Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ޝާހިދު

ޤާނޫނު އަސާސީއަށް ބުއްފުޅި ޖައްސާނެ މީހަކު ބޭނުމެއް ނުވޭ: ޝާހިދު

ގޮނޑި ގެއްލުނުކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިންވެސް ނިންމާފައި އެބަހުރި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ޖުލައި 2017 | ބުދަ 16:35
އަބްދުﷲ ޝާހިދު: ޤާނޫނު އަސާސީއަކީ އޭގެ ޒާތުގައިވެސް ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށް ވިދާޅުވި

އަބްދުﷲ ޝާހިދު: ޤާނޫނު އަސާސީއަކީ އޭގެ ޒާތުގައިވެސް ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށް ވިދާޅުވި

ޤާނޫނު އަސާސީއަށް އެއްވެސް މީހަކު ބުއްފުޅި ޖައްސަން ނުޖެހޭނެ ކަމަށާއި އެއީ އޭގެ ޒާތުގައިވެސް ސިޔާދަތު ލިބިފައިވާ އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާދިޔަ ކަންކަމަކީ ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަންކަން ކަމަށާއި ކޮންމެ ކަމަކީވެސް ހަނދާން ކުރުމުގެ ވަގުތަކަށް ވާން ޖެހޭނެ ކަމަށެވެ.

އެގޮތުން މިއަދުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނު އަސާސީއަކީ އެއަށް ބޯލަނބަން ޖެހޭ އެއްޗެއް ކަން ހުރިހާ ފަރާތްތަކުންވެސް ހަނދާންކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ހޯދައިދިނުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތައް ހުރަސް އަޅަމުންދާ ކަމަށާއި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީވެސް ރައްޔިތުންގެ ކިބައިން ކަމަށާ، އަދި އެ ބާރުތައް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކައިގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަކީ އީސީއަށް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި އެކަމާއި ސުވާލު އުފެދުމުން ދާން ޖެހޭނީ ސުޕްރީމްކޯޓަށް ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން މީގެ ކުރިންވެސް އެބަހުރި ގޮނޑި ގެއްލުކަމަށް ނިންމާފައި. ބަޔަކު އެކުރަނީ ޤާނޫނީ ކުށެއް. ވަރަށް ބޮޑު ގޯހެއް. މި ދައްކަނީ ސުޕްރީމް ކޯޓުގެ ވާހަކަ" ޝާހިދު ވިދާޅުވިއެވެ.

ހައްގު ބަސް ބުނަން ވަކި ފުރުޞަތެއް، ވަކި ވަގުތެއް ނޯންނާނެ ކަމަށް ވިދާޅުވަމުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތަކީ ބޮޑު ގޯހެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް އެ ހަތަރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށާއި، ގާނޫނު އަސާސީގެ 78 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ ދާއިރާތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވަންޖެހޭ ބައި އިލެކްޝަންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު