Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑުއްވަރީ ހަރުކަށި ފިކުރު

މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ: ހެކިބަސް ނެގުން ކުރިއަށް

19 ޑިސެމްބަރު 2022 | ހޯމަ 10:50

ޝިބުނީ އަކީ ކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރާ މީހެއްކަން ބަޔާންކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޑިސެމްބަރު 2022 | ހޯމަ 10:50
ރ. މަޑުއްވަރިން ހައްޔަރުކޮށް، ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ކުރިއަށް ގެންގޮސްފައި

ރ. މަޑުއްވަރިން ހައްޔަރުކޮށް، ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ ކުރިއަށް ގެންގޮސްފައި

ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރި ކަމަށް ބުނެ ރ. މަޑުއްވަރީން ހައްޔަރުކޮށް، ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހުގެ މި އަޑުއެހުމަކީ މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކަކާއި ގުޅޭ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، މި މައްސަލައިގައި ދައުވާލިބޭ އިބްރާހިމް ޝިބުނީގެ ބައިގައި ޝަރީއަތް ފެށިފައިނުވާތީ ފުރަތަމަ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ކުރާ ދައުވާއާއި ގުޅިގެން އިފްތިތާޙީ ބަޔާން އިއްވާފައެވެ.

އޭނާގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުުރުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަނީ 2019 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން އައިސިސްއާ ގުޅިގެން ޖިހާދު ކުރަން ތާއީދުކޮށް، އަދި ފަތުރުވެރިން މެރުމާއި، އޭނާ ހަރުކަށި ވާހަކަތައް ފަތުރާފައިވާކަމަށް ބުނެއެވެ. އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއްވެސް ހުށަހަޅާފައެވެ.

އިބްރާހިމް ޝިބުނީގެ ފަރާތުން ބުނާ ގޮތުގައި އޭނާ އެއްވެސް ތަނެއްގައި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކޮށް ވާހަކައެއް ދައްކާފައެއް ނުވާނެއެވެ. އޭނާގެ ފަރާތުންވެސް ވަނީ ޝަފަހީ ހެކިން ހުށަހަޅާފައެވެ.

ދެފަރާތުން އިފްތިތާހީ ބަޔާން ހުށަހެޅުމާއި ގުޅިގެން ދެން ވަނީ ހެކިބަސް ނެގުން ކުރިއަށް ގެންދަވާފައެވެ. މި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ރ މަޑުއްވަރީ ޙަސަން ރާޒީ އަދި ނ މަނަދޫ ގަހާ އިބްރާހިމް ޝިބުނީއަށް ކުރާ ދައުވާތަކާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކެވެ.  

އެމީހުންނަށް ކުރާ ދައުވާތަކާއި ގުޅިގެން ފުރަތަަމަ ހާޒިރުކުރީ ދިވެހި ފުލުުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާ ފަރާތެކެވެ. އޭނާ ވަނީ މި މައްސަަލައާ ގުޅޭ 2 ރިޕޯޓެއް ތައްޔާރު ކުރައްވާފައެވެ.

ހެކިވެރިޔާ ވިދާޅުވާ ގޮތުގައި އެއް ރިޕޯޓަކީ މި މައްސަލައިގެ ވިކްޓިމްއާ ގުޅޭ ރިޕޯޓެކެވެ. ރިޕޯޓު ތައްޔާރު ކޮށްފައިވަނީ ވިކްޓިމްއާ ފޯނުން ގުޅައިގެން ކަމަށާއި، ރިޕޯޓު ތައްޔާރު ކުރުމަށް ވިކްޓިމްއާ ވާހަކަ ދެކެވިފައިވަނީ އެންމެ ދުވަހަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީއަތުން ސިއްރުކޮށްފައިވާ އެ ރިޕޯޓުގައި އިބްރާހިމް ޝިބުނީއާ ގުޅޭ ގިނަ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޝިބުނީ ސީރިއާއަށް ހަނގުރާމައަށް ގޮސްދާނެ ކަމުގެ ބިރު ވިކްޓިމްއަށް އޮތްކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ޝިބުނީ އަކީ ކުދިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރާ މީހެއްކަންވެސް ވަނީ ބަޔާންކޮށްފައެވެ.

ދެވަނަ ރިޕޯޓަކީ ހަސަން ރާޒީއަށް ކުރާ ދައުވާ ސާބިތު ކުރުމަށް ހުށައަޅާފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓު ތައްޔާރު ކުރުމަށް ވިކްޓިމްއާ ދިމާވެ، އަދި ފޯނުންވެސް ވާހަކަ ދެކެވިފައިވާނެކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ވިކްޓިމްއާ ދެކެވުނު ވާހަކައަށް ބަލައި އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހަސަން ރާޒީއަކީ ކޯޓުގައި ކައިވެނި ކުރުމަކީ ކުރަން ޖެހޭ ކަމެއްކަމަށް ޤަބޫލު ކުރާ މީހެއް ނޫނެވެ. އަދި އޭނާ ޤަބޫލު ކުރަނީ ކައިވެނި ކޮށްދޭން ޖެހޭނީ އެމީހުން ޤަބޫލުކުރާ ވަކި މީހެއް ލައްވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، އެ ރިޕޯޓުތަކުގައި ސޮއިކޮށްފައިނުވާތީ ޝަރީއަތުން ވަނީ ސޮއިކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ހެކިވެރިޔާ ވިދާޅުވީ، އާންމުކޮށް ސޮއި ކުރާ ކަމަށާއި، މި ރިޕޯޓުތަކުގައި ސޮއި ނުކުރެވި އޮތީ ކަމަށެވެ.

ދެން ހާޒިރު ކޮށްފައިވަނީ ދައުވާލިބޭ އާދަމް ސުހައިލްއާއި ޙަސަން ރާޒީއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކެކެވެ. އޭނާ މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްގައި ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް މަސައްކަތުގައެވެ.

އޭނާ ހާޒިރުކުރީ މި މައްސަލައާ ގުޅިގެން ތައްޔާރު ކޮށްފައިވާ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓާއި ގުޅިގެންނެވެ.

މި އެންމެންނަކީ ވެސް 2020 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން މަޑުއްވަރީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންނެވެ. އެ މީހުންގެ ތެރެއިން 5 މީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާތައް އުފުލާފައެވެ. 

ރ. މަޑުއްވަރި

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2025

ރ އަތޮޅު ގެ "އުފުލަންދޫ" އަކީ މަޑުއްވަރީ ގެ ބައެއް ކަމަށާއި، "ތާވަތާ" އަކީ މީދޫ ގެ ބައެއް ކަމުގައި ކަނޑައަޅައިފި

18 ފެބުރުއަރީ 2025
ރ އަތޮޅު ގެ "އުފުލަންދޫ" އަކީ މަޑުއްވަރީ ގެ ބައެއް ކަމަށާއި، "ތާވަތާ" އަކީ މީދޫ ގެ ބައެއް ކަމުގައި ކަނޑައަޅައިފި
17 ސެޕްޓެމްބަރު 2023

މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ: ސިއްރު 2 ހެކިވެރިއެއްގެ ހެކިބަސް ނަގައިފި

17 ސެޕްޓެމްބަރު 2023
މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ: ސިއްރު 2 ހެކިވެރިއެއްގެ ހެކިބަސް ނަގައިފި
15 ސެޕްޓެމްބަރު 2023

7 މަސް ފަހުން މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި

15 ސެޕްޓެމްބަރު 2023
7 މަސް ފަހުން މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
25 މެއި 2023

ގެއަކަށް ވަދެ ބިރުދައްކައި، ހަމަލާދީ މާރާމާރީ ހިންގި ސަމީންގެ ބަންދުގެ މުއްދަތު ޖަހައިފި

25 މެއި 2023
ގެއަކަށް ވަދެ ބިރުދައްކައި، ހަމަލާދީ މާރާމާރީ ހިންގި ސަމީންގެ ބަންދުގެ މުއްދަތު ޖަހައިފި
09 މެއި 2022

ގްރޫޕް ބީގެ ތިން ޓީމްގެ ޕޮއިންޓް އެއްވަރު، ސެމީއަށް ދިޔައީ ފައިދާ ގޯލުން

09 މެއި 2022
ގްރޫޕް ބީގެ ތިން ޓީމްގެ ޕޮއިންޓް އެއްވަރު، ސެމީއަށް ދިޔައީ ފައިދާ ގޯލުން
08 މެއި 2022

ގްރޫޕް އޭގެ ސެމީގެ ޖާގަތައް ޔަޤީންވެއްޖެ

08 މެއި 2022
ގްރޫޕް އޭގެ ސެމީގެ ޖާގަތައް ޔަޤީންވެއްޖެ
05 މެއި 2022

ސްޕާޓަންސް ދެވަނަ މެޗުންވެސް މޮޅު

05 މެއި 2022
ސްޕާޓަންސް ދެވަނަ މެޗުންވެސް މޮޅު
04 މެއި 2022

ސްޕާޓަންސްއާއި އެފްސީ ވަން ރައުންޑް ފެށުން ރަނގަޅު

04 މެއި 2022
ސްޕާޓަންސްއާއި އެފްސީ ވަން ރައުންޑް ފެށުން ރަނގަޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް