Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

އަނެއްކާ ވެސް ރީސް ޖޭމްސް އަށް އަނިޔާވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީން އޭސީ މިލާނާ ދެކޮޅަށް އޮކްޓޫބަރު މަހުގެ ތެރޭގައި ކުޅުނު މެޗުގައި ވެސް ޖޭމްސް އަށް ވަނީ ސީރިއަސް އަނިޔާއެއްވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2022 | ބުރާސްފަތި 02:19
ޗެލްސީން ކުޅުނު މެޗުގައި ޖޭމްސް އަށް އަނިޔާވުމުން ބަދަލުކުރަނީ

ޗެލްސީން ކުޅުނު މެޗުގައި ޖޭމްސް އަށް އަނިޔާވުމުން ބަދަލުކުރަނީ

ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސް އަށް އަނެއްކާ ވެސް އަނިޔާވެއްޖެ އެވެ.

ޖޭމްސް އަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ބްރޭކަށްފަހު ޕްރިމިއާ ލީގުގައި ޗެލްސީން ކުޅުނު މެޗުގަ އެވެ. އެ މެޗުގެ 53 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މިއީ މިއަހަރުގެ ތެރޭގައި ޖޭމްސް އަށް އަނިޔާވި ދެ ވަނަ ފަަހަރެވެ. ވޯލްޑް ކަޕްގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީން އޭސީ މިލާނާ ދެކޮޅަށް އޮކްޓޫބަރު މަހުގެ ތެރޭގައި ކުޅުނު މެޗުގައި ވެސް ޖޭމްސް އަށް ވަނީ ސީރިއަސް އަނިޔާއެއްވެފަ އެވެ. އެ އަނިޔާގެ ސަބަބުން އޭނާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އޭގެ ސަބަބުން ފީފާ ވޯލްޑް ކަޕަށް އިންގްލެންޑުން ނެގި ސްކޮޑުން ވެސް ޖޭމްސް އަށް ޖާގަ ގެއްލުނެވެ. ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗަކީ ޖޭމްސް އަނިޔާ އިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.

ޖޭމްސް އަންނަނީ ޗެލްސީގައި މޮޅަށް ކުޅެމުންނެވެ. އެކަން އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ވެސް ވަނީ ފާހަގަކޮށްފަ އެވެ. ބޯންމައުތު މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޓާ ބުނީ، އަނިޔާގެ މާ ބޮޑު ތަފްސީލެއް ނޭންގޭ ކަމަށެވެ. އޭނާ ބުނީ އެކަމަށް ކޮމެންޓެއް ކުރަން އަދި މާ އަވަސް ކަމަށާއި، ޖޭމްސްގެ ފެންވަރު ފެންނާނެ ކަމަށެވެ. އަދި ޖޭމްސް އަށް އަނެއްކާ ވެސް އަނިޔާވުމަކީ ޗެލްސީ އަށް ލިބޭނެ ގެއްލުމެއް ކަމަށާއި، އަނިޔާވެފައިވާ މިންވަރު މެޑިކަލް ޓީމު މެދުވެރިކޮށް ބަލަމުންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޖޭމްސް އާންމުކުރި ސްޓޭޓްމަންޓެއްގައި ބުނީ، 2022 ވަނަ އަހަރަކީ ވަރަށް އުނދަގޫ އަހަރެއް ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެތައް ބައެއްގެ ފަރާތުން ލިބުނު ސަޕޯޓަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އޭނާ ބުނީ މެންޓާލިޓީ ގޮތުން ވެސް އަސަރުކޮށްފައިވާ ކަމަށާއި، ދިއިރުޅުމުގައި އެކަހަލަ ކަންކަމާ ކުތިމަތިލާން ޖެހޭނެ ކަމަށެވެ. އެގޮތުން އުންމީދު ކުރަނީ މިއަހަރަކީ އެންމެނަށް ވެސް އަމާން ރައްކާތެރި އަހަރަކަށްވުން އެދޭ ކަމަށެވެ. ނިންމާލަމުން ޖޭމްސް ބުނީ ކުރިއަށް އޮތް އަހަރުގައި އެންމެނާ ބައްދަލުވާނެ ކަމަށެވެ.

ޖޭމްސްގެ އަނިޔާ އަށް ފަހު ހެދި ޓެސްޓުތަކަށްފަހު ޗެލްސީން ބުނީ، ޖޭމްސް އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަސް ދުވަސް ނަގާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް

05 މެއި 2017
މެންޗެސްޓާ ޔުނައިޓެޑުން، ގްރީސްމަން އާއި އެކު އެއްބަސްވުމަކަށް
01 މެއި 2017

ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް

01 މެއި 2017
ކުޑަހެންވޭރަށް އަނެއްކާވެސް މޮޅެއް
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
18 އެޕްރީލު 2017

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
13 ފެބުރުއަރީ 2017

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު