއްވޭކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާރޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އެކަމާގުޅިގެން "ރާއްޖެ އެމްވީ"ން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަނަސް ވިދާޅުވީ، އެމްޑީޕީން ހާމަކުރި ވޯޓަރސް ލިސްޓުގައިވާ ގޮތުން 57،714 މީހުންނަށް ވޯޓުލެވޭނެ ކަމަށެވެ. ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހަޅަން ފުުރުސަތު ހުޅުވާލާފައި ވަނީ އާދިއްތަ ދުވަހުގެ 04:00ށް ކަމަށާއި، އެ މުއްދަތަކީ ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި މިހާރު ލިބެމުންދާ ޝަކުވާތަކުގެ ތަފްސީލްތައް ސުންގަޑި ހަަމަވުމުން ހާމަކުރައްވާނެ ކަަމަށާއި، ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަނަސް މިފަދައިން ވިދާޅުވެފައިވާއިރު، ވޯޓަރސް ލިސްޓާމެދު ރައީސް ނަޝީދުގެ ގިނަ ޝަކުވާތައް ހުރިކަން ފާހަގަކޮށްލެވެއެވެ. އެކަންކަން ތަފްސީލްކޮށްދެއްވައި ހަަސަން ލަތީފް ވިދާޅުވީ، ވޯޓަރސް ލިސްޓް ރައީސް ނަޝީދާ ހިއްސާކުރިއިރު އަމަލުކުރީ ކުރިން އަމަލުކުރާ އުސޫލުތަކާ ވަރަށް ބޮޑަށް ތަފާތުކޮށް ކަަމަށެވެ. ވޯޓަރސް ލިސްޓުގައި މެމްބަރުންގެ އައިޑީކާޑު ނަމްބަރު ނެތުމުން ވަރަށް ބޮޑަށް ދަތިވާކަަމަށް ހަސަން ވިދާޅުވިއެވެ. އެ ލިސްޓުގައި އައިޑީކާޑު ނަމްބަރު ނެތީ އިލެކްޝަންސްއިން އެ ލިސްޓު ދިންއިރު އައިޑީކާޑު ނަމްބަރު ނެތުމުންކަމަށް ޕާޓީން ބުނިނަމަވެސް އިލެކްޝަނުން އެކަން ދޮގުކުރާ ކަމަށް ހަސަންލަތީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހަސަން ލަތީފް ވަނީ، އެމްޑީޕީގެ ދަފްތަރުން 39،000 މެމްބަރުން ވަކިކޮށްފައިވާކަމަށާއި، އެ ފަރާތްތަކުގެ ތެރޭގައި ގިނައީ ރައީސް ނަޝީދަށް ކުރިއަށް އޮތް ޕްރައިމަރީގައި ވޯޓުލާން ތިބި ފަރާތްތައް ކަމަށް ވިދާޅުވެފައެވެ. މިހާރު އެމްޑީޕީގައި ތިބި މީހުންގެ ތެރޭގައި ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތްފަހުން އެމްޑީޕީއާ ގުޅުނު މީހުން ގިނަކަަމަށާއި، ޕާޓީގައި ކުރިން ތިބި މީހުން ވަކިކުރީ ގަސްދުގައި ރައީސް ނަޝީދަށް އޮތް ތާއީދު ފަނޑުކޮށްލުމަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ވަކިކުރި މެމްބަރުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ރައީސް ނަޝީދަށް ތާއީދުކުރާ މީހުންކަން، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކުރި ދިރާސާއަކުން ދައްކާކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް