Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޗަރސް ކޮންފަރެންސް

6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ފަށައިފި

24 ޑިސެމްބަރު 2022 | ހޮނިހިރު 06:29

ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ކިޔަވައިދިނުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި އިލްމީ ފަންނީ ބޭފުޅުންނާއި، ރިސަރޗްގެ ދާއިރާގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޑިސެމްބަރު 2022 | ހޮނިހިރު 06:29
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، 6 ވަނަ ޓީޗަރުންގެ ކޮންފަރެންސް ފައްޓަވައިދެއްވަނީ

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، 6 ވަނަ ޓީޗަރުންގެ ކޮންފަރެންސް ފައްޓަވައިދެއްވަނީ

6 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޮންފަރެންސް ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:30ގައެވެ. މިރަސްމިއްޔާތުގެ ޝަރަފުވެެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

Advertisement - newsAdvertisement

ދެއަހަރުން އެއްއަހަރު ބާއްވަން ހަމަޖެހިފައިވާ ޓީޗަރސް ކޮންފަރެންސް މިފަހަރު މިބާއްވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާއަށްފަހު ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން ޓީޗަރސް ކޮންފަރެންސް ބޭއްވީ 2019 ވަނަ އަހަރު އައްޑޫސިޓީގައެވެ. އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ރާއްޖޭން ބޭރުން ބައިވެރިވެވަޑައިގަންނަވާ މަންދޫބުންގެ ތެރޭގައި; މެލޭޝިޔާއާއި އިންޑިޔާއާއި ބަންގްލަދޭޝްއާއި ތުރުކީގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭން ބޭރުން ބައިވެރިވެވަޑައިގަންނަވާ މަންދޫބުންގެ ތެރޭގައި ތައުލީމީ ދާއިރާތަކުގެ ފުންނާބުއުސް ތަޖުރިބާކާރު ބޭބޭފުޅުންވެސް ހިމެނިވަޑައިގަނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްބޭފުޅެއްގެ ގޮތުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ރެކްޓަރ ހިމެނިވަޑައިގަނެއެވެ.

އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސްގައި އާންމުގޮތެއްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ކިޔަވައިދިނުމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި ފަންނީ، އިލްމީ ބޭފުޅުންނާއި، ރިސަރޗް ދާއިރާގެ ބޭފުޅުން ހިމެނެއެވެ. ކޮންމެ 2 އަހަރަކުން އެއްހަރަކު ބާއްވާ މި ކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މި ފެންވަރުގައި ބާއްވާ ހަމައެކަނި ކޮންފަރެންސެވެ. މީގެ ކުރިން 5 ފަހަރު މި ކޮންފަރެންސް ބާއްވާފައިވެއެވެ.

މި ކޮންފަރެންސްގެ ފުރަތަމަ 4 ކޮންފަރެންސް ބޭއްވީ މާލޭގައެވެ. އަދި ފަސްވަނަ ކޮންފަރެންސް ބާއްވާފައިވަނީ އައްޑޫ ސިޓީގައެވެ. މާލެއިން ބޭރުގައި ކޮންފަރެންސް ބޭއްވުމުގެ މަގުސަދަކީ އެ ސަރަހައްދެއްގައި އުޅޭ ޓީޗަރުންނަށް އެކަމުގެ މަންފާއާއި ފައިދާ އެންމެ ފުރިހަމަގޮތުގައި ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

6 ވަނަ ޓީޗަރސް ކޮންފަރެންސް ބާއްވަނީ މިހާރުގެ ތައުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށްއޮތް ތަނުގައި ތައުލީމް ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. 6 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގައި ރާއްޖޭގައި ތިބި ތަޖުރިބާކާރުންނާއި، ބޭރުގެ ތަޖުރިބާކާރުން ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނެއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220ށްވުރެ ގިނަ ޓީޗަރުންނާއި، މަތީ ފަންތީގެ އިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. ރާއްޖޭން ބޭރުން ޓީޗަރުންނާއި އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާއާއި ތުރުކީވިލާތް ހިމެނެއެވެ.

6 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް"ގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ އިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން 4 ވަރކްޝޮޕް ކުރިއަށް ދާނެއެވެ. އަދި ތައުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަންވެސް އޮންނާނެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް