Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަނގުރާ އަތުލައިގަތުން

250 ފުޅި ބަނގުރަލާއި 111 ދަޅު ބިޔަރު އަތުލައިގަނެފި

29 ޑިސެމްބަރު 2022 | ބުރާސްފަތި 08:51

2 ވަނަ އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު 192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު ފެނިފައިވެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޑިސެމްބަރު 2022 | ބުރާސްފަތި 08:51
މާލެއިން އަތުލައިގެން ބަނގުރާ

މާލެއިން އަތުލައިގެން ބަނގުރާ

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން ބުދަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނަކީ މާލޭ ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

Advertisement - newsAdvertisement

ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވެއެވެ. އެ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 52 ފުޅި ފެނިފައިވެއެވެ.

ދެވަނަ އޮޕަރޭޝަނަކީ މާލޭގެ ގެއެއްގައި ބަނގުރާ ގެންގުޅޭކަމަށް ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ބިދޭސީ ފިރިހެނުންނެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންނާ ގުޅުންހުރި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު 192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

އެންޑީއޭގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި 250 މީހުންނަށް ދަނީ ފަރުވާ ދެމުން

08 ސެޕްޓެމްބަރު 2017
އެންޑީއޭގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި 250 މީހުންނަށް ދަނީ ފަރުވާ ދެމުން
19 ޖުލައި 2017

ޤާނޫނު އަސާސީއަށް ބުއްފުޅި ޖައްސާނެ މީހަކު ބޭނުމެއް ނުވޭ: ޝާހިދު

19 ޖުލައި 2017
ޤާނޫނު އަސާސީއަށް ބުއްފުޅި ޖައްސާނެ މީހަކު ބޭނުމެއް ނުވޭ: ޝާހިދު
27 ޖޫން 2017

މާފުށިން ބިއަރު ދަޅުތަކަކާއިއެކު މީހަކު ހައްޔަރުކޮށްފި

27 ޖޫން 2017
މާފުށިން ބިއަރު ދަޅުތަކަކާއިއެކު މީހަކު ހައްޔަރުކޮށްފި
20 ޖޫން 2017

މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

20 ޖޫން 2017
މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
17 ޖޫން 2017

ބަނގުރާ ފުޅި ތަކަކާއެކު ހައްޔަރުކުރި ފިލްމީތަރި މުއާޒް ޖަލަށް ނުގެންގޮސް ގޭބަންދަށް

17 ޖޫން 2017
ބަނގުރާ ފުޅި ތަކަކާއެކު ހައްޔަރުކުރި ފިލްމީތަރި މުއާޒް ޖަލަށް ނުގެންގޮސް ގޭބަންދަށް
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
08 މާރިޗު 2017

ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!

08 މާރިޗު 2017
 ޑައިވިނަށްދިޔަ ޓޫރިސްޓުގެ ޖެކެޓާއި ޑައިވިންގ ފުޅި ފެނިއެއްޖެ، އެކަމަކު އެމީހާ އަދި ނުފެނޭ!
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް