Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖިޔާ ގައު އަލުން ބެހެއްޓުން

އާންމުންނަށް ފެންނަގޮތަށް ބަޖިޔާ ގައު އަލުން ބަހައްޓައިފި

ގައު މޮނިއުމަންޓް ޝަރަފްވެރިކޮށްދެއްވީ ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 08:33
މާލޭގެ ވަށައިގެން ޖަހާފައިވާ ގައު މޮނިއުމެންޓް އަލުން އިފްތިތާހުކުރުން

މާލޭގެ ވަށައިގެން ޖަހާފައިވާ ގައު މޮނިއުމެންޓް އަލުން އިފްތިތާހުކުރުން

ޖަޕާނާއި ރާއްޖޭގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ކުރިން ލޮނުޒިޔާރަތްކޮޅުގައި ބަހައްޓާގައި ހުރި ބަޖިޔާ ގައު، އާންމުންނަށް ފެންނަ ގޮތަށް އަލުން ބަހައްޓައިފިއެވެ.

މިކަމަށްޓަކައި އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ގައު މޮނިއުމަންޓް ޝަރަފްވެރިކޮށްދެއްވީ ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭއެވެ. މި ގަލަކީ ޖަޕާނުގެ ސަރުކާރުން މާލެ ވަށައި ލައިދިން ތޮށިގަނޑުގެ ހަނދާނުގައި ރަމްޒެއްގެ ގޮތުގައި ބަހައްޓާފައިވާ ގަލެކެވެ.

Advertisement - newsAdvertisement

މި ގައު ކުރިން ހުރީ ލޮނުޒިޔާރަތްކޮޅުގައި ހުންނަ ޕާކުގެ އިރު ދެކުނު ކަންމަތީގައި ބަހައްޓާފައެވެ. ނަމަވެސް ކުރީ ސަރުކާރުން ބުރިޖު ހަދަން އެ ގައު ނެގުމަށްފަހު ފަހުން އެ ބަހައްޓާފައި ނުވެއެވެ. އެއިރު ހައުސިން މިނިސްޓްރީން ގައު ނެގުމަށްފަހު އެ ގަލަށް ހެދިގޮތެއް ހާމައެއް ނުކުރެއެވެ.

މާލޭ ވަށައި ލާފައިވާ ތޮށްޓަކީ ޖަޕާނު ސަރުކާރުން ހަދާދީފައިވާ ތޮށިގަނޑެކެވެ. މާލޭގެ އެއްގަމު ތޮއްޓަކީ މީގެ 35 ވަރަކަށް އަހަރު ކުރިން މާލެ އަށް ފުލުފުލުގައި އެރި ބޮޑު ރާޅުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ޖަޕާނުގެ ސަރުކާރުގެ އެހީގައި ލާފައިވާ ތޮއްޓެކެވެ.

ގައު ބަހައްޓާ ދެއްވާ ވާހަކަފުޅުއްދައްކަވަމުން ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭ ވިދާޅުވީ މިކަމުން ފެނިގެންދަނީ ރާއްޖޭގެ ސަރުކާރުން ޖަޕާނުގެ އެހީ ބަލައިގަނެފައިވާ މިންވަރު ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ޓަކެއީ ވަނީ 2011 ވަނަ އަހަރު ޖަޕާނަށް އައި ބިންހެލުމުގައި ޖަޕާނު ރައްޔިތުންނަށް ދިވެހިން ދީފައިވާ އެހީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967ވަނަ އަހަރުއެވެ. މިއަހަރު ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ވަނީ ފުރިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީދިވެހިރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު