Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު ހިޔާނާތް

އާރަށު ހިޔާނާތް: ޖޫރިމަނާއަކީ މުއްސަނދިންނަށް ޖަލު ޙުކުމުން މިންޖުވެވެން އޮތް މަގަކަށް ވެގެން ނުވާނެ

26 ޑިސެމްބަރު 2022 | ހޯމަ 03:50

ޖޫރިމަނާ ފަދަ އަދަބަަކަށް ބަދަލު ކޮށްދެއްވުމަށްވެސް ވަކީލު އެދިލައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޑިސެމްބަރު 2022 | ހޯމަ 03:50
ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން

ވ އާރަށު ހިޔާނާތުގެ މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން

ޖޫރިމަނާއަކީ މުއްސަނދިންނަށް ޖަލު ޙުކުން ނުވަތަ އެފަދަ އަދަބުތަކުން މިންޖުވުމަށް އޮންނަ މަގަކަށް ވެގެން ނުވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޤާނޫނުލްއުޤޫބާތާ ޙަވާލާދީ ދައުލަތުގެ ވަކީލުން އެހެން ވިދާޅުވީ ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޙުކުމް ކުރުމަށް އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދަބާ ގުޅޭގޮތުން ދިފާއީ ވަކީލު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

އެ އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމީނަށް ދެއްވި ފުރުސަތަށްފަހު މި މައްސަލައިގައި ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލު ވަނީ އަދަބާ ގުޅޭގޮތުން ވާހަަކަ ދައްކަވާފައެވެ.

އެގޮތުން ޔޫސުފް ނައީމަކީ މީގެ ކުރިން އެފަދަ އެއްވެސް މައްސަލައެއްގައި އަދި ޖިނާއީ ކުށެއްގައިވެސް ތުހުމަތެއް ރައްދުވެފައިވާ ފަރާތެއް ނޫންކަން ފާހަގަ ކުރައްވައި އޭނާގެ ވަކީލު ވަނީ، އޭނާގެ އަދަބުގެ ދަރަޖަ ދަށް ކޮށްދިނުމަށް އެދިލައްވާފައެވެ.

ޔޫސުފް ނައީމަކީ 1993 ވަނަ އަހަރުން ފެށިގެން، ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށާއި، އަދި 2004 ވަނަ އަހަރު، މިހާރު އަމަލު މި ކުރާ ޤާނޫނޫ އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ޔޫސުފް ނައީމްގެ ސިއްޙީ ޙާލަތަށް އަލިއަޅުވާލައްވައި އޭނާގެ ވަކީލު ވަނީ ޔޫސުފް ނައީމްގެ ޖަލު އަދަބުގެ އެއް ބައި ގޭބަންދަށް ބަދަލު ކުރައްވައި، މަސްހުނި އަދަބެއް ދެއްވުމަށް އެދިލައްވާފައެވެ.

ގޭބަންދުގެ އިތުރުން، މަސްހުނިކޮށް އަދަބު ކަނޑައަޅުއްވާއިރު، ޖޫރިމަނާ ފަދަ އަދަބަަކަށް ބަދަލު ކޮށްދެއްވުމަށްވެސް ވަކީލު އެދިލައްވާފައިވެއެވެ.  އެގޮތުން އާމްދަނީއަށް އަސަރު ކުރި ނަމަވެސް، ޔޫސުފް ނައީމަކީ އަދަބަކާއި ގުޅިގެން އެ ދޭންޖެހޭ ޖޫރިމަނާއެއް ދެއްކުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމަށް ވަކީލު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޔޫސުފް ނައީމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލެއްވުމުގައިވެސް އުޅުއްވި ފަރާތެއްކަމަށް ދިފާއުން ބުނާއިރު، އެ ތަޖުރިބާގެ އަލީގައި އާންމު ފަރުދަކަށްވުރެ ބޮޑަށް، އެކަހަލަ ކަންކަން ނުކުރުމަށް އޭނާ އިތުރަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

ދައުލަތުން ދެކޭ ގޮތުގައި އެއީ އަދަބު މަތިވެސް ކުރެވިދާނެ ފަދަ ޙާލަތެކެވެ.

ދައުލަތުން ދެކޭ ގޮތުގައި، ޖޫރިމަނާގެ އަދަބަކީ މުއްސަނދިންނަށް ޖޫރިމަނާ ދެއްކުމަށްފަހު އަދަބުން ސަލާމަތްވުމަށް އޮތް މަގަކަށްވެގެން ނުވާނެއެވެ. އެގޮތުން ޤާނޫނުލްއުޤޫބާތުގައި ވެސް އެކަން ބަޔާންކޮށްފައިވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

އަދަބާ ގުޅޭގޮތުން ދެފަރާތުން ދެއްކި ވާހަކަތަކަށް ބައްލަވައި އިސްގާޒީ އަހުމަދު ޝަކީލު ވަނީ އޭނާއަށް ކުރާ ދައުވާގެ އަދަބު ދަށްވާނެ އަދި މަތިވާނެ ޙާލަތެއްވެސް ނެތްކަން ފާހަގަ ކުރައްވައި، މި ކުށް ކޮށްފައިވާ ގޮތާއި، މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކުށަކަށްވާތީ، އޭނާގެ މައްޗަށް 3 އަހަރާއި، 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވަވާފައެވެ.

މި މައްސަލައިގައި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑަރ ކޮށްފައިވާތީ ޔާމީނުގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް