Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަންޗޭޒްގެ ޓްރާންސްފާ

ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި

ސަންޗޭޒް ހޯދުމަށް ސިޓީންވެސް އަންނަނީ މަސައްކަތްކުރަމުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 8 ޖޫން 2017 | ބުރާސްފަތި 17:19
އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް

އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް

ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް އާސެނަލްއަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް އަށް ބަޔާން މިއުނިކުން ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ކުޅިވަރު ނޫހެއްކަމަށްވާ ކިކާ އިން ބުނީ ސަންޗޭޒް ހޯދުމަށް ބަޔާން އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އޭނާ އަށް ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ބަޔާންގެ ފޯވާޑް ރޮބާޓް ލެވެންޑޯސްކީއަށް ހަފްތާއަކު ލިބޭ އަދަދަށްވުރެ އިތުރު އަދަދެކެވެ. އޭނާ އަށް ހަފްތާއަކު ލިބެނީ 288،000 ޔޫރޯ އެވެ.

ބަޔާންގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ސަންޗޭޒް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީވެސް ހިމެނެ އެވެ.

ސަންޗޭޒް ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ދާދި ފަހުން ބުނީ ސަންޗޭޒް އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އޭނާ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 51 މެޗުގައި އޭނާ ވަނީ 30 ލަނޑު ކާމިޔާބުކޮށްފައެވެ. ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިވީތަނަށް އާސެނަލް އަށް ކުޅުނު 122 މެޗުގައި 59 ލަނޑު ކާމިޔާބުކޮށްފަ އެވެ. ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު ދެ އެފްއޭކަޕްގެ އިތުރުން ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ޗިލީ ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެގައުމުގެ ސީނިއާ ޓީމާއެކު ކޮޕާ އެމެރިކާ ދެފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު