Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީ

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 7 އަހަރުގެ ޖަލު ހުކުމެއް

ކޮރަޕްޝަންގެ އިތުރު ފަސް ދައުވާއެއް ސޫކީގެ މައްޗަށް އުފުލާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2022 | ހޮނިހިރު 06:24
މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީ

މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީ

މިޔަންމާގެ ކުރީގެ ލީޑަރު އަންގްސަން ސޫކީގެ މައްޗަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ.

ކޮރަޕްޝަންގެ ފަސް ދައުވާ ސޫކީގެ މައްޗަށް އުފުލާ ހުކުރު ދުވަހު އަޑުއެހުންތައް ވަނީ އެއްކޮށް ނިންމާލާފައެވެ. ހަތް އަހަރަށް ޖަލަށްލުމަށް ސޫކީގެ މައްޗަށް ހުކުމްކޮށްފައިވާއިރު 26 އަހަރަށް ޖަލަށްލުމަށް މީގެ ކުރިން ވަނީ ހުކުމްކޮށްފައެވެ.

އެއީ ކޮވިޑް-19 ގެ ފިޔަވަޅުތަކާއި ޙިލާފުވެގެންނާއި ޤަވާއިދާ ޙިލާފަށް ރޭޑިއޯ އިކުއިޕްމަންޓްތަކެއް ގެންގުޅުއްވި މައްސަލައާ އިލެކްޝަންގެ އޮފިޝަލުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި މައްސަލަތަކަށެވެ.

ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ސޫކީގެ މައްޗަށް ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެގައުމުގައި ކުރިއަށްދިޔަ އިންތިޚާބު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ، 3 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މި އިންތިޚާބުގައި އޭނާ ތަމްސީލުކުރައްވާ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. މި އިންތިޚާބު އޮޅުވާލާފައިވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭއިރު، 3 އަހަރުގެ ޖަލު ހުކުމުގެ އިތުރުން އެހެން ގައިދީންނެކޭ އެއްފަދައިން ޖަލުގައި މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ.

މީގެ އިތުރުން އެގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާންވަނީ މިއަހަރުގެ ޖޫން މަހު ސޫކީ ޖަލުގައި އެކަހެރިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސޫކީ ވެރިކަމުން ބާލައި ހައްޔަރުކޮށް ބައިންދާފައި އިން ތަނުން މިހާރު އެގައުމުގެ ވެރިރަށުގައި ހުރި ޖަލަކަށް ބަދަލުކޮށް ޖަލުގައި އެކަހެރިކޮށްފައިވާކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސޫކީ ބައިންދާފައި އިންނަނީ ޖަލުގެ ވަކި އިމާރާތެއްގައެވެ. ތަރުޖަމާން ވަނީ ސޫކީ ޖަލަށް ބަދަލުކުރެވިފައި ވަނީ އެގައުމުގެ ގާނޫނާ އެއްގޮތަށް ކަމަށްވެސް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޫކީ ވެރިކަމުން ބޭލުމަށްފަހު މިހާތަނަށް އޭނާއާ ދެކޮޅަށް 20ށް ވުރެ ގިނަ މައްސަލަ ވަނީ ސާބިތުވެފަައެވެ.

ސޫކީގެ މައްޗަށް ސާބިތުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައްވެސް ހިމެނެއެވެ. މިހުރިހާ މައްސަލައަކަށްވެސް ސޫކީ ވަނީ އިންކާރުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު