Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީގައި ކޮރަޕްޝަނުގެ މައްސަލަތަކެއް

ނުކުރާ އޮޕަރޭޝަންތަކަކަށް 87 މިލިއަން ރިޔާލް ހޯދަން އުޅުނު ދެ ޑޮކްޓަރުން ހައްޔަރުކޮށްފި

28 ޑިސެމްބަރު 2022 | ބުދަ 20:34

މި ދެ މީހުން އޮޕަރޭޝަންތައް ކޮށްފައި ނުވާކަމަށާއި، ހުއްދަ ނެތް ޑޮކްޓަރުންތަކަކަށް ލާރިދީގެން އެމީހުން ލައްވާ އޮޕަރޭޝަންތައް ކުރުވާފައިވާކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 28 ޑިސެމްބަރު 2022 | ބުދަ 20:34
ނަޒާހާ (ސައޫދީ އެންޓި ކޮރަޕްޝަން އޮތޯރިޓީ)

ނަޒާހާ (ސައޫދީ އެންޓި ކޮރަޕްޝަން އޮތޯރިޓީ)

ސައޫދީ އަރަބިއްޔާގައި، އެމީހުން ނުކުރާ އޮޕަރޭޝަންތަކެއް ކުރިކަމަށް ދެއްކުމަށް ފޭކް ލިއުންތަކެއް ހަދައިގެން 87 މިލިއަން ސައޫދީ ރިޔާލް ހޯދަން މަސައްކަތްކުރި ދެ ކޮންސަލްޓެންޓުން އެގައުމުގެ އެންޓި ކޮރަޕްޝަން އޮތޯރިޓީން ހައްޔަރުކޮށްފިއެވެ.

މިދެމީހުން ފޭކް މެޑިކަލް ރިޕޯޓްތަކެއް ހަދައި 18،953 އޮޕަރޭޝަން ކޮށްފައިވާކަމަށް ދައްކަން މަސައްކަތްކޮށްފައި ވާކަމަށް ވެއެވެ. އެގައުމުގެ "ނަޒާހާ" ނުވަތަ އެންޓިކޮރަޕްޝަން އޮތޯރިޓީން ބުނީ މިދެމީހުން އޮޕަރޭޝަންތައް ކޮށްފައި ނުވާކަމަށާއި، ނަމަވެސް ހުއްދަ ނެތް ޑޮކްޓަރުންތަކަކަށް ލާރިދީގެން އެމީހުންލައްވާ އޮޕަރޭޝަންތައް ކުރުވާފައިވާކަމަށެވެ.

ނަޒާހާއިން ވަނީ ކޮރަޕްޝަންގެ އެހެން ބޮޑެތި މައްސަލަތަކެއްގެ ތަފްސީލްވެސް ހާމަކޮށްފައެވެ. މިގޮތުން 17 މައްސަލައެއްގައި ޝާމިލްވާ މީހުން ހައްޔަރުކޮށް، ފިޔަވަޅު އަޅަމުން ދާކަމަށް ނަޒާހާއިން ބުނެފައިވެއެވެ.

މި މައްސަލަތަކަށް ބަލާއިރު މުނިސިޕަލިޓީގެ، ސިޓީ ޕްލޭނިންގ ޑިޕާޓްމަންޓްގައި މަސައްކަތްކުރި މީހަކު ގަވާއިދާ ޚިލާފަށް ލޭންޑް ޔޫސް ޕްލޭންތަކަކަށް ހުއްދަ ދިންކަން ހާމަވެ އޭނާ ހައްޔަރުކޮށްފައިވެއެވެ. އޭނާގެ އެކައުންޓްގައި 81 މިލިއަން ދެލައްކަ ތިރީސް ހަތަރުހާހަށްވުރެ ގިނަ ރިޔާލް ހުރިއިރު، އެފައިސާ ހޯދި ގޮތެއް އޭނާއަށް ބުނެނުދެވުނު ކަމަށް ވެއެވެ.

އެހެން ކޭހެއްގައި، ޕޮލިސް ޑިޕާޓްމަންޓެއްގައި މަސައްކަތްކުރި ލެފްޓިނަންޓް ކާނަލްއަކު ހަތްލައްކަ ފަންސާސްފަސްހާސް ނުވަސަތޭކަ ރިޔާލަށް ޚިޔާނަތްތެރިވެ ހައްޔަރުކޮށްފައި ވެއެވެ.

މުނިސިޕަލިޓީއެއްގެ މުވައްޒަފަކުވެސް އޭނާގެ އަމިއްލަ މަސްލަހަތު އޮންނަ ވިޔަފާރިއަކަށް ދިހަ މިލިއަން ނުވަލައްކަ 44 ހާސް ރިޔާލްގެ އަގުގެ ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވާތީ ހައްޔަރުކޮށްފައިވެއެވެ.

އެހެން ބައެއް ކޭސްތަކަށް ބަލާއިރު، ޑްރައިވިންގ ލައިސަންސް އައުކުރުމަށް ފައިސާ ނަގައި، ސައްހަ ނޫން މެޑިކަލް ސެޓްފިކެޓް ހަދައިދިން މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ. އަދި ބޭރު ގައުމުތަކުގެ 89 މީހުން 1443 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ގަވާއިދާ ޚިލާފަށް އެގައުމަށް އެތެރެވުމަށް އެހީވި ޕޮލިސް ކާނަލްއަކާއި އެއާޕޯޓް މުވައްޒަފެއްގެ އިތުރުން ހޮޓަލެއްގެ މެނޭޖަރަކަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް