Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީއައިއޭގެ ޚިދުމަތްތައް

ޕީކް ސީޒަނާއި އެކު ވީއައިއޭ އަށް އާ ރެކޯޑެއް

މި މަހުގެ 22 ވަނަ ދުވަހު ރަންވޭގައި ޖުމްލަ 228 މޫވްމެންޓް ރެކޯޑްކުރެވިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޑިސެމްބަރު 2022 | އަންގާރަ 10:16
ޕީކް ސީޒަނާއި އެކު ވީއައިއޭ އަށް އާ ރެކޯޑެއް

ޕީކް ސީޒަނާއި އެކު ވީއައިއޭ އަށް އާ ރެކޯޑެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭ އިން އާ ރެކޯޑެއް ޤާއިމްކޮށްފި ކަމަށް ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވި ފަހުން ޤާއިމްކުރި ރެކޯޑެއް ކަަމަށާއި، މި މަހުގެ 22 ވަނަ ދުވަހު ވީއައިއޭގެ ރަންވޭ މޫވްމެންޓްގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާކަމަށެވެ. އެ ދުވަހު ރަންވޭގައި ޖުމްލަ 228 މޫވްމެންޓް ރެކޯޑްކުރެވިފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އެމްއޭސީއެލް އިން ބުނީ އޭގެތެރޭގައި، 104 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ އުދުހުންތަކުގެ 104 ދަތުރު ހިމެނޭ ކަމަށެވެ. އަދި އެ މުވްމެންޓްތަކުގެ ތެރޭގައި 20 ޖެނެރަލް އޭވިއޭޝަން ހިމެނޭ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަންއަށް އެމްއޭސީއެލް އާއި ކަމާއި ބެެހޭ އެހެނިހެން އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ޕީކް ސީޒަންއާ ދިމާކޮށް އެއާޕޯޓުގައި ގާއިމްކޮށްފައިވާ އިމިގްރޭޝަންގެ ކައުންޓަރުތައް އިތުރުކޮށްފައިވެއެވެ. އަދި ޑިޕާޗަރގައި މީގެ ކުރިން ހުރި 11 ކައުންޓަރުގެ އިތުރުން 7 ކައުންޓަރު އިތުރުކޮށްފައިވެއެވެ. މީގެ އިތުރުން އެރައިވަލްގައި 14 ކައުންޓަރު ހުރި އިރު 12 ކައުންޓަރު އިތުރުކޮށްފައިވެއެވެ. މި ބަދަލުތައް ގެނެސްފައި ވަނީ އެއާޕޯޓާއި އިމިގްރޭޝަނުން ޕީކް ސީޒަންގައި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ ގޮތުންނެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު