ކ. މާލެ
|
8 މެއި 2022 | އާދީއްތަ 14:38
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ މެޗެއްގެ ތެރެއިން
ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ މެޗެއްގެ ތެރެއިން
ބުލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާ
ގްރޫޕް އޭގެ ސެމީގެ ޖާގަތައް ޔަޤީންވެއްޖެ
 
ގްރޫޕް ބީގެ ސެމީގެ ޖާގަތައް ޔަޤީންވާނީ ފަހު މެޗުތަކަށްފަހު

ރ.މަޑުއްވަރީގައި ކުރިއަށްދާ ބްލޫޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާގެ ގްރޫޕް އޭގެ ސެމީފައިނަލްގެ ޖާގަތައް ޔަޤީންވެއްޖެއެެވެ.

ގްރޫޕް އޭއިން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލްގެ ޖާގަ ހޯދީ 10 ޕޮއިންޓާއެކު އެފްސީ ޔުނައިޓެޑެވެ. އެފްސީ ޔުނައިޓެޑް ވަނީ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ, އެއް މެޗު އެއްވަރުކޮށްފައެވެ. ހަތަރުވަނަ މެޗު ކާމިޔާބުކުރީ އެފްސީ ވަން ރައުންޑާ ވާދަކޮށް 7-5 ނެވެ. މެޗުގައި އެފްސީ ޔުނައިޓެޑްގެ އަހުމަދު އަތީފް ތިން ލަނޑު ޖެހިއެވެ. އަދި މުޙަައްމަދު ފައިޝަމް އާއި އަލީ ހާފިޒު, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އެފްސީ ވަން ޔުނައިޓެޑްގެ އަބުދުالله ރިމާހުވެސް މެޗުގައި ހެޓްރިކް ހެދިއެވެ. އެޓީމްގެ އަނެއް ދެ ލަނޑު ޖެހީ މުޙައްމަދު މައިލާން އިބްރާހީމާއި, ހަނޫން މޫސާއެވެ.

ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ހަތް ޕޮއިންޓާއެކު ޕެންތާރސް ސްޕޯރޓްސް ކްލަބެވެ. އެކަމަކު އެޓީމް ވަނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބަދަވިއަންސްއާ ވާދަކޮށް 9-6 ން ބަލިވެފައެވެ. އެއީ ޕެންތާރސް ގްރޫޕް ސްޓޭޖްގައި ބަލިވި ހަމައެކަނި މެޗެވެ. މެޗުގައި ތިން ކުޅުންތެރިއަކު ހެޓްރިކް ހެދިއެވެ. އެއީ ބަދަވިއަންސްގެ އަހުމަދު ހަލީމްއާއި, އަލީ ހާޒިމްއާއި, ޕެންތާރސްގެ މުޙައްމަދު އިސާމްއެވެ. މީގެތެރެއިން އަހުމަދު ހަލީމް ހަތަރު ގޯލް ޖެހިއެވެ.

ބީބީ ނިއުޖެނެރޭޝަން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. ފަހު މެޗުގައި ކާޅު އެސްސީ އަތުން ބަލިވީ 7-3 ނެވެ. މިގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ 9 ޕޮއިންޓާއެކު ސްޕާޓަންސް ސްޕޯރޓްސް ކްލަބެވެ. ދެވަނާގައިވާ ހަސް އެފްސީއާއި, ތިންވަނާގައި އޮތް ޓީމް ވާލުވެސް އޮތީ ހަ ޕޮއިންޓާއެކުއެވެ. ސެމީގެ ޖާގަތައް ޔަޤީންވާނީ މިގްރޫޕްގެ ފަހު މެޗުތަކަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް