Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރަކަށް ވިވެލް ހަމަޖައްސައިފި

ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ރީތި އަދި ކާމިޔާބާ ހަމަ އަށް ވާސިލްވެވޭނެ ޕްރޮޖެކްޓެއް ހިންގަމުން އަންނަނީ ޗެލްސީގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2022 | ބުރާސްފަތި 01:45
ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރު ކަމަށް ހަމަޖެއްސި ވިވެލް

ޗެލްސީގެ ޓެކްނިކަލް ޑިރެކްޓަރު ކަމަށް ހަމަޖެއްސި ވިވެލް

ޗެލްސީގެ އައު ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ކްރިސްޓޮފާ ވިވެލް ހަމަޖައްސައިފިއެވެ.

ވިވެލް އަކީ އެ ޗެލްސީގެ އޯނަރު ޓޮޑް ބޮހްލީ ކުލަބާ ހަވާލުވެ އެ މަގާމަށް ގެންނަން ބޭނުންވި މީހެކެވެ. އެ މަގާމަށް ވިވެލް ހަމަޖެއްސުމާއެކު އޭނާ ބުނީ، ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ރީތި އަދި ކާމިޔާބާ ހަމަ އަށް ވާސިލްވެވޭނެ ޕްރޮޖެކްޓެއް ހިންގަމުން އަންނަނީ ޗެލްސީގައި ކަމަށެވެ. އޭނާ ބުނީ ޗެލްސީ ކަހަލަ ގަދަ ބާރަކާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. ވިވެލް ބުނީ އޭނާއާއެކު ޗެލްސީން ދާން ބޭނުންވާ މިސްރާބަށް ދެވޭނެ ކަމުގެ ޔަޤީންކަން ކުލަބުގެ ވެރިންނާއި، އަދި އެންމެހައި ސަޕޯޓަރުންނަށް ވެސް ދޭން ބޭނުންވާ ކަމަށެވެ.

ޖަރުމަނަށް އުފަން އުމުރުން 35 އަހަރުގެ ވިވެލް ވަނީ މީގެ ކުރިން އާރްބީ ލައިޕްޒިގްގައި މަސައްކަތްކޮށްފައެވެ. އެގޮތުން އެ ޓީމުގެ ހެޑް އޮފް ސްކައުޓިން، ޓެކްނިކަލް ޑިރެކްޓަރު އަދި ސްޕޯޓިން ޑިރެކްޓަރު ކަން ވެސް އޭނާ ވަނީ އަދާކޮށްފައެވެ. ލައިޕްޒިގްގެ ކުރިން ހޮފެންހަމްގައި ވެސް ވިވެލް ވަނީ މަސައްކަތްކޮށްފައެވެ.

ވިވެލް ޓެކްނިކަލް ޑިރެކްޓަރުގެ މާގަމަށް ޗެލްސީން ހަމަޖައްސާފައި ވަނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން އަންނަނީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ޓީމަށް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމުގެ މަޝްވަރާތައް މިހާރު އަންނަނީ ކޯޗު ގްރަހަމް ޕޮޓާއާ ކުރަމުން ކަމަށާއި، ކުޅުންތެރިން ހޯދުމުގައި ޕޮޓާގެ ލަފާ ވަރަށް ބޮޑަށް ހޯދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީކްރިސްޓޮފާ ވިވެލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު