Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާލެ ސިޓީ ކައުންސިލް

ގަދަ ހަދައިގެން އަތުލި މަސައްކަތް ނުކުރެވުމުގެ ޒިންމާވެސް ނަގަން ޖެހޭނީ އެހެން މީހުން؟

30 ޑިސެމްބަރު 2022 | ހުކުރު 08:57

މާލޭގެ މަގުމަތީގައި ކުނި ގިނަވުމުގެ ޝަކުވާ ވަނީ އިތުރުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 ޑިސެމްބަރު 2022 | ހުކުރު 08:57
މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި

މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި

ހެނދުނު ގެއިން ނުކުތް އިރު މާލޭގެ މަގުތައް އެހެން ދުވަސްތަކުގައި ހެނދުނު މާލޭގެ މަގުތައް އޮންނަ ގޮތާ ވަރަށް ތަފާތެވެ. ކަންމަތީގައި ކުނިފުނިތައް ވަރަށް ގިނައެވެ. މިއީ މީގެ ކުރިން ރޭގަނޑު ވަގުތު ފެނުނު ނަމަވެސް ދުވާލު ވަގުތު ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. މި މަންޒަރުތައް ފެންނަން ފަށާފައިމިވަނީ "ޚަރަދު ކުޑަކުރަން" ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން، އެ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުން އައު ނުކުރަން ނިންމައި އަމިއްލައަށް ކުނި ކެހުމާއި ކުނި ނެގުމުގެ ޒިންމާއާ ހަވާލުވި ފަހުންނެވެ.

ފާއިތުވި ފަސް އަހަރު ދުވަހު ދަންވަރު ވަގުތު ނިކުމެ މުޅި މާލެ އާއި ވިލިމާލެ ކުނި ކަހައި ސާފުކުރުމުގައި ވެމްކޯގެ ހީވާގި މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި ގޭގެއިން ކުނި ނެގުމުގެ ޒިންމާވެސް އެ ކުންފުންޏާ ހަވާލު ކޮށްފައިވާތީ އެ ޒިންމާވެސް އައި އަދާކުރަމުންނެވެ. ގޭބިސީތަކުން ކުނި ނެގުމުގެ ޒިންމާ ވެމްކޯއާ ހަވާލުކޮށްފައިވަނީ އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ ގެތަކުން ކުނި ނަގާ ގޮތަށެވެ. އެއީ އެ ކުންފުންޏަށް ވެސް އާމްދަނީއެއް ލިބޭނީ އެގޮތަށް ކަމަށްވުމުންނެވެ. ނަމަވެސް އަދިވެސް މާލެ ސިޓީގެ ގިނަ ގޭބިސީތަކުން ވެމްކޯގައި ރަޖިސްޓްރީއެއް ނުވެއެވެ. އަދި ރަޖިސްޓްރީވެފައިވާ ގެތަކުން ވެސް ފައިސާ ނުދައްކާ ހުންނަކަން އެ ކުންފުނިން ބާއްވާ އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރެއެވެ.

ކޮވިޑް-19އާއެކު އައި ބަދަލާ ގުޅިގެން މުވައްޒަފުންނާއި އާއްމު ރައްޔިތުންގެ ރައްކާތެރިކަމަށް ވެމްކޯގެ ޚިދުމަތްތަކަށް ވަރަށް ބޮޑު ބަދަލެއް ގެނައެވެ. އެގޮތުން، ބިލްޑިންގުތަކުގެ ތިރިއަށް ވަކި ވަގުތެއްގައި ކުނި ނެރެދިނުމަށް ވެމްކޯއިން އެދުނެއެވެ. އެއީ ވަކިވަކި ގެތަކަށް ގޮސް ކުނި ނެގުމަށްވުރެ އޭރު އެގޮތް ރައްކާތެރިވުމުންނެވެ. މީގެ ނާޖާއިޒު ފައިދާވެސް އެތައް ބަޔަކު ނެގިއެވެ. އެގޮތުން، ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ވެސް ކުނި ނެރެފައި ކަންމަތީގައި ބަހައްޓަނީއެވެ. ނަމަވެސް ވެމްކޯއިން ދިޔައީ އެ ކުނި ވެސް ނަގަމުންނެވެ. އެއީ މާލޭގެ މަގުތައް ކުނިކަހައި ސާފު ކުރުމާއި މަގުމައްޗަށް އެއްކޮށްފައި ހުންނަ ކުނި ނެގުމުގެ ޒިންމާއަކީ މާލެ ސިޓީ ކައުންސިލާއި އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން އަދާ ކުރަން ޖެހޭ ޒިންމާއެއް ކަމަށްވާތީއެވެ.

ވެމްކޯއާއެކު މާލެ ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހަށް ހަމަވެފައިވާއިރު މިހާރު މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާއްމުތަންތަނުގެ ކުނި ކެހުމާއި، ކުނި ނެގުމާއި ކުނި ނައްތާލުމުގެ ޒިންމާ ބަދަލުވެފައިވަނީ ސިޓީ ކައުންސިލަށެވެ. އެއްބަސްވުން އައު ނުކުރުމަށް ނިންމުމުން ވެސް ވެމްކޯއިން ދިޔައީ އެ ނިންމުން ގޯސްކަމަށް ބުނެ އެކި ގޮތްގޮތުން ސިޓީ ކައުންސިލަށް އެކަމުގެ ސަބަބުން ދިމާވާނެ ދަތިތައް ކިޔައިދެމުންނެވެ. އެގޮތުން، ވެމްކޯގައި ހުރި ފަދަ މެޝިނަރީސް އާއި މަސައްކަތްތެރިން މާލެ ސިޓީ ކައުންސިލުގައި ނެތް ކަމަށާއި މުޅި މާލެ އާއި ވިލިމާލެ ކުނި ކަހައި ސާފުކޮށް، ކުނި ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެމްކޯއިން ދިޔައީ ބުނަމުންނެވެ.

ނަމަވެސް ސިޓީ ކައުންސިލުގެ މޭޔަރު، ޑރ. މުޙައްމަދު މުއިއްޒު އެ ހުރިހާ ވާހަކަތަކަށް ދެއްވީ ބީރު ކަންފަތެކެވެ. އެންމެފަހުން ކަންދިމާވެފައި މިވަނީ ވެމްކޯއިން ބުނި ގޮތަށެވެ. ސިޓީ ކައުންސިލަށް މި މަސައްކަތް ވެފައިވަނީ ބޮޑު ބުރައަކަށެވެ. އެއާއެކު ރައްޔިތުންގެ ބަސްތަކުން ސަލާމަތްވާން އަނެއްކާވެސް ބުނަމުންދަނީ ވެމްކޯއިން އެ ކުންފުނީގެ ޒިންމާ އަދާ ނުކުރާ ކަމަށެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެމްކޯއިން ނެރުނު ބަޔާނުގައި ވެސް ވަނީ އެ ކުންފުނިން ދެމުން އައި ޚިދުމަތްތަކުގެ ތެރެއިން އެ އެއްބަސްވުމާ ގުޅިގެން ހުއްޓާލަން ޖެހޭ ޚިދުމަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެެގޮތުން މި ޚިދުމަތްތަކުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކާއި ގޯޅިތަކާއި ޕާކުތަކާއި އަދި މައިޒާންތަކާއި އެ މައިޒާންތަކާ ގުޅިފައިވާ މަގުތަކާއި ގޯތިތައް ހިމެނޭގޮތަށް ކުނިކަހައި ސާފުކޮށް، ކުނި ނަގައި ކުނި އުކާލައި އެ ކުނި ނައްތާލުމުގެ މަސައްކަތާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުނި ނެގުމާއި އަދި ކުނި ނައްތާލުމުގެ މަސައްކަތާއި މާލެއާއި ވިލިމާލޭގެ މަގުތަކާއި ގޯޅިތަކުގެ ކަންމައްޗަށް ގަވާއިދާ ޚިލާފަށް އަޅާ ކުނި ނެގުމާއި އެ ކުނި ނައްތާލުމުގެ މަސައްކަތް ހިމެނެއެވެ. އެހެންކަމުން މި މަސައްކަތްތަކަކީ މިހާރު ސިޓީ ކައުންސިލުގެ ޒިންމާއެކެވެ.

ސިޓީ ކައުންސިލުން ޝަކުވާ ކުރަނީ މަގުމައްޗަށް ނެރެފައި ހުންނަ ކުނި ވެމްކޯއިން ނުނަގާ ކަމުގެ ޝަކުވާއެވެ. ނަމަވެސް ވެމްކޯއިން ވަނީ ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތައް އުވާލުމާއެކު ބިލްޑިންތަކުގެ ތިރިން ކުނި ނުނަގާނެ ކަމަށް ބުނެފައެވެ. އަދި ވަކިވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން ފަށާނެ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެއިރުވެސް ގިނަ ބަޔަކު މަގުމައްޗަށް ކުނި ނެރޭތީ މާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ކުންފުނިން އެ ކުނި ވެސް ނަގަމުން ދިޔައީއެވެ.

ސިޓީ ކައުންސިލުން ކޮންމެ ކަމަކާ ހަވާލުވުމަށް ފަހު ވެސް ދައްކަނީ މިފަދަ ބަހަނާތަކެވެ. ހަވާލުވި މަސައްކަތް ނުކުރެވުމުން އެ މަސައްކަތް ނުކުރެވުމުގެ ޒިންމާ އަޅުވަނީ ސަރުކާރުގެ ނުވަތަ ކޮންމެވެސް އެހެން ބައެއްގެ ބޮލުގައެވެ. މިސާލަކަށް ދަންނަވާނަމަ މިސްކިތްތައް ސާފުނުކުރެވުމުގެ ޒިންމާވެސް އެ ކައުންސިލުން އެޅުވީ ސަރުކާރުގެ ބޮލުގައެވެ.

ދެން ވެސް ސިޓީ ކައުންސިލަށް އޮތް ރަނގަޅު ގޮތަކީ ތިމާމެންގެ އަތުގައި މާލެތެރެ ސާފުކޮށް ކުނި ކަހައި، ކުނި ނެގުމުގެ ފެންވަރު ނެތްކަން ގަބޫލުކޮށް އެކަން ކުރެވޭނެ ބަޔަކާ ހަވާލު ކުރުމެވެ. އެއީ ވެމްކޯއާ ދެމެދު އަލުން އެއްބަސްވުމަކަށް އައުމެވެ. މިދުވަސްވަރަކީ އާންމު ސިއްހަތުގެ ގިނަ މައްސަލަތަކާއި އަރިދަފުސް ރޯގާއާއި އެހެނިހެން ބަލިތައް ފެތުރުން އާންމުވެފައިވާ ދަނޑިވަޅެއްވެސް މެއެވެ. މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ ނަޖިހުގެ މައްސަލައަކީ ވެސް އަދާ ހަމައަށްވެސް ހައްލު ނުވެއޮތް ކަމެކެވެ. ކުޑަ ޕިކަޕު ގަނޑެއްގައި މުޅި މާލެ ތެރޭގައި ކުނީގެ ވަސް ދުއްވަމުން ދުއްވުމަށްވުރެ ވެމްކޯގެ ޒަމާނީ ވެހިކަލްތަކުގައި ކުނި އުފުލުން މާ ބުއްދިވެރިއެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
23 މެއި 2017

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

23 މެއި 2017
ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!
07 މެއި 2017

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!
05 މެއި 2017

އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟

05 މެއި 2017
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
17 އެޕްރީލު 2017

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
26 މާރިޗު 2017

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް