Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނަލް މެސީ

އާޖެންޓީނާގެ ފައިސާގެ ނޫޓުގައި މެސީގެ ފޮޓޯ ޖަހަން ނިންމަނީ

ސެންޓްރަލް ބޭންކުން ބޭނުންވަނީ ޕެސޯގެ 1000 އަދަދުގެ ނޫޓުގައި މެސީގެ ފޮޓޯ ޖެހުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2022 | ބުރާސްފަތި 05:52
ވޯލްޑް ކަޕް ތައްޓާއެކު މެސީ އުފާ ފާޅު ކުރަނީ

ވޯލްޑް ކަޕް ތައްޓާއެކު މެސީ އުފާ ފާޅު ކުރަނީ

އާޖެންޓީނާގެ ފައިސާގެ ނޫޓުގައި އެ ޤައުމުގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ފޮޓޯ ޖެހުމަށް ސެންޓްރަލް ބޭންކުން މަޝްވަރާ ކުރުމަށް ފަށައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އާޖެންޓީނާއާއެކު މެސީ، މިއަހަރުފެ ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމާއެކު ސެންޓްރަލް ބޭންކުން ފާޅު ކުރި ޝައުޤުވެރި ކަމެކެވެ. މިއަހަރުގެ ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާ އިން ކާމިޔާބު ކުރުމުން އެކަމުގެ އުފާ ފާޅު ކުރުމަށް އެ ޤައުމުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ވެސް ބާއްވަމުންނެވެ. 36 އަހަރު ފަހުން ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރުން އެންމެ ޚާއްސަވާ ކުޅުންތެރިޔަކީ ވެސް މެސީ އެވެ.

އާޖެންޓީނާގައި ބޭނުން ކުރަމުން އަންނަ ފައިސާގެ ނަމަކީ ޕެސޯ އެވެ. މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އާޖެންޓީނާގެ ސެންޓްރަލް ބޭންކުން ބޭނުންވަނީ ޕެސޯގެ 1000 އަދަދުގެ ނޫޓުގައި މެސީގެ ފޮޓޯ ޖެހުމަށެވެ. އެ އަދަދަކީ މެސީގެ ޖާޒީ ނަންބަރާ ގުޅުވައިގެން ޖެހުމަށް ބޭނުންވާ އަދަދެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެ ނޫޓުގައި މެސީގެ ފޮޓޯގެ އިތުރުން މުޅި ޓީމުގެ ފޮޓޯ ވެސް ޖެހުމަށް ވަނީ ނިންމާފަ އެވެ.

މީގެ ކުރިން ވެސް އާޖެންޓީނާ އިން ވަނީ އެ ޤައުމުގެ ފުޓުބޯޅަ ޓީމާއި ގުޅުވައިގެން ފައިސާގެ ނޫޓެއް ނެރެފަ އެވެ. އެއީ އަމިއްލަ ޤައުމުގައި 1978 ވަނަ އަހަރު މުބާރާތް ބާއްވައިގެން އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުންނެވެ.

ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން މިއަހަރުގ މުބާރާތުގައި މެސީ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. މުބާރާތުގައި މެސީ ވަނީ ގިނަ ރެކޯޑުތަަކެއް ވެސް ހަދާފަ އެވެ. އެއީ ވޯލްޑް ކަޕް މުބާރާތުގެ މޮޅު ކުޅުންތެރިޔާކަން ދެ މުބާރާތެއްގެ ހޯދި ފުރަތަމަ ކުޅުންތެރިޔާ އާއި، ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އާއި، ވޯލްޑް ކަޕްގެ އެއް މުބާރާތެއްގައި އެންމެ ގިނަ މެޗުގެ މޮޅު ކުޅުންތެރިޔާ ހޯދުމާއި އަދި ވޯލްޑް ކަޕްގެ ހުރިހާ ބުރެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑެވެ.

އާޖެންޓީނާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު