Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޞަލާޙު

ކްރިސްމަސް ފާހަގަ ކުރުމުން ގިނަ ބައެއްގެ ނުރުހުން ޞަލާޙު އަށް

އެ ފޮޓޯގައި ޞަލާޙުގެ އިތުރުން އޭނާގެ އަންހެންނުންނާއި، ދެ ދަރިން ވެސް ތިބި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޑިސެމްބަރު 2022 | ހޯމަ 06:44
ކްރިސްމަސް ފާހަގަ ކުރުމަށް ޞަލާޙު ހިއްސާކުރި ފޮޓޯ

ކްރިސްމަސް ފާހަގަ ކުރުމަށް ޞަލާޙު ހިއްސާކުރި ފޮޓޯ

ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު އަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެ އެވެ.

ޞަލާޙު އަށް ގިނަ ބަޔަނު ނުރުހުން ފާޅުކުރަމުން އަންނަނީ ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން، ކްރިސްމަސް ގަހަކާއެކު އޭނާ ހިއްސާ ކުރި ފޮޓޯއެއްގެ ސަބަބުންނެވެ. އެ ފޮޓޯގައި ޞަލާޙުގެ އިތުރުން އޭނާގެ އަންހެންނުންނާއި، ދެ ދަރިން ވެސް ތިއްބެވެ. އެ ފޮޓޯ ހިއްސާކުރުމަށްފަހު ޞަލާޙު ވަނީ ކްރިސްމަސްގެ ތަޙުނިޔާ ކިޔައިފަ އެވެ. ޞަލާޙު އަކީ މުސްލިމު ކުޅުންތެރިޔެކެވެ. ފުޓުބޯޅަ އަށް ލޯބި ކުރާ ގިނަ ބައެއްގެ މެދުގައި ޞަލާޙު އަކީ މަޤުބޫލު ކުޅުންތެރިޔެކެވެ. މެޗުތަކުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރުމުގެ ގޮތުން ޞަލާޙު ޝުކުރުގެ ސަޖިދަ ޖަހާތީ، ގިނަ ބަޔަކު އޭނާ އަށް ތައުރީފު ވެސް ކުރެ އެވެ. ނަމަވެސް ކްރިސްމަސްގެ ފާހަގަ ކުރުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޞަލާޙު އަށް ނުރުހުން ފާޅުކޮށްފަ އެވެ.

ކްރިސްމަސް ފާހަގަ ކުރުމަކީ މުސްލުމިނުންނަށް ހުއްދަކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ބުނީ، ޞަލާޙު އެފަދަ ކަމެއްގައި ބައިވެރިވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ބައެއް ފަރާތްތަކުން ބުނީ ލިވަޕޫލަށް ސަޕޯޓުކުރަމުން އަންނަނީ ޞަލާޙުގެ ސަބަބުން ކަމަަށެވެ. ނަމަވެސް ޞަލާޙު ކްރިސްމަސް ފާހަގަ ކުރުމުން މިހާރު އެ ސަޕޯޓު ކުރަން ބޭނުންނުވާ ކަމަށާއި، ޞަލާޙު އަށް ވެސް ސަޕޯޓު ކުރަން ބޭނުންނުވާ ކަމަށެވެ. އެހެން މީހަކު ބުނީ އޭނާ އުފަންވީސުރެ ސަޕޯޓުކުރަމުން އަންނަނީ ލިވަޕޫލަށް ކަމަަށާއި، ނަމަވެސް ޞަލާޙުގެ އަމަލާ ގުޅިގެން މިހާރު ސަޕޯޓު ކުރަން ބޭނުންނުވާ ކަމަށެވެ. އަދި ޞަލާޙުގެ ސަޕޯޓަރެއްގެ ގޮތުގައި ހުންނަން ބޭނުންނުވާ ކަމަށެވެ.

މީގެ އިތުރުން އެހެން މީހަކު ބުނީ މިއަަދާ ހަމައަށް ވެސް ޞަލާޙު ދެކެމުން އައީ ނަމޫނާ މީހެއްގެ ގޮތުގައި ކަމަށެވެ. ޞަލާޙުގެ ސަބަބުން އޭނާ އަށް މީގެ ކުރިން އެތައް އުފަލެއް ލިބުނު ކަމަށާއި، ޞަލާޙު އަކީ ރޯލްމޮޑެލެއް ކަމަށެވެ. ނަމަވެސް މުސްލިމެއްގެ ގޮތުގައި ހުރެ ކްރިސްމަސް ފާހަގަ ކުރުމުން އެކަންކަން މިހާރު ދޫކޮށްލަން ބޭނުންވާ ކަމަށާއި، އެއްވެސް ވަރަކަށް ޞަލާޙު އަށް ސަޕޯޓިކުރަން ބޭނުންނުވާ ކަމަށެވެ. ޞަލާޙުގެ އެ އަމަލުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވި ކަމަށާއި، ސޯޝަލް މީޑިއާ އެކައުންޓުތަކުން ވެސް ޞަލާޙު އަށް ފޮލޯ ކުރުން ހުއްޓާލާާނެ ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ވެސް ޞަލާޙު ވަނީ ކްރިސްމަސް ފާހަގަކޮށްފަ އެވެ. އެ ފަހަރު ވެސް ގިނަ ބަޔަކު ވަނީ ޞަލާޙު އަށް ފާޑުކިޔައިފަ އެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު