Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ

ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ: ގާޑިއޯލާ

މެސީކޮށްފައިވާ ކަންކަން އެހެން ކުޅުންތެރިޔަކަށް ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 01:44
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ފީފާ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވޭނެ ހާލަތެއް މެދުވެރިވި ނަމަވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ މިއަހަރުގެ ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާ އަދި މެސީ ކާމިޔާބު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ގާޑިއޯލާ ބުނީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ޚިޔާލު ފާޅު ކުރެވޭނެ ކަމަށެވެ. ނަމަވެސް މެސީ އަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމާ މެދު އެއްވެސް މީހަކަށް ސުވާލު ނޫފެއްދޭނެ ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާއެވެ. މީގެ އިތުރުން މެސީކޮށްފައިވާ ކަންކަން އެހެން ކުޅުންތެރިޔަކަށް ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށާއިި، އެކަން ޤަބޫލު ކުރަން ވެސް ދަތި ކަމަށެވެ.

ގާޑިއޯލާ ބުނީ ޕެލޭ އާއި އަލްފްރެޑޯ ޑީ ސްޓެފާނޯ އަދި ޑިއޭގޯ މަރަޑޯނާގެ ކުޅުން ފެނިފައި ތިބި މީހުންގެ ޚިޔާލު ތަފާތު ވާނެ ކަމަށެވެ. ނަމަވެސް އޭގެ އަނެއް ކޮޅަށް ބަލާނަމަ، ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ނުކޮށް ވެސް އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ ސިޓީގެ ކުޅުންތެރިންނާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ވޯލްޑް ކަޕް ނުކުޅެ ތިބި ކުޅުންތެރިންނަށްވުރެ، މުބާރާތް ކުޅުނު ކުޅުންތެރިންގެ ހާލަތު ރަނގަޅުވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އޭނާ ބުނީ ސާޖިއޯ ގޯމެޒް އާއި އާލިން ހާލަންޑް އާއި ރިޔާދް މާރޭޒް، އަދި ކޯލް ޕާލްމާ ފަދަ ކުޅުންތެރިން ތިބީ ކޮންމެ ވެސް ވަރަކަށް ކުޅުމުގެ ފޯމު ގެއްލިފައި ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ކުޅުން ކުޅުންތެރިންނާ އަޅުވާ ބަލާއިރު އެކަން ފާހަގަވެފައިވާ ކަމަށެވެ. އެކަން އެގޮތަށްވީ ސަބަބެއްގެ ގޮތުގައި ގާޑިއޯލާ ބުނީ އެ ކުޅުންތެރިން ކޮންމެ ދުވަހު ކަހަލަ ގޮތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، އަނެއް ބައި ކުޅުންތެރިން ޗުއްޓީގައި ތިބުން ކަމަށެވެ. ގާޑިއޯލާ ބުނީ އަލުން ތައްޔާރުވުމަށް ލިބިފައިވާ ވަގުތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސިޓީގެ މެޗެއް އެންމެ އަވަހަށް އޮންނާނީ ހުކުރު ދުވަހުއެވެ. ކަރަބޯ ކަޕްގައި އެ ޓީމު ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.

ފީފާ ވޯލްޑް ކަޕްއާޖެންޓީނާލިއޮނެލް މެސީޕެޕް ގާޑިއޯލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު