Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ލޫކަސް ހެނާންޑޭޒް އަށް އައު އެއްބަސްވުމެއް ހުށަހެޅުމަށް ބަޔާނުން ތައްޔާރުވަނީ

ބަޔާނަށް ބަދަލުވެ، އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޑިސެމްބަރު 2022 | ހޯމަ 06:26
ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ލޫކަސް ހެނާންޑޭޒް

ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ލޫކަސް ހެނާންޑޭޒް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އަށް އައު އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުކަމަށް އެ ކުލަބުން ބުނެފި އެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ސީނިއާ ކެރިއަރު ފެށި ހެނާންޑޭޒް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ބަޔާނަށް ބަދަލުވެ، އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު އެވެ. އޭރު ބަޔާނުން ހެނާންޑޭޒް ހޯދީ އެ ކުލަބުގެ އަދި ޖަރުަމަނު ލީގުގެ ވެސް ރެކޯޑު އަގަކަށެވެ. ބަޔާނަށް ބަދަލުވެ ހެނާންޑޭޒް އެކުލަބުގައި މޮޅު ކުޅުމެއް ދައްކާތީ، ކޯޗު ހޫލިއަން ނާގަލްސްމަން ވެސް ބޭނުންވަނީ ހެނާންޑޭޒް ކުލަބުގައި މަޑު ކުރުމަށެވެ. ހެނާންޑޭޒް ވަނީ ބަޔާނަށް ކުޅެދިން 107 މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.

ހެނާންޑޭޒްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބަޔާންގެ ޑިރެކްޓަރު ބުނީ، ހެނާންޑޭޒްގެ އެޖެންޓާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ރަނގަޅު ކަމަށާއި، ނަތީޖާ ވެސް ރަނގަޅުވާނެ ކަމަށެވެ. އޭނާ ބުނީ ހެނާންޑޭޒްގެ ހުރީ ބަޔާންގެ ސްޓައިލް ކަމަށާއި، އޭނާގެ ކުޅުމުން ވެސް އެކަން ފާހަގަވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ހެނާންޑޭޒްގެ ކުރިމަގު އޮތީ ބަޔާންގައި ކަމަށާއި، އެކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އަދި އަންނަ އަހަރު ހެނާންޑޭޒް އަށް އައު އެއްބަސްވުމެއް ހުށަހެޅުމަށް ބަޔާނުން ތައްޔާރު ކަމަށެވެ.

ހެނާންޑޭޒް އަންނަނީ ފްރާންސް ޤައުމީ ޓީމުގައި ވެސް ކުޅެމުންނެވެ. އޭނާ އަށް ފްރާންސް ޤައުމީ ޓީމު ޖާގަ ލިބުނީ 2018 ވަނަ އަހަރު އެވެ. އުމުރުން 26 އަހަރުގެ ޑިފެންޑަރު ވަނީ ފްރާންސްއާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މިއަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ. ހެނާންޑޭޒް ވަނީ ބަޔާނާއެކު ޖުމުލަ އަށް ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި

08 ޖޫން 2017
ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި
05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު