Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސަރަހައްދު ސާފުކުރުން

މަގުތައް ކުނިވެގެން ގޮނޑަކަށްވެގެން ގޮސްދާނެތީ ކަންބޮޑުވޭ: އީޕީއޭ

28 ޑިސެމްބަރު 2022 | ބުދަ 02:12

ވެމްކޯއާއި މާލެސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުން އައު ނުކުރަން ކައުންސިލުން ވަނީ ނިންމާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ޑިސެމްބަރު 2022 | ބުދަ 02:12
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް

މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، މާލެ ސިޓީ ކައުންސިލުން އަމިއްލައަށް މާލެ އާއި ވިލިމާލޭގެ އާއްމު ސަރަހައްދުތައް ކުނި ކަހައި، ކުނި ނެގުމުގެ މަސައްކަތް ފަށާފައިވާއިރު މަގުތައް ކުނިވެގެން، ގޮނޑަކަށްވެދާނެތީ ކަންބޮޑުވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވެއްޖެއެވެ.

އިބްރާހިމް ނަޢީމް މިފަދައިން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ކައުންސިލުން ގެނައި ބަދަލާއެކު ކުނި ނެގުމުގެ ކަންކަން ކުރަމުން އަންނަ ގޮތް އީޕީއޭއިން ކުރިން ވެސް ބަލަމުންއައި ގޮތަށް ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އީޕީއޭގެ ޒިންމާއަކީ ގަވާއިދާ ޚިލާފަށް މަގުމައްޗަށް ކުނި އަޅާ ފަރާތްތައް ހޯދުމާއި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި ސަރަހައްދުތައް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަރާތްތަކުން އެ ޒިންމާ އަދާ ކުރާކަން ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން، ސިޓީތަކުގެ މަގުތަކުގައި ކުނިކެހުމާއި އެ ކުނި ނެގުމާއި ނައްތާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިޓީ ކައުންސިލްތަކަށް ކަމަށްވާއިރު އެ ކައުންސިލްތަކުން ބަޔަކާ ހަވާލުކޮށްގެން ކަމުގައި ވީ ނަމަވެސް އެކަން ރަނގަޅަށް ކުރެވޭތޯ ކަށަވަރު ކުރަން ޖެހޭ ކަމަށް ނަޢީމް ވިދާޅުވިއެވެ.

ވެމްކޯއާއި ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުން އައު ނުކުރަން ނިންމުމުން، ވެމްކޯއިން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކުގެ ކުނި ކެހުން ހުއްޓާލަން ނިންމާފައިވާކަން ފާހަގަކުރައްވައި ނަޢީމް ވިދާޅުވީ މިހާރު އެ އެޖެންސީގެ ކަންބޮޑުވުމަކީ މާލޭގެ މަގުތައް ގޮނޑުވެގެންދިއުން ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ދިމާވާނެ ކަމަށާއި މާލެ ސިޓީ ކައުންސިލުން ވެމްކޯއިން އަދާ ކުރި ރޯލު ރަނގަޅަށް އަދާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެމްކޯއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 25 އަށް ހަމަވެފައިވާ ކަމަށާއި ސިޓީ ކައުންސިލުން އެއްބަސްވުން އައު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އަމިއްލައަށްކަން ފާހަގަކޮށް ވެމްކޯއިން ބުނީ އެއާއެކު އެ ކުންފުނިން ފޯރުކޮށްދެމުން އައި ބައެއް ޚިދުމަތްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ހުއްޓާލަން ނިންމި ޚިދުމަތްތަކުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މަގުތަކާއި ގޯޅިތަކާއި ޕާކުތަކާއި އަދި މައިޒާންތަކާއި އެ މައިޒާންތަކާ ގުޅިފައިވާ މަގުތަކާއި ގޯތިތައް ހިމެނޭގޮތަށް ކުނިކަހައި ސާފުކޮށް، ކުނި ނަގައި ކުނި އުކާލައި އެ ކުނި ނައްތާލުމުގެ މަސައްކަތާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުނި ނެގުމާއި އަދި ކުނި ނައްތާލުމުގެ މަސައްކަތާއި މާލެއާއި ވިލިމާލޭގެ މަގުތަކާއި ގޯޅިތަކުގެ ކަންމައްޗަށް ގަވާއިދާ ޚިލާފަށް އަޅާ ކުނި ނެގުމާއި އެ ކުނި ނައްތާލުމުގެ މަސައްކަތް ހިމެނެއެވެ.

ވެމްކޯއިން މާލެއާއި ވިލިމާލޭގައި ދެމުން އައި ގިނަ ޚިދުމަތްތައް ހުއްޓާލަން ނިންމި ނަމަވެސް ގޭބީސީތަކުން އަދިވެސް ކުނި ނަގާނީ އެ ކުންފުނިންނެވެ. ނަމަވެސް އެ ކުންފުނިން މިގޮތަށް ކުނި ނަގާނީ އެ ކުންފުނީގައި ރަޖިސްޓްރީވެގެން ޚިދުމަތް ހޯދާ ތަންތަނުން އެކަންޏެވެ.

މާލެ ސިޓީ ކައުންސިލުން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ނިންމީ އެ އެއްބަސްވުމުގެ ސަބަބުން ކައުންސިލުގެ ޚަރަދު އިތުރުވާނެ ކަމަށާއި ކައުންސިލުން އަމިއްލައަށްކުރާނަމަ ޚަރަދު ދަށްވާނެ ކަމަށް ބުނެއެވެ. އެ ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު މާލެއާއި ވިލިމާލޭގެ މަގުތަކުގައި ކުނި ކެހުމުގައި ވެމްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 ޖުލައި 2017

ކުނޫޒު އޮތީ ހިސޯރުކޮށްފަ، އެއްޗެއް ޕްލާންޓް ކޮށްފާނެތީ ކަންބޮޑުވޭ: ޕާޓީތައް

27 ޖުލައި 2017
ކުނޫޒު އޮތީ ހިސޯރުކޮށްފަ، އެއްޗެއް ޕްލާންޓް ކޮށްފާނެތީ ކަންބޮޑުވޭ: ޕާޓީތައް
21 ޖުލައި 2017

ސުޕްރީމް ކޯޓް ހިމޭނުން އޮންނާތީ ކަންބޮޑުވޭ: ރިޔާޒު

21 ޖުލައި 2017
ސުޕްރީމް ކޯޓް ހިމޭނުން އޮންނާތީ ކަންބޮޑުވޭ: ރިޔާޒު
17 ޖުލައި 2017

ހާމަކުރެއްވި މައުލޫމާތާ ގުޅިގެން އަދީބަށް އަނިޔާއެއް ދީފާނެތީ ކަންބޮޑުވޭ: ރައީސް ނަޝީދު

17 ޖުލައި 2017
ހާމަކުރެއްވި މައުލޫމާތާ ގުޅިގެން އަދީބަށް އަނިޔާއެއް ދީފާނެތީ ކަންބޮޑުވޭ: ރައީސް ނަޝީދު
20 ޖޫން 2017

ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވޭ: މަޚްލޫފް

20 ޖޫން 2017
ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވޭ: މަޚްލޫފް
18 އެޕްރީލު 2017

ރާއްޖެ ޓީވީގެ ވިސާމަށް ކުށް ސާބިތު ނުވުމުން ޕީޖީން އިސްތިއުނާފް ކުރީތީ ކަންބޮޑުވޭ: އެމްޑީޕީ

18 އެޕްރީލު 2017
ރާއްޖެ ޓީވީގެ ވިސާމަށް ކުށް ސާބިތު ނުވުމުން ޕީޖީން އިސްތިއުނާފް ކުރީތީ ކަންބޮޑުވޭ: އެމްޑީޕީ
10 އެޕްރީލު 2017

ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް

10 އެޕްރީލު 2017
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
15 މާރިޗު 2017

ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ

15 މާރިޗު 2017
ސަޢޫދީ ރަސްގެފާނު ވަޑައިގަންނަވާތީ ބައެއް މަގުތައް ބަންދު ކުރަނީ
22 ފެބުރުއަރީ 2017

"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"

22 ފެބުރުއަރީ 2017
"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް