Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަލިފާން ރޯވުން

މާފަންނު ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގީ ގޭސްފުޅިއެއްގައި ރޯވުމުގެ ސަބަބުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 20 ޖޫން 2017 | އަންގާރަ 06:36
މާފަންނު ގެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެެރެއިން

މާފަންނު ގެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ތެެރެއިން

މާފަންނު ބޮނޑުބަތް ޕާކު ކުރިމަތީގައި، މުނިޔާމަގުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެގްފެ އިން މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ. ގުލްޒާވާދީ ގޭގައެވެ. އަދި އެ ހާދިސާ ހިގާފައި ވަނީ ގޭސްފުޅިއެއްގައި ރޯވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް ބިދޭސީން އުޅޭ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.

އެގޭގައި ދިރިއުޅޭ ބިދޭސީއަކު ބުނީ އަލިފާން ރޯވާންދިމާވީ، ހެންދުނު 10:30 އެހާކަންހާއިރު، ރޯދަ ވީއްލާ ތަކެތި ތައްޔާރު ކުރުމަށް އެޅުމުގެ ތެރޭގައި ގޭސްފުޅިއެއްގައި ރޯވުމުން ކަމަށެވެ. އޭނާ ބުނީ އެގޭގައި ކައްކާތަން ހުންނަނީ އޭގޭގެ ތަންކޮޅެއް އެތެރޭގައިކަމަށްވާތީ ގޭސްފުޅީގައި އަލިފާން ރޯވުމުން އެ ގޭސްފުޅި މަގުމައްޗަށް ނެރެން އުޅެނިކޮށް ބޭރު ދޮރާހަމައިން ގޭގައި އަލިފާން ރޯވީ ކަމަށެވެ.

އެހެންކަމުން ގޭގައި ތިބި އެންމެންނަށް ގޮވާ އެމީހަކަށް ނިކުމެވުނު ގޮތަކަށް އެގެއިން ނިކުމެފައިވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފިލާ ޖަހާފައިވާ ކުޑަދޮރުތައް ހަލާކުކޮށްލައިގެން ބައެއް މީހުން ގެއިން ބޭރަށް ނިކުމެފައިވާއިރު، މަތީ ބުރީގައި އުޅުނު ބައެއް މީހުން އެގޭގެ ފުރާޅުމަތިން ވެސް މަގުމަށްޗަށް ފުއްމާލާފައި ވެއެެވެ.

ހަނި އަދި ދިގުކޮށް ހުރި އެގޭގެ އެތެރެއަށް ހުރި ބައިގައި ޑެކެއް އަޅައި، އިތުރު ބުރިއަކަށް ނަގާފައިވާއިރު، އެގޭގައި މުޅިން ވެސް އުޅެނީ ބަންގްލަދޭސް ރައްޔިތުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެގޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝް މީހަކު ބުނީ އެގޭގައި 50 ވަރަކަށް މީހުން ދިރިއުޅޭ ކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ ބިދޭސީންގެ އާއިލާ މީހުންނާއި ރައްޓެހިން ވެސް ވަރަށްގިނައިން އަންނަ ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން އާންމު ގޮތެއްގައި އެއަށް ވުރެ ގިނަ މީހުން ވެސް އުޅޭ ކަމަށް އޭނާ ބުންޏެވެ.

މީގެ އިިތުރުން އޭނާ ބުނީ އެގޭގައި ދިރިއުޅެނީ އެކި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުން ކަމަށެވެ.

އެ ބިދޭސީ މިހާ މައުލޫމާތު ދިންގޮތުގައި އެގޭގައި އަލިފާނުގެ މިހާދިސާ ހިނގިއިރު ގާތްގަނޑަކަށް 10 ކޭސް ބިހާއި، 250 ބަސްތާ މުގޫ، 25 ބަސްތާ އަލުވި، 25 ބަސްތާ ފިޔާ، 12 ބަސްތާ ހަނޑޫ، 03 ބަސްތާ ހަކުރު، 10 ބަސްތާ ފުށުގެ އިތުރު ބައެއް އެހެން މުދާ ވެސް އެތަނުގައި ހުންނާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

09 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް

މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް

03 މާރިޗު 2017
މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

03 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު