Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣައްޒާގެ ދިރިއުޅުން

އުއްމީދުގެ މަންޒިލަށް ކުރި ދަތުރު ނުނިމި، ވަޒަނަށް ގެންނަން ޖެހުނީ ހަށިގަނޑެވެ!

19 ޑިސެމްބަރު 2022 | ހޯމަ 11:31

ޑިސެމްބަރު 18 ވަނަ ދުވަހު ތަލާލްއަށް ލިބެމުން ދިޔައީ ތައުޒިޔާގެ މެސެޖުތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 ޑިސެމްބަރު 2022 | ހޯމަ 11:31
ޣައްޒާގެ ދިރިއުޅުމުގެ ހާލަތު

ޣައްޒާގެ ދިރިއުޅުމުގެ ހާލަތު

އެއީ މީގެ މަސްތަކެއް ކުރިއެވެ. ތަލާލް އައްޝާއިރު، ބިރުވެރި، ނާމާން ދަތުރަކަށް ފުރި އޭނާގެ 2 ފިރިހެން ދަރިންނާ ސަލާމްކުރިއެވެ. ފަހަރެއްގައިވެސް އެއީ ވަދާއީ ސަލާމް ކަމަށް ހީކޮށެއް ނޫނެވެ. 2 ދަރިންވެސް ޣައްޒާ ދޫކޮށް، މިސްރާބު ޖަހަމުން ދިޔައީ އުއްމީދުން ފުރިގެންވީ މަންޒިލަކަށް ވާސިލުވުމަށެވެ. ޣައްޒާގައި ފެތުރިފައި އޮތް އިންތިހާ ފަގީރުކަމާއި، ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްވެ ވިލާތުގައި ދިރިއުޅުން އާރާސްތު ކުރުމުގެ ފޮނި އުއްމީދުގައެވެ.

ނަމަވެސް ހާލަތު ބަދަލުވީއެވެ. ލީބިއާއިން ފުރައިގެން މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަމުން ދިޔަ ބޯޓު އަޑިއަށް ދިޔައެވެ. އެއް ދަރި ގެނބިގެން މަރުވީއެވެ. އެ ދަރިފުޅުގެ ހަށިގަނޑު ފެނުނުއިރު، ތަލާލްގެ ދެވަނަ ދަރިފުޅަށް ވީ ނުވީއެއްވެސް ނޭނގެއެވެ.

އުއްމީދުގެ މަންޒިލަށް ދަރިންނަށް ދެވިއްޖެކަމަށް ބުނި ޚަބަރުތަކުގެ ބަދަލުގައި، ޑިސެމްބަރު 18 ވަނަ ދުވަހު ތަލާލްއަށް ލިބެމުން ދިޔައީ ތައުޒިޔާގެ މެސެޖުތަކެވެ.

ދަރިފުޅު މުހައްމަދުގެ ޖަނާޒާއަށް ތައްޔާރުވަމުން ދިޔަ ތަލާލް ކިޔައިދިންގޮތުގައި، ޣައްޒާ ދޫކޮށް ދިއުމަށް ދާން އެދޭ ވާހަކަ ދަރިން ހިއްސާކުރުމުން، އެކަމަށް ހުއްދަ ދިނީ، ދިރިއުޅުން އުޖާލާ ކުރެވިދާނެ ކަމުގެ ފޮނި އުއްމީދު އޮތުމުންނެވެ. މުހައްމަދުގެ ހަށިގަނޑާއެކު، ފަލަސްތީނުގެ އިތުރު 7 މީހެއްގެ ހަށިގަނޑުވެސް ކަށުކަމާކެމީގެ ކަންކަމަށް ގެނެސްފައި އޮތެވެ.

ވީނުވީއެއް ނޭނގި ގެއްލުނު އިތުރު 3 މީހުންގެ ތެރޭގައި، ތަލާލްގެ އަނެއް ދަރިފުޅު މާހިރު ހިމެނެއެވެ.

2.3 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ޣައްޒާއަށް، އިންތިހާ ދަތިކަމާއި ތަކުލީފަކީ އާ ކަމެއް ނޫނެވެ. އިޒްރޭލުން ކުރަމުން ދާ އެތައް އަހަރެއްވީ ހަނގުރާމައާއި، މިސްރުން ކުރިމަތި ކުރަމުންދާ އިގްތިސާދީ ފިއްތުންތަކާއި، ފަލަސްތީނުގެ ސިޔާސީ ފެކްޝަންތަކުގެ ބައިބައިވުމާ ގުޅިގެން، ދިރިއުޅުމުގެ އުފާ އިހުސާސްކުރާ މީހަކު ނެތޭވެސް ބުނެވިދާނެއެވެ. ވޯލްޑްބޭންކުގެ ރެކޯޑްތަކަށް ބަލާއިރު ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ. އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ އިންތިހާ ފަގީރުކަމުގެ ހާލަތުގައެވެ.

ހިޖުރަ ކުރަން މަސައްކަތް ކުރަނިކޮށް ކަނޑުވެ މަރުވި މީހުންގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވި ކަމުގައި ވީނަމަވެސް، އެފަދަ ގޮތްގޮތަށް ހިޖުރަކުރުމާ ދެކޮޅު މީހުންވެސް މަދެއް ނޫނެވެ.

މި ފަހަކަށް އައިސް، މެދުއިރުމަތީގެ ގައުމުތަކުން ވިލާތަށް ހިޖުރަކުރުމުގައި ފުރާނައަށް ނުރައްކާ ރާސްތާތައް ޚިޔާރުކުރުން ވަނީ އާންމުވެފައެވެ. އެފަދަ ނުރައްކާ ރާސްތަކުގެ ބިރުވެރިކަން، ފަލަސްތީނުގެ ރައްޔިތުންނަށް ވަކިން ބޮޑު ކަމަށް އެމީހުން ގަބޫލު ކުރެއެވެ. ފަލަސްތީނުގެ މީހުން ކަނޑުފޭރޭ މީހުންގެ އަމާޒަކަށްވުމުގެ ނުރައްކާ ބޮޑު ބައެއް ކަމަށް އެމީހުން ގަބޫލުކުރެއެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނާގޮތުގައި، އުއްމީދުގެ މަންޒިލަށް ގެންގޮސްދޭނެކަމުގެ ހުވަފެން ޒުވާނުންނަށް ދައްކައިގެން، އެމީހުންގެ އަތުން ފައިސާ އަތުލުމުގެ ފަހަތުގައި ހަރަކާތްތެރިވަނީ އިންސާނީ ވަގުފާރީގެ ގޭންގުތަކެވެ. އަމާން މަންޒިލަކަށް ގެންދާނެކަމުގެ ދަޅަ ދައްކައިގެން ކޮންމެ މީހެއްގެ އަތުން 10000 އެއްހާ ޑޮލަރު ނަގާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފަލަސްތީނުން ހިޖުރަކުރާ މީހުންގެ ޖުމުލަ އަދަދު ނޭނގޭކަމަށްވެސް އެގައުމުގެ ފޮރިން މިނިސްޓްރީއިން ބުނެއެވެ.

ޑިސެމްބަރު 18 ވަނަ ދުވަހު އެބައެއްގެ ޖަނާޒާ ކުރިއަށް ގެންދިޔަ ޒުވާނުންނަކީ، ދަތުރަށް ފެށުމުގެ އުއްމީދުގައި ލީބިޔާގައި ގިނަ ދުވަސްތަކެއް މަޑު ކުރުމުގެ ކުރިން، މިސްރަށް ބަނދަރުކުރި ޒުވާނުންތަކެކެވެ. މިސްރުން ލީބިޔާއަށް ދަތުރުކުރީ ވައިގެ މަގުންނެވެ.

ފަލަސްތީނު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
23 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
18 ނޮވެމްބަރު 2025

އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު

18 ނޮވެމްބަރު 2025
އދ ގައި ނެގި ވޯޓަކީ ހަމަޖެހުމާއި ދިމާލަށް ދިއުމަށް އެޅި ފުރަތަމަ ފިޔަވަޅު: ފަލަސްތީނުގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް