Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ސިޔާސީ މަސްރަހު

ކުނޫޒު އޮތީ ހިސޯރުކޮށްފަ، އެއްޗެއް ޕްލާންޓް ކޮށްފާނެތީ ކަންބޮޑުވޭ: ޕާޓީތައް

ކުނޫޒު ހިސޯރުކޮށްފައިވަނީ ކޯޓް އަމުރާ ޚިލާފަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 ޖުލައި 2017 | ބުރާސްފަތި 07:00
ކުނޫޒު ފުލުހުންގެ ބެލުމުގެ ދަށުގައި

ކުނޫޒު ފުލުހުންގެ ބެލުމުގެ ދަށުގައި

ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތީ ހިސޯރުކޮށްފައި ކަމަށާއި، އެއްޗެއް ޕްލާންޓް ކޮށްފާނެތީ ކަންބޮޑުވާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންގާރަ ދުވަހުގެރޭ ކުނޫޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެތަން ބަލާ ފާސްކުރުމަށްފަހު، ފާސްކުރުން ނިމުނު ކަމަށާއި ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމުގެ ލިޔުން ޖުމްހޫރީ ޕާޓީއާ ހަވާލުކުރުމަށްފަހު އަދިވެސް އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށުގައި، ކޯޓު އަމުރާ ޚިލާފަށް ހިސޯރުކޮށްފައިވާތީ އެކަން ޕާޓީތަކުން ކުށްވެރިކުރާ ކަމަށެވެ.

Advertisement - newsAdvertisement

ކުނޫޒް ބަލާފާސްކުރުމަށް ފަހު ޖުމްހޫރީ ޕާޓީއާ އަނބުރާ ހަވާލުކުރި އެވެ.. ނަމަވެސް، އެ އޮފީހުގެ އެއްވެސް މުވައްޒަފަކަށް އަދި ޕާޓީގެ އިސް ފަރާތަކަށްވެސް އެ އިމާރާތަށް ނުވަދެވޭނެ ކަމަށް އަންގައި އޮފީހަށް ވަނުމަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. ފުލުހުން ބުނާ ގޮތުގައި ކުނޫޒް ބެލުމުގެ ދަށުގައި އަދިވެސް އޮތީ ބަލާފާސްކުރުމަށް ނެރުނު ކޯޓް އަމުރުގެ ދަށުންނެވެ.

ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނީ އަންގާރަ ދުވަހުގެރޭ މ. ކުނޫޒް އަނބުރާ ޖުމްހޫރީ ޕާޓީއާ ޙަވާލުކޮށްފައިވީނަމަވެސް، ބާރު ކެނޑިފައިވާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިހާރު އަންނަނީ އެ ޢިމާރާތަށް ވަންނަން މަސައްކަތް ކުރަމުން ކަމަށެވެ. އެހެންނަމަވެސް އެއް އަމުރެއްގެ ދަށުން އެއްފަހަރަށްވުރެ ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނެނަަމަ އެކަން އެ ކޯޓު އަމުރުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމުގައި ޖިނާޢީ އިޖްރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ 'ހ' (9) ގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ޕާޓީތަކުން ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ އޮފީހުގެ މީހުން ވަނަނުދީ ހިފަހައްޓަމުންދަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އެހެންކަމުން ފުލުހުން މިހާރުވަނީ ޖުމްހޫރީ ޕާޓީގެ އޮފީސް ހިސޯރުކޮށްފައި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ފުލުހުން ހިސޯރުކޮށްފައިވާ ކަމަށް ބުނެ ޕާޓީތަކުން ވަނީ މި ވަގުތުގައި އެތަނުގައި އެއްޗެއް ޕްލާންޓްކުރުން ފަދަ ކަންކަން ހިނގާފާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީގެ އޮފީސް ބަލާ ފާސްކުރުމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެެރެލް އަހުމަދު ސަމީރު ހުރަސް އަޅާ ކަމަށް ބުނެ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ އެއްވެސް ހަމައެއް ނެތި، ސިޔާސީ ޕާޓީ ތަކުގެ ވެރިންނަށް ބިރުދެއްކުމަށާއި ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް ހުރަސް އެޅުމަށް ކަމަށެވެ.

ކުނޫޒުގައި މިވަގުތު ހިންގާ ސިޔާސީ ޙަރަކާތްތަކަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ރާއްޖޭ ރައްޔިތުން ތާޢީދާއެކު ހިންގޭ ޙަރަކާތްތަކެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ވަކި ފަރާތެއްގެ މަޞްލަޙަތު ހިމާޔަތް ކުރުމަށް ކުރެވޭ ޣައިރު ޤާނޫނީ ކަންކަމުގައި ފުލުހުންގެ މުއައްސަސާއިން ހިއްސާވާތީ ކަންބޮޑުވާ ކަމަށް ބުނެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިނިވަންކަމާއެކު ޞުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ޙައްޤު ސިޔާސީ ޕާޓީތަކަށް ލިބިދީފައިވާހިނދު، ފުލުހުންގެ މިފަދަ ނޭއްގާނީ ޢަމަލުތަކުން ރައްޔިތުންގެ ހިތްތަކުގައި ފުުލުހުންގެ މުވައްސަސާއާމެދު ނަފްރަތު އުފެދިގެންދާނެއެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

ޤާނޫނުގައިވާ ގޮތުގެ މަތިން ފުލުހުން ޢަމަލުކޮށް ޖުމްހޫރީ ޕާީޓީއާ އެ ޕާޓީގެ އިދާރީ ހިންގުމާއި ސިޔާސީ ޙަރަކާތްތައް ހިންގާ އޮފީސް ޙަވާުލުކުރުމަށް ޕާޓީތަކުން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު