Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ގައުމީ މަޖިލީސް ޖަލްސާ

އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާ - "ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ދޫކޮށްވަޑައިގެންނެވީ ހިތްހަމަޖެހިވަޑައިނުގެން"

27 ޑިސެމްބަރު 2022 | އަންގާރަ 09:31

ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކެނޑިޑޭޓުންނަށް ހަމަހަމަ ފުުރުސަތެއް ލިބިގެން ދާނެކަމަށް ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޑިސެމްބަރު 2022 | އަންގާރަ 09:31
އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާ

އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރައްވާ ބޭފުޅުން ހޯމަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ދޫކުރައްވާ ވަޑައިގަތީ ހިތްހަމަޖެހިވަޑައިނުގެން ކަމަށް، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލްގައި ހޯމަ ދުވަހު ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި އޮތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ފަސް މެންބަރުންގެ ކޮމިޓީ ހޮވުމުގެ މަސައްކަތެވެ. ޖަލްސާ ކުރިއަށް ދަނިކޮށް ވަކި ހިސާބަކުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެ ޖަލްސާ ދޫކުރައްވާ ނުކުމެވަޑައިގަންނަވާފައެވެ. "ރާއްޖެ އެމްވީ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވަނީ ކުރިއަަށް އޮތް ޕްރައިމަރީއާމެދު އެމްޑީޕީގެ ލީޑަރޝިޕުން އަމަލުކުރަނީ ރަނގަޅަށް ނޫން ކަމަށާއި ހަމަހަމަކޮށް ކަންކަން ނުކުރާ ކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ޕްރައިމަރީގައި ގައުމީ މަޖިލީހުން ނަގާ ކޮމިޓީގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ދެ ބޭފުޅަކާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ ދެ ބޭފުޅަކު ހިމަނަން ހުށަހެޅުއްވި ކަމަށާއި އެކަން އެގޮތަށް ކުރަން ފުރުސަތު ނުދެއްވިކަމަށެވެ. އެކަމާއި ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ޖަލްސާގައި ތިއްބަވަން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ބޭނުން ނުވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް މިފަދައިން ވިދާޅުވެފައިވާ އިރު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވަނީ ޕްރައިމަރީގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ޗެއަޕަރސަންކަމުގައި ހުންނަވަައިގެން އެމްޑީޕީގެ މުޅި ނިޒާމާ މެދު ސުވާލު އުފެއްދުމަށް ފުރުސަތު ނުދެއްވާނެ ކަަމަށް ވިދާޅުވިއެވެ. ފައްޔާޒް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކެނޑިޑޭޓުންނަށް ހަމަހަމަ ފުުރުސަތެއް ލިބިގެން ދާނެކަމަށް ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ހިންގާ ގަވާއިދުގެ ހަވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލި މި ކޮމިޓީއަށް ހޮވިފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އާއި މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން އާއި އެ ޕާޓީގެ ޤާނޫނީ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ އަފީފް އަދި ކެނދިކުޅުދޫ ދާއިރާގެ ރައީސް މުޙައްމަދު އީމާންއެވެ.

އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް