Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެލިފޯނިއާ އަށް އައި ބިންހެލުން

ކެލިފޯނިއާ އަށް އައި ބިންހެލުން: 2 މީހުން މަރުވެ 11ށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ

އެ ބިންހެލުމަކީ 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2022 | ބުދަ 06:45
ކެލިފޯނިއާ އަށް އައި ބިންހެލުން

ކެލިފޯނިއާ އަށް އައި ބިންހެލުން

އެމެރިކާގެ ކެލިފޯނިއާ އަށް ދިމާވި ބިންހެލުމުގެ ހާދިސާގައި ދެ މީހުން މަރުވެ 11 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އަންގާރަ ދުވަހު ކެލިފޯނިއާގެ ޔުރީކާ ސަރަހައްދަށް އެރި އެ ބިންހެލުމަކީ 6.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ ގިއޮލޮޖިކަލް ސަރވޭ ސެންޓަރުން ބުނީ ކެލިފޯނިއާ އަށް އައި ބިންހެލުމާާއި ގުޅިގެން ދެ މީހުން މަރުވެފައިވާކަން ޔަގީންވެފައިވާ ކަަމަށެވެ. އަދި ކެލިފޯނިއާގެ މަގުތަކާއި ގެތަކަށް އެ ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ބިންހެލުމާއި ގުޅިގެން އެ ސަރަހައްދުގެ ގެތަކުން ކަރަންޓު ކަނޑައިގެން ގޮސް އެތައް ހާސް ބަޔަކު ކަރަންޓާއި ނުލާ ގިނަ އިރުތަކެއް ހޭދަކުރަން ޖެހުނެވެ. މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމަށް ކަމާއި ބެހޭ އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

މި ބިންހެލުން އައިސްފައިވަނީ އަންގާރަ ދުވަހު ދަންވަރުގެ ވަގުތެއްގައެވެ. ބިންހެލުމާއި ގުޅިގެން ބެލި ބެލުމުން އިތުރު ކުދި ލޮޅުންތަކެއް އެ ސަރަހައްދަށް އައިސްފައިވާކަން އެނގިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިހާ ބާރުގަދަ ބިންހެލުމެއް އެެމެރިކާގެ މި ސަރަހައްދަށް އައިސްފައި ވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް މިފަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. އެފަހަރުވެސް ބިންހެލުން އައި ސަރަހައްދުގެ ގެތަކާއި މަގުތަކަށް ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެމެރިކާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

ގަވަރުނަރު ނިއުސަމް އިށީނދެގެން އިންނެވި ގޮތުން، މީމްސް ހަދައި ފާޑު ކިޔަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު