Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވޯލްޑްކަޕަށް ފަހު ދޯހާ

ވޯލްޑްކަޕަށް ފަހު ދޯހާއިން އިންތިހާ އަށް ފަޅުކަން

20 ޑިސެމްބަރު 2022 | އަންގާރަ 15:09

މުޅި ތަނަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފު ހިމޭން ކަމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ޑިސެމްބަރު 2022 | އަންގާރަ 15:09
ވޯލްޑްކަޕަށް ފަހު ދޯހާއިން އިންތިހާ އަށް ފަޅުކަން

ވޯލްޑްކަޕަށް ފަހު ދޯހާއިން އިންތިހާ އަށް ފަޅުކަން

ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ފަރަންސޭސިވިލާތް ބަލިކޮށް، އާޖެންޓީނާއިން 3 ވަނަ ފަހަރަށް ވޯލްޑްކަޕް ތަށި އުފުލާލި ފޯރި ގަދަ މެޗަށް ފަހު، ޑިސެމްބަރު 19 ވީ ހޯމަ ދުވަހު، ޤަޠަރުގެ ވެރިރަށް ދޯހާއިން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. އިވެމުން ދިޔައީ ތަފާތު އަޑެކެވެ.

މަހެއްހާ ދުވަހަށް ދެމިގެން ދިޔަ، ބައިނަލްއަޤުވާމީ އެންމެ ވާދަވެރި ފުޓުބޯޅަ މުބާރާތުގެ މެޗުތައް ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ޒިޔާރަތް ކުރި ދޯހާގެ މަގުތައް މިއަދު އޮތީ މުޅިންހެން ފަޅުވެފައެވެ. މުޅި ތަނަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފު ހިމޭން ކަމެކެވެ. ފުޓުބޯޅައިގެ ސަޕޯޓަރުންނާއި ފަތުރުވެރި މެހެމާނުންގެ ހިލަމެއްވެސް ނެތޭ ބުނެވިދާނެއެވެ.

މުބާރާތް ކުޅުނު ހުރިހާ ޓީމެއް ޤަޠަރުން ފުރާފައި ވާއިރު، ސަޕޯޓަރުންވެސް ޤަޠަރު ދޫކޮށް ފުރައިފިއެވެ. ވޯލްޑްކަޕަށް ހާއްސަކޮށްގެން ދޯހާގައި ދެމި ފޮތިގަނޑުތަކާއި، ހަރުކުރި ބިލްބޯޑްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާ އިރު، މުބާރާތަށް ހާއްސަކޮށްގެން ދޯހާގެ އެކި ހިސާބުތަކުގައި ޖެހި ބެރިކޭޑްތައްވެސް މިހާރު ދަނީ ނަގަމުންނެވެ.

ގުނާ ޢަދަދު ނުކުރެވޭ ސޯޝަލް މީޑިއާ ޕޯސްޓްތަކުން ފެނިގެންދިޔަ ބެކްޑްރޮޕް ތަކެއް މިހާރަކު ނެތެވެ. ވޯލްޑްކަޕަށް ހާއްސަކޮށްގެން ހަރުކުރި ހުރިހާ ފަރުމާއެއް ނަގާ، މުޅި ސިޓީ ދޮވެލާފައި އޮތް ފަދައެވެ.

އައްސޭރިފަށުގެ ސަރަޙައްދަށް ބަލާއިރު، މުޅި މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ހައިވަކަރު އޮޑި ފަހަރުތައްވެސް ނަގިލި ނަގާ، ދަތުރަށް ފުރައިފިއެވެ. މަންޒަރުގައި ވަނީ ފަޅުކަމެވެ.

ޓޮމަސް ކެޕާއާއި ޖެސިކާ އިނަމޮރާޓޯއަކީ ވޯލްޑްކަޕްގެ މެޗުތައް ބަލާލުމަށް ދޯހާއަށް ދިޔަ ދެމީހުންނެވެ. ފައިނަލް މެޗަށް ފަހު، ޖެހިގެން އަދި ދުވަހުގެ ފަޅުކަމުގެ އިޙްސާސް އެ 2 މީހުންވެސް ކުރިއެވެ.

ސޫކް ރެސްޓޯރަންޓްގެ ޝިފްޓް ލީޑަރެއްގެ ގޮތުގައި ހުރި އަޙްމަދު ރައްމާލު ބުނި ގޮތުގައި، މުޅި ސިޓީ ހުސްވެގެން ދިޔަ ގޮތުން އޭނާ އަދިވެސް ހުރީ ހައިރާން ކަމެއްގެ ތެރޭގައެވެ.

ކޮންމެ ގޮތަކަށް މިހާރު ކަން އޮތް ކަމުގައި ވީ ނަމަވެސް، ވޯލްޑްކަޕަކީ އެއް ގޮތަށް ވުރެ ގިނަ ގޮތުން، ޤަޠަރަށް އައި ޢީދެއް ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ.

ސޫކް ބާޒާރު ސަރަޙައްދުގައި އަދިވެސް ކޮންމެވެސް ވަރަކަށް ފަތުރުވެރިން އެބަ އުޅެއެވެ. ރެސްޓޯރަންޓްތަކުގައިވެސް ހިސާބަކަށް މީހުން އުޅެއެވެ. ނަމަވެސް، ވޯލްޑްކަޕްގެ މެޗުތަކާއެކު ފެނުނު ވަރާ ގާތްވެސް ނުކުރެއެވެ. ޤަޠަރުގެ ޢުއްމީދަކަށް ވެފައި އޮތީ މި ފަހަރުގެ ވޯލްޑްކަޕާއެކު ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލަކަށް ޤަޠަރުވެގެން ދިއުމެވެ. ނަމަވެސް، އެކަން ޙަޤީޤަތަކަށް ވެދާނެ ކަމާ މެދު، މި މަންޒަރުތަކުން ވަނީ ޒާތަކަށް ސުވާލު އުފައްދާފައެވެ.

ގަތަރުފީފާ ވޯލްޑް ކަޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
01 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ
01 އޮކްޓޯބަރު 2025

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް