Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިސާމްގެ މައްސަލަ

ރާއްޖެ ޓީވީގެ ވިސާމަށް ކުށް ސާބިތު ނުވުމުން ޕީޖީން އިސްތިއުނާފް ކުރީތީ ކަންބޮޑުވޭ: އެމްޑީޕީ

މުސްތަޤިއްލުކަމާއެކު ޕްރޮސެކިއުޓާ ޖެނެރެލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެ، ސިޔާސީވެފައިވާކަން ހާމަވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 އެޕްރީލު 2017 | އަންގާރަ 14:47
ވިސާމް: މައްސަލަ ސާބިތު ނުވުމުން މިހާރު ވަނީ އިސްތިއުނާފް ކުރަން ނިންމާފައި

ވިސާމް: މައްސަލަ ސާބިތު ނުވުމުން މިހާރު ވަނީ އިސްތިއުނާފް ކުރަން ނިންމާފައި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭޕްރީލް 5 ވަނަ ދުވަހު ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނިކޮށް އެމައްސަލަ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް އިސްތިއުނާފްކޮށްފައި ވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ބުނީ ދިވެހިރާއްޖޭގައި ނޫސްވެރިންނަށާއި މިނިވަން ނޫސްވެރިކަމަށް އެކިގޮތް ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މި ވަގުތުގައި އެއްވެސް އަސާސެއް ނެތި، ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށް ވިސާމްގެ މައްޗަށް ޖިނާޢީ ދައުވާ އުފުލައި އަދި އެ މައްސަލައިގައި ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރުމުން ވެސް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލްގެ ފަރާތުން އިސްތިއުނާފް ކުރުމުން މުސްތަޤިއްލުކަމާ އެކު ޕްރޮސެކިއުޓާ ޖެނެރެލްގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އުޒުރުވެރިވެ، ސިޔާސީވެފައިވާކަން ހާމަވާ ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލްގެ ޤާނޫނީ ޒިންމާތަކުގެ ތެރޭގައި ޤާނޫނުގެ ވެރިކަން ކުރިއަރުވައި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި، ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރުމާއި، ތަފާތު ނުކުރުމާއި، އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި ވެގެންނުވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ ހިނދު، ވިސާމް ފަދަ ކުރި އަރަމުން އަންނަ ހީވާގި ނޫސްވެރިންނަށް ބިރުދައްކައި ޖިނާޢީ ދައުވާ އުފުލުމަކީ ކަނޑައެޅިގެން ޤާނޫނު އަސާސީ އާއި ޕްރޮސެކިއުޓާ ޖެނެރެލްގެ ޤާނޫނުގެ ރޫޙާ ޚިލާފްވުން ކަމަށްވެސް އެމްޑީޕީން ބުނެފައި ވެއެވެ.

އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޢަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ނޫސްވެރިކަން ނެތިކޮށްލުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މިނިވަން މުވައްސަސާތަކުން ހިއްވަރުދީ ރާއްޖެ ޓީވީއަށް ބަރިބަރިއަށް ޖޫރިމަނާކުރަމުން އައުމާއި، ހަމަ އެ ޓީވީ ސްޓޭޝަންގެ އެތައް ނޫސްވެރިންތަކެއްގެ މައްޗަށް ޖިނާޢީ ދައުވާކުރުމުން މިއީ ރޭވިގެން ހިންގޭ ސިޔާސީ މަސައްކަތްތަކެއްކަން ހާމަވާ ކަމަށެވެ. އަދި މިކަންކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަންނޫން ކަމަށާއި ޓީވީ ސްޓޭޝަންތައް ރޯކުރުމާއި، ނޫސްވެރިންނަށް މަރުގެ ޙަމަލާތައް ދިނުމާއި، ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލުން ފަދަ ބޮޑެތި ޖިނާޢީ މައްސަލަތައް އަދިއަދަށްދާންދެންވެސް ބެލިފައިނުވާކަން ފާހަގަކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. މީގެ އިތުރުން ނޫސްވެރިންނަށް ތަކުރާރުކޮށް ޖިނާޢީ ދައުވާކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޑައިރެކްޓާރުގެ އޮފީސް ފަދަ ތަނެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރެލްއަކީ މިނިވަންކަމާއެކު ރައްޔިތުންގެ ލާބައާއި މަންފާއަށް މަސަކްތަކުރުމަށް ޤާނޫނުން މަތިކޮށްފައިވާ ދައުލަތުގެ އެންމެ މުހިއްމު އެއް މުވައްސަސާކަމުގައިވާހިނދު، ޤާނޫނު އަސާސީއާއި ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ ގޮތަށް ޕްރޮސެކިއުޓާ ޖެނެރެލްގެ މަސައްކަތްތައް ބައްޓަންކުރުމަށް އިލްތިމާސްކުރާ ކަމަށާއި ވިސާމްގެ އިސްތިއުނާފް މައްސަލަ އަލުން އަނބުރާ ގެންދިއުމަށް ގޮވާލާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު