Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ މަގުމަތީގައި ކުނި ގިނަ އަދަދަކަށް ޖަމާވެފައި

މާލޭގެ މަގުމައްޗަށް ކުނި ނުނެރެން ވެމްކޯ އިން އިލްތިމާސްކޮށްފި

31 ޑިސެމްބަރު 2022 | ހޮނިހިރު 06:52

އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޑިސެމްބަރު 2022 | ހޮނިހިރު 06:52
WAMCO

WAMCO

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް ޚިދުމަތް ހޯދަމުންދާ ފަރާތްތަކުން، މާލޭގެ މަގުމައްޗަށް ކުނި ނެރެފައި ނުބެހެއްޓުމަށް އެކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން މިފަދަ އިލްތިމާސް އެއް ކޮށްފައި މި ވަނީ މާލޭގެ ގެތަކުން ނެރެމުންދާ ކުނިތަކުގެ ސަބަބުން މާލެތެރެ ވަރަށް ބޮޑަށް ހަޑިވުމުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ކުނި އުކައިދިނުމަށް ވެމްކޯގެ ޚިދުމަތް ހޯދަމުންދާ އެތައް ބަޔަކު އައީ ގޭގެ ދޮރުމައްޗަށް ކުނި ނެރެމުންނެވެ. އަދި ވެމްކޯއިން އައީ އެކުނި އުކައިދެމުންނެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އާންމު ރައްޔިތުންނާއި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މީގެ އިތުރުން ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. ވެމްކޯ އިން އިތުރަށް ބުނީ މިހާރު ޚިދުމަަތް ހޯދުމަށް ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ވެސް ރަޖިސްޓްރީވުން އެދޭ ކަމަށެވެ.

މާލެތެރެ ހަޑިވުމުގެ މައްސަލަ ބޮޑަށް ފެންމަތިވެފައި ވަނީ މާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކުތައް އަދި މައިޒާންތައް ކުނިކަހައި ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމި ހިސާބުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ މި މަހުގެ 25 އަށެވެ. އެއާއި އެކު ވެމްކޯއިން ވަނީ އެކުންފުނީގައި ރަޖިސްޓްރީ ނުކުރާ ގޭބީސީތަކުން ކުނި ނެގުން ހުއްޓާލާފައެވެ. އެ ހިސާބުން މާލޭގެ މަގުތީގައި ކުނި ގިނަވެ މަގުމަތި ގޮނޑުވާން މެދުވެރިވިއެވެ.

ވެމްކޯ އާއި އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް މާލޭގެ އާންމު ތަންތަން ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މަގުތައް މައްޗަށް ކުނި ގިނަވެ ގިނަވެ ބަޔަކު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއި އެކު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާގެ އިރުޝާދާއި އެކު މާލެ ތެރެ ސާފުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ވެމްކޯ އިން ވަނީ ހުކުރު ދުވަހު ހިންގާފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް