Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮލެރާ ވެކްސިން

ދުނިޔެއިން ކޮލެރާ ވެކްސިން ހުސްވަމުންދާކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފި

އިންޓަރނޭޝަނަލް ކޯޑިނޭޓިންގ ގްރޫޕް އޮން ވެކްސިން ޕްރޮވިޝަނުން އެކަނިވެސް އަހަރެއްގެ މައްޗަށް 36 މިލިއަން ޑޯޒްގެ ކޮލެރާ ވެކްސިން ފޯރުކޮށްދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2022 | ހޯމަ 10:17
ދުނިޔެއިން ކޮލެރާ ވެކްސިން ހުސްވާކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފި

ދުނިޔެއިން ކޮލެރާ ވެކްސިން ހުސްވާކަމުގެ އިންޒާރު ޑަބްލިއުއެޗްއޯއިން ދީފި

ބައެއް ހާލަތްތަކުގައި ފުރާނައަށްވެސް ނުރައްކާވާ ދަރަޖައަށް ފެތުރިގެންދާ ބަލިމަޑުކަމެއް ކަމަށްވާ ކޮލެރާ ރޯގާއިން ދިފާއުވުމަށް ބޭނުންކުރާ ވެކްސިންގެ ބައިނަލްއަގުވާމީ ސްޓޮކް، ހުސްވަމުން ދާކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ދީފިއެވެ.

ޑަބްލިއުއެޗްއޯއަކީ ކޮލެރާ ވެކްސިންގެ ކަންކަން ބައިނަލްއަގުވާމީ ފެންވަރުގައި ރެގިއުލޭޓް ކުރުމުގައި ބައިވެރިވާ އިދާރާއެކެވެ. ޑަބްލިއުއެޗްއޯގެ ރެކޯޑްތަކަށް ބަލާއިރު، މި އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 30 ގައުމަކާއި ސަރަހައްދަކުން ކޮލެރާގެ ބަލިމަޑުކަން ފެތުރިގެން ރެކޯޑްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހައިޓީ، ޔަމަން އަދި ލުބްނާން ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ ކޮލެރާ އެންޑް އެޕިޑަމިކް ޑައެރިއަލް ޑިސީޒަސްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުގެ ޑރ. ފިލީޕޭ ބާބޯޒާ ވިދާޅުވީ، އަދު ކަންކަން އޮތް ހާލަތަށް މީގެ ކުރިން މަސްރަހު ގޯސްވެފައި ނުވާކަމަށެވެ.

ޑަބްލިއުއެޗްއޯވެސް ޝާމިލުވާ އިންޓަރނޭޝަނަލް ކޯޑިނޭޓިންގ ގްރޫޕް އޮން ވެކްސިން ޕްރޮވިޝަނުން އެކަނިވެސް އަހަރެއްގެ މައްޗަށް 36 މިލިއަން ޑޯޒްގެ ކޮލެރާ ވެކްސިން ފޯރުކޮށްދެއެވެ.

ވެކްސިން ސަޕްލައިއަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު ޑަބްލިއުއެޗްއޯއިން ވަނީ ކޮލެރާ ވެކްސިން ދިނުމަށް އިރުޝާދު ދޭ އުސޫލަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަގުތީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މީގެ ކުރިން 2 ޑޯޒް ދިނުމަށް އޮތް އިރުޝާދު، 1 ޑޯޒަށް ބަދަލުކޮށްފައިވާކަން ފާހަގަކުރަން ޖެހެއެވެ. އެކަން އެގޮތަށް ކުރީ، ވެކްސިންގެ ކަވަރޭޖް ވީހާވެސް ބޮޑުކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮލެރާ ރޯގާއަކީ ބޭރަށް ހިންގުމުގެ ވައްތަރެކެވެ. މި ރޯގާ ޖެހެނީ، ވިބްރިއޯ ކޮލެރާއޭ ކިއާ ބެކްޓީރިއާއަކުންނެވެ. ކޮލެރާ ފެތުރެނީ ކޮލެރާ ޖައްސާ ބެކްޓީރިއާއާއި ތަޣައްޔަރުވެފައިވާ ކާނާ ބޭނުންކުރުމުންނާއި، ބެކްޓީރިއާއިން ތަޣައްޔަރުވެފައިވަނިކޮށް އަނގައަށް އަތްލުންފަދަ ކަމެއް ކުރެވިގެންނެވެ. ކޮލެރާ ފެތުރުމުގައި މެހިފަދަ ދިރޭތަކެތީގެ ދައުރުވެސް އޮވެއެވެ.

ކޮލެރާޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު