Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ކުރިމަގާމެދު ޑެޝޯމްޕްސް ގޮތެއް ނިންމާނީ މަޝްވަރާތަކަށްފަހު

އައު އަހަރާ ދިމާކޮށް ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލީ ގްރައެޓާ ބައްދަލު ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2022 | ހޯމަ 05:27
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ކުރިމަގާމެދު ގޮތެއް ނިންމާނީ ފްރާންސްގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސާ މަޝްވަރާކުރުމަށްފަހު ކަމަށް ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗަށްފަހު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ޕްރެސްގައި ނޫސްވެރިޔަކު ވަނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވުމުން ކޯޗުކަމުގެ މަގާމުގައި އިތުރަށް ހުންނަން ބޭނުންވޭތޯ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެމުން ޑެޝޯމްޕްސް ބުނީ، މުބާރާތުގެ ތަށި ދިފާއުކޮށް ޗެމްޕިއަންކަން ލިބުނު ނަމަވެސް އެ ސުވާލުގެ ޖަވާބު ވަގުތުން ނުދޭނެ ކަމަށެވެ. އޭނާ ބުނީ މިވަގުތަކީ އޭނާ އަށް ވަރަށް ހިތްދަތި ވަގުތެއް ކަަމަށާއި، ހުރިހާ ކުޅުންތެެރިންނާނީ އެހެނިގހެން ކޯޗިން ސްޓާފުން ވެސް ތިބީ އެ ހާލަތުގައި ކަމަށެވެ. އަދި އައު އަހަރާ ދިމާކޮށް ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލީ ގްރައެޓާ ބައްދަލު ކުރާނެ ކަމަށެވެ. އަދި އޭނާގެ މުސްތަޤުބަލާމެދު ނިންމާ ގޮތެއް އިނގޭނީ އެއަށްފަހު ކަމަށެވެ.

އުމުރުން 54 އަހަރުގެ ޑެޝޯމްޕްސް ފްރާންސްގެ ކޯޗުކަމާ ހަވާލުވީ 2012 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ފްރާންސް އިން ވަނީ ދެ ތައްޓެއް ކާމިޔާބުކޮށްފައެވެ. އެއީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތާއި، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގެވެ. މީގެ އިތުރުން އެ ޤައުމު ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، މިއަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދާފައެވެ.

ޑެޝޯމްޕްސް ވަނީ 1989 އިން 2000 ވަނަ އަހަރާ ހަމަ އަށް ފްރާންސްގެ ޤައުމީ ޓީމަށް ކުޅެފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ފްރާންސްއާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތައި، 2000 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ފްރާންސްޑިޑިއޭ ޑެޝޯމްޕްސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު