Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މެސީއާއެކު ޕީއެސްޖީ އަށް އަނގަބަހުން އެއްބަސްވުމަކަށް އާދެވިއްޖެ

އެއްބަސްވުން އައު ކުރަނީ ކިހާ މުއްދަތަކަށްކަމެއް އަދި މެސީގެ މުސާރައަށް އަންނާނެ ބަދަލެއް ނިންމާފައެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2022 | ބުރާސްފަތި 01:47
މެސީ

މެސީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު އެ ކުލަބަށް އަނގަ ބަހުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭނާ އެ ކުލަބަށް ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުއެވެ. ޕީއެސްޖީން ބޭނުންވަނީ މެސީ އެ ކުލަބުގައި މަޑުކުރުމަށެވެ. އެހެންކަމުން މިއަހަރުގެ ވޯލްޑް ކަޕް މުބާރާތް ނިމުމާއެކު މެސީއާ އެ މަޝްވަރާތައް ކުރުމަށް ޕީއެސްޖީން އޮތީ ތައްޔާރަށެވެ. މިއަހަރުގެ ވޯލްޑް ކަޕް މެސީ ވަނީ އާޖެންޓީނާއާއެކު އުފުލާލާފައެވެ. އެއާއެކު ޕީއެސްޖީގެ ރައީސް ވަނީ ޤަތަރުގައި ފައިނަލް މެޗަށްފަހު މެސީއާ ބައްދަލު ވެސް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީ އަށް މިހާރު ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން މެސީއާއެކު އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައެވެ. ނަމަވެސް އެއްބަސްވުން އައު ކުރަނީ ކިހާ މުއްދަތަކަށްކަމެއް އަދި މެސީގެ މުސާރައަށް އަންނާނެ ބަދަލެއް ނިންމާފައި ނުވާއިރު، އެ ނިންމުން ނިންމާނީ ވަރަށް އަވަހަށް ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޕީއެސްޖީން މިހާރު އަންނަނީ އެކަމާ ގުޅިގެން ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން މެސީއާއެކު އަނގަ ބަހުން އެއްބަސްވުމަކަށް އައިސްފައިވާއިރު، އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އިން ވެސް މެސީ އަލުން ގެންނަން ބޭނުންވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ. އަދި ބާސެލޯނާ އިން އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ޕީއެސްޖީލިއޮނެލް މެސީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު