Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ފުޓުބޯޅަ ޓީމު

ސަޕޯޓަރުން ގިނަވެ ބަސް ނުދުއްވިގެން އާޖެންޓީނާ ކުޅުންތެރިން ހެލިކޮޕްޓަރަށް

ކާމިޔާބީ ފާހަގަ ކުރުމަށް ހަތަރު މިލިއަނެއްހާ މީހުން އެ ސަރަހައްދަށް ޖަމާވި ކަމަށް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޑިސެމްބަރު 2022 | ބުރާސްފަތި 01:38
ޕެރޭޑުގައި ބައިވެރިވުމަށް ހަތަރު މިލިއަނެއްހާ މީހުން ވަނީ ޖަމާވެފައި

ޕެރޭޑުގައި ބައިވެރިވުމަށް ހަތަރު މިލިއަނެއްހާ މީހުން ވަނީ ޖަމާވެފައި

ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމުގެ އުފާ ފާޅުކުރުމަށް އާޖެންޓީނާ ކުޅުންތެރިން ކުރިއަށް ގެންދިޔަ ޕެރޭޑުގެ ތެރެއިން ސަޕޯޓަރުން ގިނަވެ، ކުޅުންތެރިން ތިބި ބަސް ނުދެއްވިގެން ހެލިކޮޕްޓަރަށް ބަދަލުވާން ޖެހިއްޖެއެވެ.

މިއަހަރުގެ މުބާރާތް ކާމިޔާބުކުރުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން އެނބުރި ޤައުމަށް އައުމުން ވަނީ ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފައެވެ. އެއަށްފަހު އުފާ ފާޅުކުރުމަށް ވަނީ ބަސް ޕެރޭޑެއް ކުރިއަށް ގެންގޮސްފައެވެ. އެ އުފަލުގައި ބައިވެރިވުމަށް އެތައް ހާސް ސަޕޯޓަރުން ވަނީ އާޖެންޓީނާގެ ވެރި ރަށް ބިއުނޯސް އައިރެސް އަށް ޖަމާވެފައެވެ. ކެޕްޓަން ލިއޮނަލް މެސީ އާއި އެހެން ކުޅުންތެރިން ބަހުގައި ތިބިއިރު، ޖަމާވެފައި ތިބި ސަޕޯޓަރުންގެ އަދަދު ގިނަވުމުގެ ސަބަބުން ޖެހުނީ ހެލިކޮޕްޓަރަށް ބަދަލުވާށެވެ. ބަސް ނުދުއްވިގެން ހެލިކޮޕްޓަރަށް ކުޅުންތެރިން ބަދަލުވީއިރު، އެންމެ ފުރަތަމަ ބަދަލުވީ މެސީއެވެ. އެއަށްފަހު އެހެން ކުޅުންތެރިން ވަނީ ބަދަލުވެފައެވެ.

36 އަހަރަށްފަހު ވޯލްޑް ކަޕް ކާމިޔާބު ކުރެވުމުގެ އުފާ ފާޅުކުރުމަށް އާޖެންޓީނާ އިން އަންނަނީ ގިނަ ކަންކަން ކުރަމުންނެވެ. އެގޮތުން އެ ޤައުމުގެ ސަރުކާރުން ވަނީ އަންގާރަ ދުވަހު ސަރުކާރު ބަންދުކޮށްފައެވެ. ސަބަބަކީ އާޖެންޓީނާގެ ވީހާވެސް ގިނަ ރައްޔިތުންނަށް ކާމިޔާބީގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އާޖެންޓީނާ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހަތަރު މިލިއަނެއްހާ މީހުން އެ ސަރަހައްދަށް ޖަމާވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ބިއުނޯސް އައިރެސްގައި ހުންނަ ތާރީޚީ ބިނާއެއް ކަމަށްވާ އޮބެލިސްކޯއާ ހަމައިން ބަހަށް ވަނީ ދުއްވޭ ގޮތް ނުވެފައެވެ. ކުޅުންތެރިން ހެލިކޮޕްޓަރަށް ބަދަލު ކުރީ އެހާ ހިސާބުންނެވެ.

މިއަހަރުގެ މުބާރާތް އާޖެންޓީނާ އިން ކާމިޔާބުކުރީ ފައިނަލްގައި ޕެނަލްޓީއިން ފްރާންސް ބަލިކޮށްގެންނެވެ.

ފީފާ ވޯލްޑް ކަޕްއާޖެންޓީނާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު