Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މުއިއްޒު އާ ސިހުރާ އޮތް ގުޅުން

ސަރުކާރުން ބާރު ދީގެން މައްޔިތާގެ އަނގަ ތެރެއަށް ސިހުރު ލާ ވާހަކަ؟

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާ ގުޅޭ ގޮތުން ދެއްކެވި ސިހުރުގެ ވާހަކަތަކަކީ ސީރިއަސް ވާހަކަތަކެކެވެ. ރައްޔިތުންގެ ހިތުގައި އެކަމުގައި އެތައް ސުވާލު ތަކެއް އުފެދޭނެ ވާހަކަ ތަކެކެވެ. ވާހަކަ އަކީ ކިތަންމެ ސީރިއަސް ވާހަކަ އެއް ނަމަވެސް އެވާހަކަ އަޑު އިވުނު އެއްވެސް މުއައްސަސާ އެއް ހުރި ކަމެއް އަދި ފެންނާކަށް ނެތެވެ.

ރާއްޖެ އެމްވީ | 6 ޖުލައި 2024 | ހޮނިހިރު 17:48
ހުސެއިން ވަހީދު ވިދާޅުވެފައިވަނީ އެ މަގާމުގައި މުއިއްޒު ހުންނެވި އިރުވެސް އޭނާ އެތައް އެތައް ވިޔާނުދާ ކަމެއް ކުރެއްވި ކަމަށް

ހުސެއިން ވަހީދު ވިދާޅުވެފައިވަނީ އެ މަގާމުގައި މުއިއްޒު ހުންނެވި އިރުވެސް އޭނާ އެތައް އެތައް ވިޔާނުދާ ކަމެއް ކުރެއްވި ކަމަށް

މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ބޭއްވި "ފްރަންޓް އޮފީސް ޖަލްސާ" ގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ދިވެހި ސަރުކާރުގެ އެންމެ މަތީ ވެރިޔާ އާ ގުޅުވާ ހާމަ ކުރެއްވި ސިހުރުގެ ވާހަކަ ތަކަކީ ސީރިއަސް ވާހަކަ ތަކެކެވެ. މިކަން އޮތް މިންވަރުން ޚުދު ހުސެއިން ވަހީދު ވެސް ވިދާޅުވީ އޭނާ ވެސް ހުންނެވީ ވަރަށް ބިރުން ކަމަށެވެ.

ކުރީގެ ރައީސް ޔާމީން އާއި ޕާޓީގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އަދި އާންމުން ބައިވެރިވި މި ޖަލްސާގައި އޭނާ އެ ވިދާޅުވަނީ، ރާއްޖޭގެ ވެރިކަމުގެ ފަރާތުން ފުޅާ ދާއިރާ އެއްގައި ސިހުރު ހަދާ ވާހަކަ އެވެ. ޚާއްސަ ކޮށް މި ވާހަކަ އޭނާ ދެއްކެވީ، ސިހުރު ހެދުމުގެ ތުހުމަތުގައި ސަރުކާރުގެ މަތީ މަގާމެއްގައި ހުރި މީހަކު ފުލުހުން ބަންދުކޮށްގެން އުޅެމުންދާ ދުވަސް ވަރެއްގައެވެ.

ހުސެއިން ވަހީދު ވިދާޅުވީ، "މުޅި ގައުމަށް ސިހުރު ޖެހިއްޖެ، އަޅުގަނޑު ވަރަށް ބިރު ގެނެފައި މިހުރީ، ވަރަށް ބިރު ގަނެފަ މިހުރީ، ސީރިއަސްލީ ވަރަށް ބިރު ގަނެފަ މިހުރީ،"

ޕީއެންއެފް ގެ ޕޯޑިއަމްގައި ބުރާސްފަތި ދުވަހުގެ ރޭ އެތައް ބައެއްގެ ކުރިމަތީގައި ވަގުތުން ޓީވީ ތަކުން ދައްކަމުން ދިޔަ ޖަލްސާ ގައި ވެރިކަމުގެ ފަރާތުން ހުސެއިން ވަހީދު ސިފަ ކުރެއްވި ގޮތުން ގެންދަނީ "ބޯކޮށް ސިހުރު ހަދަމުން"ނެވެ. މިއީ މި މޭރުމުން ސިހުރު ހަދާ ވާހަކަ އޭނާ ދެއްކެވި ފުރަތަމަ ފަހަރެއްވެސް ނޫނެވެ.

"އަޅުގަނޑު ދެންނެވިން ކުރިންވެސް ޕޯޑިއަމް ގައި ސިހުރު އެބަ ހަދައޭ، ވަރަށް ބޯކޮށް ސިހުރު އެބަހަދައޭ."

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުއިއްޒު އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ މަގާމުގައެވެ. ހުސެއިން ވަހީދު ވިދާޅުވެފައިވަނީ އެ މަގާމުގައި މުއިއްޒު ހުންނެވި އިރުވެސް އޭނާ އެތައް އެތައް ވިޔާނުދާ ކަމެއް ކުރެއްވި ކަން އެތައް ބަޔަކަށް އޭގޭނެ ކަމަށެވެ.

"ހުރިހާ އެންމެންނަށް އެނގުނު ސިޓީ ކައުންސިލް އިރުން ފެށިގެން އެކިއެކި ގޮތްގޮތައް، އެކިއެކި ކަންކަމުގައި ތަފާތު ވިޔާނުދާ ކަންކަމުގައި ހިމެނިފައި ހުރި ބޭފުޅެއް،" ހުސެއިން ވިދާޅުވިއެވެ.

އެ ކަންކަމުގެ ތަފްސީލު ހުސެއިން ވަހީދު އެ ޖަލްސާގައި ނުދެއްވި ނަމަވެސް، އޭނާގެ ވާހަކައިގައި ބަގީޗާ އެއްގެ ވާހަކަ އަކާއި މާލޭގެ ބޭރު މަގުގައި ޖަހާފައި ކަދުރު ރުއްތަކުގެ ވާހަކަ ފާހަގަ ކުރެއްވި އިރު، އެކަންކަމަކީ ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސް ވަރު ވެރިރަށް މާލޭގައި ކޮށްފައިވާ ކަންކަމެވެ.

ހުސެއިން ވަހީދު ވިދާޅުވި ގޮތުން ރަސްރަނި ބަގީޗާގެ ތެރޭގައި ޖަހާފައި ހުރި ކޮންމެ ރުކެއްގައި ވެސް ހުރީ ސިހުރު ހަދާފައެވެ. އަދި މާލޭގެ މަގު ތަކުގައި ޖަހާފައިވާ ކަދުރު ރުކުގައި ވެސް ހުރީ ސިހުރު ހަދާފައެވެ.

"ބަގީޗާގެ ތެރޭގައި ޖަހާފައި ހުރި ކޮންމެ ރުކެއްގައި ސިހުރު، މަގުމަތީގައި ޖަހާފައި ހުރި ކަދުރު ރުއް ތަކުގައި ސިހުރޭ، މިހާރު އަލަށް ފަށާ ކޮންމެ ޕްރޮޖެކްޓެއްގެ އަޑީގައި ސިހުރޭ،" ސިހުރު ހަދާފައިވާ މިންވަރު ހާމަ ކުރައްވަމުން ހުސެއިން ވަހީދު ވިދާޅުވިއެވެ.

ހުސެއިން ވަހީދުގެ ސިހުރުގެ ވާހަކައިން އަދި ވަކިން ބޮޑަށް ކަންބޮޑުވާ އެހެން ކަމެއް ފާހަގަ ވިއެވެ.

އެއީ، ސަރުކާރުން ބާރު ދީގެން މަރުވެގެން ހިނަވާ މީހުންގެ އަނގަޔަށް ސިހުރުލާފައި މައްޔިތާ ވަޅުލާ ވާހައެވެ.

"އަޅުގަނޑު ކައިރީގައި ފިސާރި ތެދެއް މި ބުނީ، މި ސަރުކާރުން ބާރު ދީގެން، މަރުވެފައި އޮންނަ މައްޔިތާ ވެސް ދުލެއް ނުކުރެޔޭ އަނގަޔަށް ސިހުރު ލާފައޭ ވަޅުލަނީ، މީ އަޅުގަނޑު ކައިރީގައި މީހަކު ހަމަ ރަނގަޅަށް ބުނި ވާހަކަ އެއް،" ހުސެއިން ވަހީދު ވިދާޅުވިއެވެ.

އެއާ އެކު ފާހަގަ ކުރެވިގެން ދިޔައީ، ހުސެއިން ވަހީދުގެ އެ ވާހަކަ އަށް ބާރު ލިބޭ ގޮތައް ޖަލްސާގެ އޯޑިއަންސުން މީހަކު ތެދުވެ ހަމަ އެ ވާހަކަ ދެއްކުމެވެ. އޭނާ ވެސް ބުނީ، މައްޔިތާ ހިނެވުމުގެ ކަންކަމުގައި އުޅޭ މީހުން މައްޔިތާގެ އަނގަޔަށް ސިހުރު ހަދާފައި ލާ ކަމަށެވެ. މި ވާހަކަ އޭނާ ގާތުގައި ދެ މީހަކު ދެއްކި ކަމަށް ޖަލްސާގައި އޭނާ ބުންޏެވެ.

"އަޅުގަނޑު ކައިރީގައި ވެސް ދެ މީހަކު ބުނި ހިނަވަން ހުރި އަންހެން މީހާ މައްޔިތާގެ އަނގަ ތެރެއަށް ސިހުރު ހަދާފައި ލީ ވާހަކަ،" ޖަލްސާގެ ބައިވެރިންނަށް އޭނާ ކިޔައިދިނެވެ.

ޒިންމާދާރު މަގާމެއްގައި އެތައް ދުވަހަކު ދައުލަތައް ޚިދުމަތް ކޮށްފައިވާ ފަރާތަކުން، ރައްޔިތުންގެ ކުރިމަތީގައި މިފަދަ ސީރިއަސް ވާހަކަ އެއް ދެއްކުމުން އެއީ ނީވޭ ވާހަކަ އަކަށް ހަދާލައިގެން ތިބޭ ވަރަށް ވުރެ މިއީ ސީރިއަށް ވާހަކައެއް ކަން ޔަގީނެވެ. ޖަލްސާ ގައި ހުސެއިން ވަހީދު ވިދާޅުވި ފަދައިން މީގައި ކޮންމެސް ކަމެއް އެބައުޅެއެވެ. އެކަން ބަލަން އެބަ ޖެހެއެވެ.

އެހެން ނަމަވެސް އެކަން ބަލާނީ ކޮން ފަރާތަކުން ކިހިނެއް ކަމެއް ނޭނގެއެވެ. އެނގޭ އެއްޗަކީ އަދި އެކަމަށް ދައުލަތުގެ އެއްވެސް ފަރާތަކުން ކަމެއް ނުކުރާތާ އެއްވެސް އެއްޗެކޭ ވެސް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ސިހުރުރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު