Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ ގެ ކްލައިމެޓް ސަމިޓު

އދ.ން ބޭއްވި ކްލައިމެޓް ސަމިޓެއްގައި ތާރީޚީ އެއްބަސްވުމަކަށް އާދެވިއްޖެ

"ޔޫއެން ބަޔޯ ޑައިވަރސިޓީ ކޮންފަރެންސް 2022" ގައި 190 ގައުމަކުން ބައިވެރިވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 20 ޑިސެމްބަރު 2022 | އަންގާރަ 02:14
އެންވަޔަރަމަންޓް ކޮންފަރެންސް

އެންވަޔަރަމަންޓް ކޮންފަރެންސް

އދން އިންތިޒާމުކޮށްގެން ކެނެޑާގައި ބޭއްވި ތިމާވެއްޓާއި ބެހޭ ސަމިޓު ބައްދަލުވުމެއްގައި ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތައް އިޔާދަ ކުރުމާބެހޭ ތާރީޚީ އެއްބަސްވުމަކަށް އާދެވިއްޖެއެވެ. ކެނެޑާގެ މޮންޓްރިއޯލްގައި ކުރިޔަށް ދިޔަ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ހަނަފަސް ބިންތަކާއި ކަނޑުތަކުގެ އިތުރުން ވައި ވަރަށް ބޮޑަށް ތަޣައްޔަރުވަމުން ދިއުމާއެކު އިންސާނުންނާއި އެހެނި ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ހުއްޓުވުމާއި ބެހޭގޮތުން އެއްބަސްވުމަކަށް އައުމެވެ.

ޗައިނާ އަދި ކެނެޑާ ގުޅިގެން ބޭއްވި "ޔޫއެން ބަޔޯ ޑައިވަރސިޓީ ކޮންފަރެންސް 2022" ގައި 190 ގައުމަކުން ބައިވެރިވެފައިވާއިރު، ހޯމަ ދުވަހު ފާސްކުރެވުނު އެއްބަސްވުމުގެ ޑްރާފްޓު އެކުލަވާލާފައިވަނީ ޗައިނާއިންނެވެ. އަދި ޗައިނާގެ އިސްނެގުމާއެކު މި ހުރިހާ ގައުމުތަކެއްގެ މެދުގައި އެއްބަސްވުމާބެހޭ ގޮތުން ފާއިތުވި ހަތަރު އަހަރު މަޝްވަރާކުރަމުން އައިސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ހޯމަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ތިރީސް އިންސައްތަ ކަނޑުތަކާއި ބިންތައް އެއީ ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ކަނޑައެޅުމާއި އަދި ކޮންޒަވޭޝަން ނުވަތަ ލިބިފައިވާ ގެއްލުން ފޫބެއްދުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީވުމަށް އަހަރަކު 30 ބިލިއަން ޑޮލަރު އެއްކުރުމަށް އެއްބަސްވެފައިވެއެވެ.

މޮންޓްރިއޯލް އެއްބަސްވުމަށް އެފްރިކާގެ ބައެއް ގައުމުތަކުން ދެކޮޅު ހަދާފައިވެއެވެ. އެގައުމުތަކުން ބުނާ ގޮތުގައި އެހީގެ ފަންޑަށް ފަގީރު ނުވަތަ ތަރައްގީވަމުން އަންނަ ގައުމުތަކުން ވެސް ފައިސާ ދޭން ޖެހޭ ގޮތަށް އެއްބަސްވުމުގެ އިބާރާތް އޮތުމަށް އެއްބަހެއް ނުވެވޭނެއެވެ. ނަމަވެސް ބައްދަލުވުމުގެ ޗެއާ ކަމަށްވާ ޗައިނާގެ މަންދޫބު ވަނީ ހުށަހެޅުން ފާސްވީ ކަމަށް ވިދާޅުވެ މުގުރުން ޖައްސަވާ ބައްދަލުވުން އެހާހަމައިން ނިންމަވާލައްވާފައެވެ.

ދުނިޔެ

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު