Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ އެކްސިޑެންޓްތައް

އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ

27 ޖޫން 2017 | އަންގާރަ 11:13

މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްތައް ފަށާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ޖޫން 2017 | އަންގާރަ 11:13
 އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް

އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤް

އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފުލުހުންނާ އެއްކޮށް ވަރަށް އަވަހަށް ފަށާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ސޯދިޤް ވިދާޅުވީ އެކްސިޑެންޓްތައް ދިމާވާން މެދުވެރިވާ ސަބަބުތަކަކީ ގިނަ މަގުތައް އަނދިރިވުން ކަމަށާއި ބްރޭކަރުތައް ހުންނަންޖެހޭ މިންގަނޑަށް ނެތުން ކަމަށާއި ސިގްނަލް ބޯޑުތައް މަގުތަކުގައި މަދުވުން ކަމަށެވެ. އަދި އެއްޗެހި ދުއްވާ މީހުން ސްޕީޑަށް ވުރެ ބާރަށް ވެހިކަލްތައް ދުއްވުމަކީ ވެސް ސަބަބެއް ކަމަށް ވިދާޅުވިއެވެ.

މަގުތައް އަނދިރިވާން ދިމާވާ ސަބަބަކީ މަގުތަކުގައި ލައިޓްތައް މަދުވުން ކަމަށާއި ލައިޓްތައް އެނދުމުން، މަދުން އެއްޗެހި ދުއްވާ މަގުތަކުގައި ހުންނަ ލައިޓްތައްހައުސިން މިނިސްޓްރީގެ ފަރާތުން ނަގައި މީހުން ގިނައިން އެއްޗެހި ދުއްވާ މަގުތަކުގައި ލައިޓްތައް ހަރުކުރުން ކަމަށް ސޯދިޤް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ވަނީ ދާދި ފަހުން ލައިސެންސް ނަގާ ފަރާތްތަކަށް ޑްރައިވިންގް ސުކޫލެއް މެދުވެރިކޮށް ލައިސެންސް ނަގަންޖެހޭ ޤަވާއިދެއް ކަނޑައަޅާފައެވެ. ނަމަވެސް ޤަވާއިދު ކަނޑައެޅިއިރު އައްޑޫ ސިޓީގައި ޑްރައިވިންގް ސުކޫލެއް ނެތުމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ ފަރާތުން ވަނީ އާންމުންނަށް އެލް ބޯޑް ޖަހައިގެން ލައިސަންސް ނެގުމުގެ ފުރުސަތު ދީފައެވެ. މިކަމަކީ ވެސް އެކްސިޑެންޓްތައް ހިންގަން މެދުވެރިވާ ސަބަބަބެއް ކަމަށް މޭޔަރ ސޯދިޤް ޤަބޫލުފުޅުކުރައްވައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ބުނީ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްތައް ފަށާނެކަމަށާއި ހިތަދޫގައި ހުރި ފުލުހުންގެ ޗެކްޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަމަށާއި މިއަންނަ ޖުލައި މަހު ޗެކްޕޯސްޓް މަރާމާތުކުރުމުގެ މަސައްކަތް ނިމި ފުލުހުންނާ ޗެކްޕޯސްޓް ހަވާލުކުރެވިގެންދާނެ ކަމަށެވެ.

ފުލުހުންވަނީ ޖޫން މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، މީދޫ އަދި ހުޅުދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގާފައެވެ. އަދި މި އޮޕަރޭޝަނުގެ މައިގަނޑު މަޤްސަދަކީ އައްޑޫގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލައި ފާސްކުރުން ކަމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަންގައި ފުލުހުންވަނީ 315 އުޅަނދު ބަލާ ފާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް