Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދުގެ ކެމްޕެއިން ފެށުން

އިންތިޚާބުގައި ރައީސް ޞާލިހު ވާދަކުރައްވާނަމަ އެމްޑީޕީ އަށް ލިބޭނީ 20 އިންސައްތަ: ނަޝީދު

29 ޑިސެމްބަރު 2022 | ބުރާސްފަތި 03:02

ރައީސް ޞާލިހުގެ ވިސްނުންފުޅަކަށްވީ އެމްޑީޕީގެ 39،000 މެންބަރުން އެމްޑީޕީން ވަކިކޮށް އަނެއް ޕާޓީއަށް އެމްޑީޕީ ހެދުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޑިސެމްބަރު 2022 | ބުރާސްފަތި 03:02
ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމުގައިވާނަމަ އެމްޑީޕީއަށް ލިބޭނީ 20 އިންސައްތަ ވޯޓުކަމަށް އެމަނިކުފާނާ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެށުމަށް ސަލްޓަން ޕާކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ ރައީސް ޞާލިހަށް 20 އިންސައްތަ ލިބިވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ސަބަބުތައް ބަޔާންކުރައްވާފައެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވަން ނިންމެވީ ރައީސް ޞާލިހަށް 20 އިންސައްތަ ވޯޓު ލިބިވަޑައިގެން އެމްޑީޕީއަށް އިންތިޚާބުގެ ދެ ވަނަ ބުރު ގެއްލިދާނެކަމުގެ ބިރުހީފުޅުވާތީކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ރައްޔިތުންގެ ފިކުރެއްކަމަށެވެ. ރައީސް ޞާލިހާއި އެމަނިކުފާނުގެ ޓީމުން ފާއިތުވި 5 އަހަރު މަސައްކަތްކުރައްވަމުން ގެންދެވީ ޕާޓީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުންނާއި ހުދު ރައީސް ނަޝީދު އެއްކައިރިކޮށް ބާކީކުރުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ޞާލިހުގެ ވިސްނުންފުޅަކަށްވީ އެމްޑީޕީގެ ލޯގޯ އާއި ނިޝާނާއި ކުލަ އާއި ޖޯޝް ބޭނުންކުރައްވައިގެން އެމްޑީޕީގެ 39،000 މެންބަރުން އެމްޑީޕީން ވަކިކޮށް އަނެއް ޕާޓީއަށް އެމްޑީޕީ ހެދުމުގެ ނިޔަތުގައިކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުން ދެ ކަމެއް ބަދަލުވެފައިވާކަމަށެވެ. އެއްކަމަކީ ރައީސް އަބްދުﷲ ޔާމީން ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮތުންކަމަށެވެ. 2018 ވަނަ އަހަރުގެ ވިސްނުމަކަށްވީ ކޮންމެ ގޮތަކަށް ހަދައިގެން ވެސް އޭރު އޮތް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުންކަމަށާއި އިއްތިހާދެއް ހެދީ އެސަބަބަށްޓަކައި ކަމަށެވެ.

ނަމަވެސް މިއަދު ޖުމްހޫރީ ޕާޓީ ވެސް، އެމްއާރުއެމް ވެސް އަދާލަތު ޕާޓީ ވެސް އެމްއެންޕީގެ ލީޑަރުންނަށް ވެސް އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށާއި ރައީސް ޞާލިހު އެ ވިދާޅުވާ ކޯލިޝަންގެ ޗޮއިސްއެއް މިފަހަރު ނެތްކަމަށެވެ. އެއިން ކޮންމެ ޕާޓީއަކުން ވެސް ކެންޑިޑޭޓުން ނުކުންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަލަށް ކޮންމެ މީހަކު ނުކުތަސް ވެސް އެމީހަކަށް ލިބެނީ 20 އިންސައްތަ ވޯޓުކަމަށެވެ. ރައީސް ޞާލިހު 2018 ގައި ނުކުންނެވީ ކޯލިޝަނަކުން ކަމަށާއި ނަމަވެސް މިފަހަރު ނުކުންނަވާނީ ގައުމީ އިންތިޚާބަށް އަލަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަސްރަހަށް ދެން އައި އެންމެ ބޮޑު ބަދަލަކީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޔާމީން ނެތުންކަމަށާއި އެހެންކަމުން ޖޭޕީ އާއި އަދާލަތާއި އެމްއާރުއެމްގެ ވެސް އުންމީދު ބޮޑުވާކަމަށެވެ. އަދި ޔާމީނަށް ތާއީދުކުރާ މީހުންގެ ވޯޓެއް ރައީސް ޞާލިހަށް ލިބިވަޑައިނުގަންނަވާނެކަމަށާއި އެމްޑީޕީން ވަކިކުރި 39،000 މެންބަރުންގެ ވޯޓު ވެސް ރައީސް ޞާލިހަށް ލިބިވަޑައިނުގަންނަވާނެކަމަށެވެ.

ނަޝީދު ތަކުރާރުކޮށް ވިދާޅުވީ ރައީސް ޞާލިހު އެމްޑީޕީގެ މެންބަރުންނާ ފެޔަށް ޖެހިވަޑައިގަންނަވާފައިވާކަމަށާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިގަންނަވާފައިވާކަމަށެވެ. އަދި މެނިފެސްޓޯގައިވާ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް "ރިއެކްޓް" ނުކުރެއްވިކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް