Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނި މެނޭޖްކުރުން

ކިނބިދޫ، ދަނބިދޫ އަދި މުލަކު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމަށް ހަވާލުކޮށްފި

މި ތިން މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2022 | ބުރާސްފަތި 08:39
ކުނި މެނޭޖްކުރުމަށް އެބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން

ކުނި މެނޭޖްކުރުމަށް އެބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން

ތ. ކިނބިދޫ، ލ. ދަނބިދޫ، މ. މުލައްގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމަށްޓަކައި ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރުއެވެ. ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ޢަލީ ރަމީޒެވެ.

Advertisement - newsAdvertisement

މި ތިން މަޝްރޫއުގެ އަގަކީ ޖުމްލަ 11،569،542.75 (އެގާރަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަހާސް ފައްސަތޭކަ ސާޅީސް ދެރުފިޔާ ހަތްދިހަ ފަސް ލާރި) އެވެ. އެ ގޮތުން މ. މުލަކު ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ, 3،941،545.56 ރުފިޔާ އަދި އަދި ލ. ދަނބިދޫ ގެ މަސައްކަތުގެ އަގަކީ 4،200،495.56 ރުފިޔާއެވެ. އަދި ތ.ކިނބިދޫ ގެ މަސައްކަތުގެ އަގަކީ 3،427،501.26 ރުފިޔާއެވެ. މި ތިން މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް ތެރޭގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވާގޮތުން އެ މަޝްރޫޢު ނިމުމުން، މ. ދިއްގަރު ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

ވުމާއެކު، ތ. ކިނބިދޫ، ލ. ދަނބިދޫ އަދި މ.މުލަކު ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް މި މަޝްރޫޢު ބޮޑު ބާރަކަށް ވެގެންދާނެއިރު، މި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒާއެކު އެރަށުގައި ކުނި އެންދުމާއި، ކުނި މާގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ޤާއިމުވުމުން ސިއްޙަތަށާއި ތިމާވެއްޓަށް ގިނަ ފައިދާތަކެއް ލިބިދިނުމުގެ އިތުރުން އިޤްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާޚާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލްވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެއެވެ.

މި ދެ މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ޒޯން 2، 4 އަދި 5 ގައި ތަންފީޛު ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
30 މެއި 2017

ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ

30 މެއި 2017
ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ
25 މެއި 2017

ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައްވެސް ރައީސް ހަނިކުރައްވައިފި

25 މެއި 2017
ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައްވެސް ރައީސް ހަނިކުރައްވައިފި
07 މެއި 2017

ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކޮށްފައިވޭ: ޓްރާންސްޕޭރެންސީ

07 މެއި 2017
ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކޮށްފައިވޭ: ޓްރާންސްޕޭރެންސީ
13 އެޕްރީލު 2017

އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި

13 އެޕްރީލު 2017
އެމްޑީޕީގެ ޓީމަށް ކިނބިދޫއިން ރަން ރީނދޫ މަރުހަބާއެއް ކިޔައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު